Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ އޮޑިޓް

މަޖިލީހުގެ 9.9 މިލިއަން ރުފިޔާގެ މަސައްކަތްތައް ހަވާލުކުރުމުގައި މައްސަލަތަކެއް

7 އޮކްޓޯބަރު 2022 | ހުކުރު 06:47

މައިގަނޑު 4 މައްސަލައެއް އޮޑިޓް ރިޕޯޓުގައި ފާހަގަކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 އޮކްޓޯބަރު 2022 | ހުކުރު 06:47
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި އެ އިމާރާތުގެ ވަށައިގެންވާ އެހެނިހެން ތަންތަން ހިމެނޭގޮތަށް ހުރި ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏަކާ ހަވާލުކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި އެ އިމާރާތް ވަށައިގެންވާ އެހެނިހެން ތަންތަން ހިމެނޭގޮތަށް ކުރަންހުރި ބޮޑެތި މަރާމާތްތަކާއި އެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކުރުމަށް ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު 9،903،050 (ނުވަ މިލިއަން ނުވަ ލައްކަ ތިން ހާސް ފަންސާސް) ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.28 ވަނަ މާއްދާގެ (ހ) ގައި ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފްސީލުކޮށް އެނގެން އޮންނާނެ ގޮތަށް ލިޔުން ތައްޔާރުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު މި މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ބީއޯކިޔު އާއި ކުރެހުން އަދި ސްޕެސިފިކޭޝަން ތައްޔާރުކޮށްފައިވާ ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތް މަޖިލީހުން ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްތު ގަވާއިދަށް އެއްވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ 10.27 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ބިޑު ކުރުމަކާ ނުލައި ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކުގައެވެ. އެ މަސައްކަތްތަކަކީ ކުރު މުއްދަތެއްގައި ކުރާ މަސައްކަތަކަށްވީ ނަމަވެސް އެ މަސައްކަތްތައް ކުރާ އެހެން ފަރާތްތަކުން މަސައްކަތަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ އަންދާޒާ އަގެއް ހޯދައިފައިނުވުމުން އެ މަސައްކަތްތައް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަކީ ވާދަވެރި އަދި އެންމެ އެކަށީގެންވާ އަގެއް ކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި މަސައްކަތް ނިންމި ފަހުން 12 މަސް ދުވަސް ނުވަނީސް ރިޓެންޝަން ފައިސާ އަނބުރާ ދޫކޮށްފައިވާތީ އެކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އެއްވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޕްރޮޖެކްޓުތަކަށް ރިންޓެންޝަން ފައިސާ އަނބުރާ ދޭން ޖެހޭނީ މަސައްކަތް ނިމޭތާ 12 މަސް ދުވަހުގެ ތެރޭގައެވެ. މިއީ މަސައްކަތުގެ ފެންވަރު ރަނގަޅުތޯ ބެލުމަށް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާ ފައިސާއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލީހުން ވަނީ 9.9 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓުގެ ރިޓެންޝަން ފައިސާ މަސައްކަތް ނިމުނުތާ ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދީފައެވެ. މީގެ ސަބަބުން ފެންވަރު ދަށްކޮށް ކޮށްފައިވާ މަސައްކަތްތައް އެ މަސައްކަތް ކުރި ފަރާތް ލައްވާ އަލުން ކުރުވުމާއި އެފަދަ މަސައްކަތަށް އެ ފަރާތް ޒިންމާ ކުރުވުން ދަތިވނެ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މަޖިލީހުގެ ރިޕޯޓުގައި އިތުރު ކަންކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ ތައްޔާރުކޮށް ބަލ؛ަހައްޓާފައިނުވާ ކަން ހިމެނެއެވެ. މި ގަވާއިދާ އެއްގޮތަށް ހަރުމުދަލުގެ ކަންކަން ނުބަލަހައްޓާނަމަ ތަނުގައި ހުންނަ ހަރުމުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އެ ތަކެއްޗަށް ވާނުވާ ނޭނގި ގެއްލުމުގެ ފުރުސަތު ބޮޑުވުމާއި މިލްކިއްޔާތުގެ ބަޔާނުގައި ހިމަނާފައިވާ ހަރުމުދަލުގެ އަދަދަކީ ފުރިހަމަ އަދި ސައްޙަ އަދަދަށް ނުވާނެކަން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ އޭގެ ކުރީ އަހަރުތަކުގެ އޮޑިޓުގައި ވެސް ފާހަގަކޮށްފައިވާއިރު އެކަން މަޖިލީހުން އިސްލާހު ނުކުރާކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މަޖިލީހުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކުރަން ޖެހޭ ބައެއް ޚަރަދުތައް ރިކަރަންޓު ބަޖެޓު ކޯޑުން ކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 4.03 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ބަޖެޓުން ކުރަން ޖެހޭ ޚަރަދު ކުރަން ޖެހޭނީ އެ ޚަރަދެއް ކުރަން އެންމެ އެކަށޭނަ ކޯޑެއްގައެވެ. ނަމަވެސް މަޖިލީހުނެ 202 ވަނަ އަހަރު 321،084 ރުފިޔާގެ ހަރުމުދާ ހޯދުމަށް ރިކަރަންޓު ކޯޑުތަކުން ޚަރަދުކޮށްފައިވުމުން، ހަރުމުދަލުގެ ގޮތުގައި ރިކޯޑު ކުރަން ޖެހޭ ބައެއް ރިކޯޑު ނުކުރެވޭ ކަމަށާއި ދައުލަތުގެ ހިސާބުތައް ބަލަހައްޓާ ސެޕް ސިސްޓަމްގައި ވެސް އެ މުދާތައް ހަރުމުދަލުގެ ގޮތުގައި ރިކޯޑު ނުކުރެވޭނެ ކަން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް