Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލޭންޑުގައި މީހަކު 37 މީހުން މަރާލުން

އަމިއްލަ ދަރިފުޅާ، އަނބިމީހާއެކު އެތައް ކުދިންނެއް މަރާލި ޤާޠިލަށް މަގު ދައްކަމުން ދިޔައީ ޑްރަގްސް

7 އޮކްޓޯބަރު 2022 | ހުކުރު 10:38

ރަޙުމެއް ނެތް އެ ޖަރީމާ ހިންގި މީހަކީ ތައިލޭންޑްގެ ފުލުހުންގެ ފައުޖުން މިދިޔަ އަހަރު ވަކި ކުރި މީހެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 އޮކްޓޯބަރު 2022 | ހުކުރު 10:38
ތައިލޭންޑުގައި މީހަކު 37 މީހުން މަރާލުން

ތައިލޭންޑުގައި މީހަކު 37 މީހުން މަރާލުން

ހުކުރު ވިލޭރޭގެ ވަގުތެކެވެ. އިންޓަނެޓާއި ސޯޝަލް މީޑިއާގެ ވިއުގައިން ގުޅިފައިވާ ބައިނަލްއަގުވާމީ މުޖުތަމަޢު ސިއްސުވާލީ ތައިލޭންޑްގެ ފުލުހުންގެ ތެރޭގައި ކުރިން ޚިދުމަތް ކުރި މީހަކު 37 މީހުންގެ ފުރާނަ ދުއްވާލި ޚަބަރާއެކުގައެވެ. ބަޑިއާއި ވަޅި ބޭނުންކޮށްގެން ދިން އެ ހަމަލާތަކުގައި 23 ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާއިރު، ޤާޠިލު ވަނީ އަމިއްލައަށް މަރުވުމުގެ ކުރިން، އަނބިމީހާއާއި ދަރިފުޅުވެސް މަރާލާފައެވެ.

މަންޒަރު ދުށް ބައެއް މީހުން ދަނީ ހާދިޘާ ހިނގި ގޮތުގެ ވާހަކަތައް ހިއްސާ ކުރަމުންނެވެ.

އޮކްޓޯބަރު 6 ވީ ބުރާސްފަތި ދުވަހުގެ އެ ހާދިޘާއަކީ، މި ފަހުގެ ތާރީޚުގައި އެއް ޤާޠިލެއްގެ ޝިކާރައަކަށް ވެ، އެންމެ ގިނަ ޢަދަދެއްގެ ކުޑަކުދިންގެ ފުރާނަ ގެއްލިދިޔަ އެންމެ ހިތްދަތި، އެއް ޤަޠުލުޢާންމެވެ. އެންމެ ގިނަ ކުދިން މަރާލީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ އިރުއުތުރުން 500 ކިލޯމީޓަރު ދުރުގައި އޮންނަ އުތާއީ ސަވާންއޭ ކިއުނު އަވަށުގެ ޑޭ ކެއާ ސެންޓަރެއްގެ ތެރޭގައެވެ. އަމިއްލަ ގެއިން ބޭރުގައި ދަރިންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ތިބެވޭނެ ހިޔާވައްސެއް ކަމުގައި އެތައް މަޔަކާއި ބަފައަކު ހީކުރި ޑޭ ކެއާ ތެރޭގައި ގިނަ ޢަދަދެއްގެ ކުދިން މަރާލާފައި ވަނީ ވަޅިން ހަމަލާ ދީގެން ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ހަމަލާ ދިނުމަށް ބޭނުން ކުރީ ވިނަކޮށަން ގެންގުޅޭ ޒާތުގެ ބަޅުވަޅިއެއް ކަމަށްވެސް ޑޭކެއާގެ ޓީޗަރު ވަނީ ކިއާދީފައެވެ.

އެއްވެސް ރަޙުމެއް ނެތް އެ ޖަރީމާ ހިންގި މީހަކީ ތައިލޭންޑްގެ ފުލުހުންގެ ފައުޖުން މިދިޔަ އަހަރު ވަކި ކުރި މީހެކެވެ. އޭނާ ވަޒީފާއިން ވަކި ކުރީ މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ މައްސަލައެއްގައި ކަމަށް ވާ އިރު، އޭނާއާ ދެކޮޅަށް ކުރިޔަށް ދާ އެމައްސަލައިގެ ޝަރިއަތުވެ އަޑުއެހުމެއް އެދުވަހުވެސް އޮތެވެ. އޭނާ މިބޮޑު ޖަރީމާ ހިންގީ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް ފަހު އައި މަގުމަތީގަ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޮކްޓޯބަރު 7 ވަނަ ދުވަހުވެސް ޝަރިއަތަށް ހާޒިރުވާން ޖެހޭ ކަމަށް ވެއެވެ.

ފުލުހުންގެ އިސްވެރިޔާ ޑެމްރޮންގްސަކް ކިއްޓިޕްރަޕާސް ވިދާޅުވީ، ހަމަލާތައް ދިނުމުގެ ކުރިން އޭނާ ކޯޓަށް ދިޔަ ކަމަށެވެ. އަދި ޑޭ ކެއާއަށް އޭނާ ގޮސްފައި ވަނީ އެ ޑޭ ކެއާގައި ހުރި ދަރިފުޅު ބަލާ ކަމާށްވެސް ޑެމްރޮންގްސަކް ކިއްޓިޕްރަޕާސް ވިދާޅުވިއެވެ.

ހުކުރު ދުވަހަށް އަލިވިލުނުއިރު މުޅި ތައިލޭންޑްގައި ވަނީ ހިތާމައިގެ ހިމޭންކަން ވަކި ހިއްޕާލާފައެވެ. ހާދިޘާގައި މަރުވެދިޔަ ކުދިންނާއި ޓީޗަރުންގެ ޢާއިލާތަކުން ތަޙައްމަލު ކުރަމުންދާ ފުން ހިތާމަ، އެނޫން ބަޔަކަށް ވަޒަން ކުރަންވެސް ދަތިވާނެކަން ގައިމެވެ.

ހާދިޘާއަށް އެތައް ގަޑިއިރެއްވީ އިރުވެސް ޢާއިލާ މެންބަރުންނަށް އަދި ހަށިގަނޑުތައް ފެންނަ ވަރެއް ނުވެއެވެ. ޕޯސްޓްމޯޓަމް ހެދުމާއި އެނޫންވެސް އިދާރީ ކަންކަން ކުރިއަށް ގެންދިއުމުގެ ސަބަބުންނެވެ. ދެލޯ ނޭދި އެދުނު ދަރި ނުވަތަ އެނޫންވެސް ގާތް ގުޅުމެއް އޮތް މައުސޫމް އެތައް ކުދިންނެއްގެ ފުރާނަ، އެއްވެސް ރަޙުމެއް ނެތި ދުއްވާލި ހާދިޘާގެ ހިތާމަ ކުރަމުން ދާ ޢާއިލާތަކުން އަޅަމުން ދާ ކަރުނައިގެ އަގު ވަޒަން ކުރަންވެސް ދައްޗެވެ. ކުދިން ކުޅެން ގެންގުޅުނު އެއްޗެހީގައި ބައްދާލައިގެން ތިބި މީހުންވެސް ފެނެއެވެ. ތައިލޭންޑް ސަރުކާރުގެ އޮފިޝަލުންވެސް ވަނީ، ހާދިޘާ ހިނގި ޑޭކެއާގެ ބޭރުގައި ޙަމްދަރުދީގެ މާބޮނޑިތައް ބަހައްޓާފައެވެ.

މަރުވި ކުދިންގެ ތެރޭގައި ގިނައީ އުމުރުން ދެއަހަރާ ހަތަރު އަހަރާ ދެމެދުގެ ކުދިންނެވެ.

ތައިލޭންޑަށް ވެރިވި ފުން ހިތާމައާއެކު، އެ ޤައުމުގެ ޤައުމީ ދިދަވެސް ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ. ސިހުމެއްގައި އޮތް އެ ޤައުމުގެ ކޮންމެ މީހެއްގެ ހިތުގައި އެތައް ސުވާލެއް ވަނީ އުފެދިފައެވެ. އަނެއް ބަޔަކު ދަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްގެން، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިޘާތައް ހިނގިޔަ ނުދީ ވޭތޯ ބެލުމަށް، ކަމާ ބެހޭ ފަރާތްތަކަށް ޑިމާންޑް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ޖޫން 2017

އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

12 ޖޫން 2017
އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް