Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

"ރޮނާލްޑޯ ބެންޗުގައި ބޭންދީ އޭނާގެ ކެރިއަރަށް ކުރާ އިޙްތިރާމެއްގެ ސަބަބުން"

ޕްރިމިއާ ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ 3-6 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2022 | ހޯމަ 02:06
ރޮނާލްޑޯ ޔުނައިޓެޑުގެ ބެންޗުގައި

ރޮނާލްޑޯ ޔުނައިޓެޑުގެ ބެންޗުގައި

މެންޗެސްޓަރ ސިިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބޭންދީ އޭނާގެ ކެރިއަރަށް ކުރާ އިޙްތިރާމެއްގެ ސަބަބުން ކަމަށް އެރިކް ޓެން ހާގް ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ 3-6 އިންނެވެ. އެ މެޗުގައި ޓެން ހާގް ރޮނާލްޑޯ ބޭނުންކޮށްފައެއް ނުވެއެވެ. ސީޒަންގެ ފުރަތަމަ ކޮޅު ޔުނައިޓެޑަށް ލިބުނު ދަށް ނަތީޖެ ސަބަބުން ޓެން ހާގް ވަނީ ރޮނާލްޑޯ ބެންޗުގައި ބައިންދާފައެވެ. އޭރު އޭނާ ބުނަމުންދިޔައީ 90 މިނެޓުގެ މެޗެއް ކުޅޭ ވަރަށް ރޮނާލްޑޯ ފިޓުވާން ޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރޮނާލްޑޯ ފިޓުވެއްޖެ ކަމަށް ބުނެ އޭނާ ވަނީ ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ޖާގަ ދީފައެވެ.

ސިޓީއާ ދެކޮޅަށް ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނާނެކަމަށް ބެލުވުނު ނަމަވެސް، މުޅި މެޗު ރޮނާލްޑޯ ނިންމާލީ ބެންޗުގައި އިނދެގެންނެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މެޗުގައި ރޮނާލްޑޯ ބޭނުން ނުކުރީ، އޭނާގެ ކެރިއަރަށް ކުރާ އިޙްތިރާމެއްގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ޓެން ހާގް ބުނީ މާޝިއަލް ކުޅެން އެރުވީ، އޭނާ އަށް ވަގުތު ބޭނުންވާތީ ކަމަށެވެ.

ޓެން ހާގް ވަނީ ޔުނައިޓެޑުން ލިވަޕޫލާއި، އާސެނަލާ ދެކޮޅަށް ކުޅުނު އިރު ފެނުނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރި ތަން ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ރަނގަޅު ކުޅުން ފެނުނު ކަމަށާއި، އިދިކޮޅު ޓީމު ޖެހިލުންވާ ކުޅުމެއް ދެއްކުނު ކަމަށެވެ. ނަމަވެސް ސިޓީއާ ދެކޮޅަށް ފެނުނީ އޭގެ އިދިކޮޅު ކަމަށެވެ.

ސިޓީ އަތުން ބަލިވެ ޔުނައިޓެޑް އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނަ މަގާމުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯއެރިކް ޓެން ހާގް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު