Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޑޯޓްމަންޑުން ސެވިއްޔާ ބަލިކޮށްފި، ތަރިއަކީ ބެލިންހަމް

ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބުކުރީ 4-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 02:08
ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން

ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގައި ބޮރޫޝިއާ ޑޯޓްމަންޑުން ސެވިއްޔާ ބަލިކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބުކުރީ 4-1 އިންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ލީޑު ނަގައިފައެވެ. އެއީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުރެއިރޯ ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. 41 ވަނަ މިނެޓުގައި ޑޯޓްމަންޑުންގެ ދެ ވަނަ ލަނޑު ޖެހީ ބެލިންހަމްއެވެ. އޭގެ ދެ މިނެޓު ފަހުން ތިން ވަނަ ލަނޑު ޖެހީ އަޑެޔޭމީއެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ސެވިއްޔާ އިން ވަނީ ލަނޑެއް ޖަހާފައެވެ. އެއީ 51 ވަނަ މިނެޓުގައި އެން ނެސީރީ ޖަހައިދިން ލަނޑެކެވެ. ޑޯޓްމަންޑުގެ ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖެހީ ބްރެންޑްއެވެ.

މެޗުން މޮޅުވެ ޑޯޓްމަންޑު އޮތީ ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީއެވެ. ތިން ވަނައިގައި ސެވިއްޔާ އޮތީ އެއް ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ކޯޕަންހޭގަން އަށް ވެސް ލިބެނީ އެއް ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
15 މާރިޗު 2017

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް