Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ރަޝިއާ ގުޅުން

ދެގައުމުގެ ގުޅުން ވަރުގަދަކުރުމާއި ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ޕުޓިން އާއި އުރުދުގާން ކުރައްވައިފި

ޔޫކްރެއިން ރަޝިއާ ހަނގުރާމާގެ އެންމެ ފަހުގެ ވާހަކަތައްވެސް ދެރައީސުންގެ ފޯނު ކޯލުގެ ތެރެއިން މަޝްވަރާކުރައްވާފައިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 އޮކްޓޯބަރު 2022 | ހޮނިހިރު 07:56
ތުރުކީގެ ރައީސް އުރުގާން އާއި ރަޝިއާގެ ރައީސް ޕުޓިން

ތުރުކީގެ ރައީސް އުރުގާން އާއި ރަޝިއާގެ ރައީސް ޕުޓިން

ރަޝިއާ އާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރައް ވަރުގަދަކުރުމާއި ޔޫކްރެއިން ހަނގުރާމަ ހުއްޓުމާ ގުޅޭ މަޝްވަރާތައް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޤާން ކުރައްވައިފިއެވެ.

ތުރުކީގެ ރައީސް އުރުދުޤާން ވަނީ ހުކުރު ދުވަހު ރަޝިއާގެ ރައީސް ޕުޓިންއާ ފޯނުން ގުޅުއްވާ މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.

ހުކުރު ދުވަހުގެ ފޯނު ކޯލްގައި ދެގައުމުގެ ރައީސުން ވަނީ ތުރުކީއާ ރަޝިއާއާ ދެމެދު ގާއިމުކުރެވިފައިވާ ބައިލެޓެރަލް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރު ކުރިއަށްދާ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ސުލްހަވެރިކާމާއެކު ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތުގައި އުޅުމަށް ތުރުކީން ތައްޔާރަށް އޮތްކަމަށް އުރުދުގާން ވަނީ ޕުޓިން އަރިހު ތަކުރާރު ކޮށް ދަންނަވާފައެވެ.

މީގެއިތުރުން ޔޫކްރެއިން ރަޝިއާ ހަނގުރާމާގެ އެންމެ ފަހުގެ ވާހަކަތައްވެސް ދެރައީސުންގެ ފޯނު ކޯލުގެ ތެރެއިން މަޝްވަރާކުރައްވާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ތުރުކީ އަކީ ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން ޔޫކްރެއިން އަދި ރަޝިއާ އާއެކުވެސް ގުޅުން ރަނގަޅު ހަމައެކަނި ގައުމެވެ. ހަނގުރާމަ ފެށުނުފަހުން ސުލްހަވެރިކަމާއެކު ހަނގުރާމަ ނިންމާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ތުރުކީން ވަނީ ބުނެފައެވެ. އެގޮތުން އެގައުމުން ވަނީ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފާޑުކިޔައި އެގޮތަށް އަމަލުކުރަން ދެކޮޅުހަދާފައެވެ. އަދި ރަޝިއާއިން ހަނގުރާމަ ފަށާފައިވާތީ އެކަން ކުއްވެރިކޮށް ތުރުކީން ވަނީ ޔޫކްރެއިނަށް އަރމްޑް ޑްރޯންސް ވެސް ފޯރުކޮށްދީފައެވެ.

މީގެއިތުރުން ހަނގުރާމައިގެ ސަބަބުން ހުއްޓުމަކަށް އައި ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓް އަލުން ފެށުމަށް އދ. އާއެކު މަޝްވަރާތައްކޮށް، ޔޫކްރެއިން ރަޝިއާ އަދި އދ. އާ ދެމެދު ވެވުނު އެއްބަސްވުމުގައި މެދުވެރިއެއްގެ ރޯލުވެސް ތުރުކީން ވަނީ ކުޅެފައެވެ.

ރަޝިއާ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުމަކީ ތަފާތު ގުޅުމެކެވެ. ހަކަތައިގެ ވިޔަފާރީގައި ދެގައުމު ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް، ސީރިޔާ، ލީބިޔާ އަދި އަޒަރްބައިޖާންގެ މައްސަލާގައި ދެގައުމުގެ ދެމެދު ހިޔާލުތަފާތުތަކެއް ހުރެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު