Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވަގުބުޅާ ގިނަވެ، ރަށެއް ހަމަޖެއްސުން

ވަގުބުޅާ ގެންގުޅުމަށް ޗައިނާއިން ޚާއްސަ ރަށެއް ހަމަޖައްސައިފި

މިހާތަނަށް، 100 އެއްހާ ވަގު ބުޅަލުގެ ދިރިއުޅުން އެ ރަށަށް ބަދަލު ކޮށްފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2022 | ހޮނިހިރު 16:18
ވަގުބުޅާ ގެންގުޅުމަށް ޗައިނާއިން ޚާއްސަ ރަށެއް

ވަގުބުޅާ ގެންގުޅުމަށް ޗައިނާއިން ޚާއްސަ ރަށެއް

ޗައިނާގެ ވިޔަފާރި މަރުކަޒީ ހަބްގެ ގޮތުގައި ސިފަ ކުރަމުން ދާ ޝަންހާއީގެ ރަށްބޭރުގައި އޮންނަ ކޯރާ ގުޅިފައި ވާ ކުޑަ ރަށެކެވެ. މިއަދު އެ ރަށަކީ ޗައިނާގެ 'ކެޓް އައިލަންޑް' ނުވަތަ 'ބުޅާ ރަށެވެ'. އެއީ ކައިރި ހިސާބުތަކުގައި ގިނަވެގެން ކޮޅުކޮޅު މައްޗަށް ދުވެ ހަދާ ވަގު ބުޅާތައް އެ ރަށަށް ގެންދިއުމުގެ މަސައްކަތް، ޗެރިޓީ ޖަމާއަތަކުން ފެށި ހިސާބުންނެވެ.

600 މީޓަރުގެ 'ބުޅާ ރަށް' ހުޅުވާލީ ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް، 100އެއްހާ ބުޅަލުގެ ދިރިއުޅުން އެ ރަށަށް ބަދަލުކޮށްފިއެވެ. ގިނަ ބުޅަލަކީ ޝަންހާއީގައި ކަންބޮޑުވެފައި ތިބި ރަށްވެހިން ގެނައި ބުޅާތަކެވެ.

ކެޓް އައިލަންޑްގެ ކަންކަން ބަލަހައްޓަނީ ޝަންހާއީ ސްޓްރޭ ކެޓްސް މެނޭޖްމަންޓް ސެންޓަރުންނެވެ.

ކެޓް އައިލަންޑަށް ބުޅާ ގެންދެވުމާއެކު، އެ އެއްޗެހި ސާފުކުރުމުގެގޮތުން ޚާއްސަ ސްޕްރޭއެއް ޖަހައިގެން ފެންވަރުވާލައެވެ. އަދި ބުޅަލުގެ އިވެލުއޭޝަނެއް ހަދައެވެ. ސިއްހީ ގޮތުން ބުޅަލުގެ ހާލަތު ހުރި ނެތް ގޮތް ބަލައެވެ. އެއަށްފަހު، މިނިވަން ކަމާއެކު ރަށުތެރޭގައި އުޅުމުގެ ފުރުސަތު ބުޅަލަށް ދެއެވެ.

ސްޓްރޭ ކެޓްސް މެނޭޖްމަންޓް ސެންޓަރުގެ ޝާ ޝެންލިއަންގް ބުނީ، ވަގު ބުޅާ އިތުރުވުމުގެ މައްސަލަ ހައްލު ކުރުމަށާއި، ގުދުރަތީ ބެލެންސް ދެމެހެއްޓުމަށްޓަކައި އެ ޖަމްއިއްޔާއިން އަމަލުކުރާ ޚާއްސަ އުސޫލެއް އޮންނަކަމަށެވެ. އެއީ ބުޅާ ހިފައި، ސާފުކޮށް، ދޫކުރުމުގެ ސިޔާސަތު ނުވަތަ ޓީއެންއާރްއެވެ.

ކެޓް އައިލަންޑްގެ ސަބަބުން ވަގު ބުޅާތަކުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމުގައި ވީ ނަމަވެސް، އެއީ ވަގުތީ ހައްލެކެވެ. ޝަންހާއީއަށް އެކަނި ބަލައިލި ކަމުގައި ވީނަމަވެސް، ކޮންމެ ކޮޑިކިލޯމީޓަރެއްގައި 200 ވަގު ބުޅާ އުޅޭކަމަށް އަންދާޒާކުރެވެއެވެ. އެހެން ކަމުން، ވަގު ބުޅަލުގެ އާބާދީ ކޮންޓްރޯލްކުރުމަށް އެހެން އުސޫލުތަކެއްވެސް ހޯދަން ވަނީ މަޖުބޫރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިޔަންކާގެ އުފަން ދުވަހަށް ނިކްގެ ޚާއްސަ ޕްލޭނެއް!

ޕްރިޔަންކާގެ އުފަން ދުވަހަށް ނިކްގެ ޚާއްސަ ޕްލޭނެއް!

17 ޖުލައި 2018
ސަލްމާން ޚާން އިންސްޓަގްރާމްގައި ވަރަށް ޚާއްސަ މީހަކު ފޮލޯ ކޮށްފި

ސަލްމާން ޚާން އިންސްޓަގްރާމްގައި ވަރަށް ޚާއްސަ މީހަކު ފޮލޯ ކޮށްފި

13 ޖޫން 2018
ރޭސް 3 ގެ ޚާއްސަ ސްކްރީނިންއެއް ދައްކާލައިފި

ރޭސް 3 ގެ ޚާއްސަ ސްކްރީނިންއެއް ދައްކާލައިފި

13 ޖޫން 2018
މާމުއީގައި އިސްމާއިލް ވަޖީހުގެ ޚާއްސަ ފެނިލުމެއް

މާމުއީގައި އިސްމާއިލް ވަޖީހުގެ ޚާއްސަ ފެނިލުމެއް

08 މެއި 2018
ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް

ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް

11 އެޕްރީލު 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު