Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕްރިޔަންކާގެ އުފަން ދުވަހަށް ނިކްގެ ޚާއްސަ ޕްލޭނެއް!

17 ޖުލައި 2018 | އަންގާރަ 03:03

ޕްރިޔަންކާގެ ފޭވަރިޓް ބީޗެއްގައި އުފަންދުވަސް ފާހަގަކުރުމަށް ވަނީ ނިންމާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 ޖުލައި 2018 | އަންގާރަ 03:03
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް 2017 ވަނަ އަހަރު މެޓް ގާލާގައި

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް 2017 ވަނަ އަހަރު މެޓް ގާލާގައި

ޕްރިޔަންކާ ޗޯޕްޅާ އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސްއާއެކު އަންނަ ބުދަ ދުވަހު އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި ވަގުތު ހުސް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުން ނިކް ވަނީ ޕްރިޔަންކާގެ އުފަން ދުވަހަށް ވަރަށް ޚާއްސަ ކަމެއް ނިކް ރާވާފައެވެ. ޕްރިޔަންކާގެ އުފަންދުވަސް ފާހަގަ ކުރުމަށް ނިކް މިހާރު ބުކިން ހަދާފައިވީ ނަމަވެސް އެއީ ކޮންތަނެއްގައި ކަމެއް އެނގިފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕްރިޔަންކާގެ އުފަން ދުވަސް މިފަހަރު ފާހަގަ ކުރާނީ އޭނާއަށް އެންމެ ހިތްގައިމު ގޮނޑުދޮށުގަ އެވެ.

ޕްރިޔަންކާ ވަނީ ނިކް އަށް އޭނާގެ މަންމަ މަދޫ ޗޯޕްޅާ ތައާރަފްކޮށްދީފައެވެ. އަދި އާކާޝް އަމްބާނީ އާއި ޝްލޮކާ މެހެތާގެ ޕްރީ ވެޑިންއަށް ލޯބީގެ މި ޖޯޑް އަތުގައި ހިފައިގެން ދިޔަ މަންޒަރު ވަނީ ޕޮޓޯތަކުން ފެނިގެން ގޮސްފައެވެ. އެ އިވެންޓް ވަރަށް ފުރިހަމަ ކަމަށާއި ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށް ނިކް ބުނި ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. އަދި އޭނާއަށް ވަރަށް ގަޔާވި ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ދާދި ފަހުން މި ދެ މީހުން އެއްވައްތަރުގެ ގޯލްޑް ރިންގެއް އަޅައިގެން އުޅެނިކޮށް ވެސް ވަނީ ފެނިފައެވެ. އެހެންކަމުން ދެ މީހުން އުޅެނީ އެންގޭޖްވެގެން ކަމަށް ވެސް ޚަބަރުތައް ފެތުރުނެވެ. އެ ދެ މީހުން އުޅެނީ ވަރަށް އުފަލުން ކަމަށާއި ދެމީހުންގެ ގުޅުން ސީރިއަސް ކަން އެމީހުންގެ ގާތްމީހަކު ވަނީ ބުނެފައެވެ.

ނިކް ވަނީ ވޭތިވެދިޔަ އަހަރު ތަކުގައި މީގެ ކުރިން ވަރަށް ގިނަ މީހުންނާއި އެކު ޑޭޓް ކޮށްފައި ކަމަށާއި އެކަމު އެއްވެސް ސީރިއަސް ގުޅުމެއް ބާއްވާފައި ނެތް އިރު ޕްރިޔަންކާ އާއިއެކު މިއީ ކުރިއަށް އެޅި ހަރުފަތެއް ކަމަށް އެމީހުންގެ ގާތް މީހަކު ވަނީ ބުނެފައެވެ.

އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް އެންމެ ފުރަތަމަ އެއްކޮށް ފެނިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއިން ނެވެ. އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން އޭރު ބުނެފައިވެއެވެ. އެ މީހުން ލައިގެން ތިބީ ރަލްފް ލައުރެން އެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
26 މެއި 2017

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
03 މެއި 2017

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
29 މާރިޗު 2017

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
21 މާރިޗު 2017

ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ

21 މާރިޗު 2017
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
01 މާރިޗު 2017

"މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ

01 މާރިޗު 2017
 "މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް