Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމ

ނަފްސާނީ ސިއްހަތުގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ދިވެހިންނަށް އެބައޮތް: ފަޒްނާ

10 އޮކްޓޯބަރު 2022 | ހޯމަ 13:06

ނަފްސާނީ ސިއްހަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެކަމަނާ ހިތްވަރު ދެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 އޮކްޓޯބަރު 2022 | ހޯމަ 13:06
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ނަފްސާނީ ސިއްހަތުގެ ދާއިރާއަކީ، ދިވެހިންނަށް ކުރިއަށް ދިއުމަށް ފުރުސަތު އޮތް ދާއިރާއެއް ކަމަށާއި، އެ ދާއިރާއިން ދިވެހި ދަރިވަރުން ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑަައިގަންނަވައިފިއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ހިންގި "ޕިއަރ ސަޕޯޓް ސްކޮޑް" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ފަޒްނާ ވަނީ ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

ފަޒްނާ ވަނީ ނަފްސާނީ ސިއްހަތުގެ ދާއިރާއިން ހުރި ވަޒީފާގެ ފުރުސަތުތަކާއި އެއްވަރަށް ދިވެހިން ނުލިބޭކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވިގޮތުގައި ސައިކޮލޮޖިސްޓުންގެ ވަޒީފާ އަދާކުރާނެ ދިވެހިން ވަރަށް ބޮޑަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، ތަމްރީންތައް ނިންމާ ދަރިވަރުން ދާއިރާގައި މަސައްކަތް ކުރެއްވުން މުހިންމު ކަމަށެވެ. ސަބަބަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހާ އިތުރު ތަރުޖަމާނެއް މެދުވެރިނުކޮށް ސީދާ ޑޮކްޓަރާ ވާހަކަދެއްކުމަށް ބޭނުންވާނެތީކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެެ.

މީގެ އިތުރުން ވެސް ސައިކޮލޮޖީގެ ދާއިރާއިން ކިޔަވާ ދަރިވަރުން ވެސް ޑިގްރީއާ ހަމައިން ކިޔެވުން ނިންމާނުލައި، މި ދާއިރާއިން މާސްޓަރސް ފެންވަރަށް ކިޔެވުމަށާއި، ލައިސަންސް ނެގުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް ދަރިވަރުން ހިތްވަރުކޮށްގެން ވެސް ލައިސަންސް ނެގުމަށް ފަޒްނާ ބާރުއެޅުއްވިއެވެ.

ފަޒްނާގެ ވާހަކަފުޅުގައި ވަނީ، ނަފްސާނީ ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެކަން ކުރެވޭނެ ހަމައެކަނި ބަޔަކީ، ސައިކޮލޮޖިސްޓުން ނޫން ކަމަށާއި، ޚިދުމަތް ހޯދަން މަރުކަޒަކަށް އަންނަ ފަރާތްތަކާ އެންމެ ފުރަތަމަ ބައްދަލުވާ މީހުންގެ ފަރާތުންވެސް އޯގާތެރިކަމާއި އަޅާލުން ބޭނުންވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ކޮންމެ ކަމެއްވެސް ފެށިގެން އަންނަނީ ގޭތެރެއިން ކަމަށާއި، އެހެން ނަމަވެސް މިހާރު މުޖުތަމައުގެ ކަންތައްތައް ހުރި ގޮތުން، ބައެއް ފަހަރަށް ގޭގައި ނަފްސާނީ ބަލީގެ މީހުންނަށް އެކަށީގެންވާ މާހައުލެއް ނޯންނަ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންވެ، ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއްގެ ބޭނުންތެރިކަން ބޮޑުކަމަށާއި، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ކުރަމުންގެންދާ މަސައްކަތްތަކަކީ މުހިންމު މަސައްކަތެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، އޯގާތެރި މުޖުތަމައެއް ބިނާކުރެއްވުމަށް އެންމެން މަސައްކަތް ކުރެއްވުމަށް ތަކުރާރުކޮށް ހިތްވަރު ދެއްވަމުންނެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ހިންގި "ޕިއަރ ސަޕޯޓް ސްކޮޑް" ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނަކީ، އެ ފެކަލްޓީގެ ދަރިވަރުންނަށް ބޭއްވޭ ޕިއަރ ސަޕޯޓް މީޓިންތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރުމަށް ތަމްރީން ކުރެވުނު ދަރިވަރުންނެވެ. ނަފްސާނީ ދުޅަހެޔުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ޕިއަރ ސަޕޯޓް މީޓިންގތައް ބާއްވާނީ ފެކަލްޓީގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ހުޅުވާލައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުނަފްސާނީ ދުޅަހެޔޮކަން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

17 ޖުލައި 2025

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

17 ޖުލައި 2025
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި
02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
17 ސެޕްޓެމްބަރު 2023

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

17 ސެޕްޓެމްބަރު 2023
ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ
17 ސެޕްޓެމްބަރު 2023

ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

17 ސެޕްޓެމްބަރު 2023
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
15 ސެޕްޓެމްބަރު 2023

ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ

15 ސެޕްޓެމްބަރު 2023
ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް