Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްސީން ދޭ "ގްރާންޓް"

އެމްއެމްސީން ދޭ ގްރާންޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

16 އޮކްޓޯބަރު 2022ގެ 14:00 ގެ ކުރިން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2022 | ބުދަ 08:16
މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ވަކި ދާއިރާތަކުން ޚަބަރާއި މައުލޫމާތާއި، ރިޕޯރޓްތައް ގެނައުން އިތުރުކުރުމަށްޓަކައި، ނޫސްވެރިންނަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ގްރާންޓް" ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ބުދަ ދުވަހުން ފެށިގެންނެވެ. އެގޮތުން ގްރާންޓަށް އެދޭ ފަރާތްތަކުން 16 އޮކްޓޯބަރު 2022ގެ 14:00 ގެ ކުރިން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިފަހަރު ނޫސްވެރިންނަށް ގްރާންޓް ދިނުމަށް މައިގަނޑު 5 ދައިރާއެއް ވަނީ ކަނޑައަޅާފައެވެ. އެއީ މޫސުމާއި ތިމާވެށީގެ ދާއިރާ، މިންތީގެ ހަމަހަމަކަން، ހެޔޮ ވެރިކަން، ފައިނޭޝިއަލް ރިޕޯޓިންގ އަދި އިންވެސްޓިގޭޓިވް ޖާނަލިޒަމްއެވެ.

Advertisement - newsAdvertisement

މި ގްރާންޓުގެ ދަށުން 3 ފުރުސަތު ހުޅުވާލެވިފައިވާއިރު، ކޮންމެ ގްރާންޓްއަކަށް 4,000/- ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގްރާންޓްއަށް އެދި ހުށަހަޅާ ނޫސްވެރިޔާ އަދި މީޑިއާގެ އަސާސީ ޝަރުތުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ މީޑިއާއެއްގައި ޚިދުމަތްކުރާތާ (އެކެއް) އަހަރުވެފައިވާ ދާއިމީ ނޫސްވެރިއެއް ކަމުގައިވުން ހިމެނެއެވެ.

އޭގެ އިތުރުން، އެ މީޑިއާއަކުން ނުވަތަ އެމީޑިއާއެއްގެ ރަޖިސްޓަރޑް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ ގަވައިދުން ދައްކަމުންދާ މީޑިއާއަކަށްވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުތަކައި ޤަވާއިދުތަކުގެ ދަށުން އެ މީޑިއާއެއްގެ މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިކޮށް ގަވައިދުން ފައިސާ ދައްކަމުންގެންދާ މީޑިއާއަކަށްވުންވެސް ޝަރުތުކޮށްފައިވެއެވެ.

ގްރާންޓު ހޯދުމަށް ހުށަހަޅާ ފޯމާއެކު، 100 ބަހަށް ވުރެ ދިގު ނޫން ހިމެނޭ ސްޓޯރީ އައިޑިއާއެއް ހުށަހަޅަން ވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މިގްރާންޓް ދިނުމަށް ކަނޑައެޅުމުގައި، ނޫސްވެރިޔާ އުފައްދާ ސްޓޯރީގެ އިންފޮމޭޝަން ސޯސް، ސްޓޯރީގެ އޭންގަލް އަދި ސްޓޯރީ ޔުނީކްކަމާއި، ހަރުދަނާކަމާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް ބެލެވޭ އަސަރުތަކަށް ރިޢާޔަތްކުރެވޭނެކަމަށް އެމްއެމްސީން ބުނެއެވެ.

އޭގެ އިތުރުން، ގްރާންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ގްރާންޓް ލިބޭތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ ލިޔުން ނުވަތަ ރިޕޯރޓް ޕަބްލިޝް ކުރަންވާނެ ކަމަށާއި، އަދި އެކަން ކައުންސިލަށް އަންގަންވާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްއެމްއެމްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު