Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަމީނީ މަގުން ގަސްކެނޑުން

އަމީނީ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލު ކުރާނެ: ސަރުކާރު

ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާ ކަމެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 08:44
އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލު ކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯޓަށް ހުށަހަޅުއްވަން ނިންމަވާފައިވާއިރު، ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވީ، ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ބައެއް ޕްރޮޖެކްޓުތައް ހިންގުމަށް ގަސް ކަނޑަންޖެހޭ ޙާލަތްތައްވެސް އަންނަ ކަމަށެވެ. އެ މަގުގައި ހުރި ގަސްތަކުގެ މޫތަށް ފެތުރިފައިވުމުގެ ސަބަބުން ހޮޅިތައް ވަޅުލުމުގައިވެސް ގޮންޖެހުން ހުރިކަން ފާހަގަ ކުރައްވައި މިއުވާން ވިދާޅުވީ، އަމީނީ މަގަކީ މިހާރުވެސް ހަދަން ޖެހިފައިވާ މަގެއް ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގަސްތައް ހުރުމުގެ ސަބަބުން އޭގެ އިތުރުންވެސް އިތުރު ގޮންޖެހުންތައް ހުރިކަމަށް މިއުވާން ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ ޕްލޭންތަކެއްވެސް ހިމެނިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭ ގޮތުން އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނިން އަމީނީ މަގުގައި ހުރި ގަސްތައް ނެގުމަށްފަހު ކުޑަގިރި ޕިކްނިކް އައިލެންޑަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަގު ހަދައި ނިމުމުން އެ މަގުގައި ގަސް އިންދެން ހުންނަ ތަންތަނުގައި ގަސްތައް އިންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް ރައީސް ނަޝީދު އެދިވަޑައިގަންނަވަން ކޯޓަށް މައްސަލަ ހުށަހަޅުއްވަން ނިންމަވާފައިވާކަން ހާމަކޮށްފައިވަނީ ލޯ ފާމެއް ކަމަށްވާ ޝުނާނާ އެންޑް ކޯ އެލްއެލްޕީންނެވެ.

މި މައްސަލަ ހުށަހަޅަން ނިންމާފައިވަނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެތީ ކަމަށާއި އެގޮތުން ގަސްތައް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށް އެ ލޯ ފާމުން ވަނީ ބުނެފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލަ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ.

އެ މައްސަލައިގައި ބުނެފައިވަނީ މަގުތައް ހަދާއިރު މާލެއަކީ "ހިތްފަސޭހަ" ތަނަކަށް ހެދުމުގެ މަހްފޫމާއި ވިސްނުން ނުގެއްލޭ ގޮތަށް އެ މަގުތައް ހަދަން ޖެހޭ ކަމަށެވެ. އަދި ހިޔާ ދޭ ބޮޑެތި ގިނަ ގަސްތައް ކަނޑަމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަމެއްކަމަށާއި އެކަމުން އެތައް ސުވާލެއް އުފެދޭ ކަމަށް ވަނީ ބުނެފައެވެ.

އަމީނީމަގު ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާއެކު އެ ހިސާބުގައި ހުރި އެ ފަދަ ބިޔަ ގަސްތައް ކަނޑާލާނެތޯ ސުވާލު އުފެދޭ ކަމަށް ވެސް އެ މައްސަލައިގައި ވަނީ ބުނެފައެވެ. އަމީނީ މަގުގެ އިތުރުން ވެސް މާލޭގެ އެހެން މަގުތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާއިރު މުޅި މާލެއިން ކިތަށް ގަސް ކަނޑާލަން ޖެހޭނެތޯ އާއި އެ ގަސްތައް ނުކަނޑައި މަގު ނުހެދެނީތޯ ސުވާލު އުފެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުއަމީނީ މަގުރައީސް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު