Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގުގެ ގަސްތައް ކެނޑުމުގެ މައްސަލަ

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވައިދޭން އެދި ރައީސް ނަޝީދުގެ ފަރާތްޕުޅުން މައްސަލަ ކޯޓަށް ހުށަހަޅުއްވައިފި

30 ސެޕްޓެމްބަރު 2022 | ހުކުރު 17:15

ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ގަސް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް އެދި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ސެޕްޓެމްބަރު 2022 | ހުކުރު 17:15
އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯޓަށް ހުށަހަޅުއްވައިފިއެވެ.

އެމަނިކުފާނު އެފަދަ އަމުރަކަށް އެދިވަޑައިގެން ކޯޓަށް މައްސަލަ ހުށަހެޅުއްވި ކަން ހާމަ ކުރަމުން ޝުނާނާ އެންޑް ކޯ އެލްއެލްޕީންގެ ލޯ ފާމުން ބުނީ އެ ގަސްތައް ނުކަނޑާ ވެސް މި މަސައްކަތް ކުރިއަށް ގެންދެވޭނެ އިތުރު ގޮތްތަކެއް އެބައޮތް ކަމަށެވެ.

އަމީނީ މަގުގެ ގަސްތައް ކަނޑާތީ ރައީސް ނަޝީދު ވަނީ މަޖިލީހުގައި ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމީނީ މަގުގައި އިންދާފައި ހުރި ބޮޑެތި ގަސްތައް ނުނަގައި އެ މަގު ހެދޭނެ ގޮތްތައް ހޯދަންޖެހެއެވެ. އަދި ގަހެއް ހެދުމަށް 15-20 އަހަރު ނަގާއިރު މަގުތައް ހަދާއިރު ގަސްތައް ބަހައްޓައިގެން އެކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލަ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާއިރު އަމީނީ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވީ، ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ބައެއް ޕްރޮޖެކްޓުތައް ހިންގުމަށް ގަސް ކަނޑަންޖެހޭ ޙާލަތްތައްވެސް އަންނަ ކަމަށެވެ. އެ މަގުގައި ހުރި ގަސްތަކުގެ މޫތަށް ފެތުރިފައިވުމުގެ ސަބަބުން ހޮޅިތައް ވަޅުލުމުގައިވެސް ގޮންޖެހުން ހުރިކަން ފާހަގަ ކުރައްވައި މިއުވާން ވިދާޅުވީ، އަމީނީ މަގަކީ މިހާރުވެސް ހަދަން ޖެހިފައިވާ މަގެއް ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގަސްތައް ހުރުމުގެ ސަބަބުން އޭގެ އިތުރުންވެސް އިތުރު ގޮންޖެހުންތައް ހުރިކަމަށް މިއުވާން ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ ޕްލޭންތަކެއްވެސް ހިމެނިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭ ގޮތުން އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނިން އަމީނީ މަގުގައި ހުރި ގަސްތައް ނެގުމަށްފަހު ކުޑަގިރި ޕިކްނިކް އައިލެންޑަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަގު ހަދައި ނިމުމުން އެ މަގުގައި ގަސް އިންދެން ހުންނަ ތަންތަނުގައި ގަސްތައް އިންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަމީނީ މަގުރައީސް ނަޝީދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
17 އޮކްޓޯބަރު 2025

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު
16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް