Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ބަހްރައިނަށް ކުރައްވާ ދަތުރުފުޅު

ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި

7 އޮކްޓޯބަރު 2022 | ހުކުރު 04:16

އަމީރާ ސަބީކާ، ބަޙްރައިންގެ އަންހެނުންގެ ހައްޤުތަކަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ތަޢުރީފްކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޮކްޓޯބަރު 2022 | ހުކުރު 04:16
ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ރައީސާއާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ރައީސާއާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން، އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ރައީސާ، އަމީރާ ސަބީކާ ބިންތް އިބްރާހީމް އަލް ޚާލިފާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، އަމީރާ ސަބީކާ، ބަޙްރައިންގެ އަންހެނުންގެ ހައްޤުތަކަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ތަޢުރީފްކުރައްވާފައެވެ. މިގޮތުން، އަމީރާ ސަބީކާ ބަޙްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ޗެއަރގެ މަޤާމުގައި ހުންނަވައިގެން އަންހެނުންގެ ޙައްޤުތައް ހޯއްދަވައި ދެއްވުމަށާއި، މިންތީގެ ހަމަހަމަކަމަށާއި، އަދި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި އަމީރާ ސަބީކާގެ ފަރާތްޕުޅުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ، ދިރިއުޅުމުގެ ހުނަރުތަކާއި، އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގަންނައިދިނުން ފަދަ ދާއިރާތަކުން ދެޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލުމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ބަޙްރައިންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަޙްރައިނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

30 ޖުލައި 2017

އެކަހެރިކޮށް ބަންދުކޮށްފައި ދެ އަހަރު، ބޭސްފަރުވާއަށްވެސް ހުރަސް އަޅަނީ، މިއީ އަނިޔާއެއް: އަދީބުގެ އަނބިކަނބަލުން

30 ޖުލައި 2017
އެކަހެރިކޮށް ބަންދުކޮށްފައި ދެ އަހަރު، ބޭސްފަރުވާއަށްވެސް ހުރަސް އަޅަނީ، މިއީ އަނިޔާއެއް: އަދީބުގެ އަނބިކަނބަލުން
13 ޖޫން 2017

އަލިރަސްގެފާނުގެ ޒިޔާރަތް ކޮންނަން ފަށައިފި

13 ޖޫން 2017
އަލިރަސްގެފާނުގެ ޒިޔާރަތް ކޮންނަން ފަށައިފި
12 އެޕްރީލު 2017

ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި

12 އެޕްރީލު 2017
ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

17 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި
04 މާރިޗު 2017

ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް

04 މާރިޗު 2017
ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް