Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ފަހަތުންއަރާ ލީޑު ނެގި ނަމަވެސް އިންގްލެންޑަށް މޮޅު ނުވެވުނު

އިންގްލެންޑުން ވަނީ 11 މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހާ ލީޑު ނަގާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2022 | ހޯމަ 21:17
އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން

އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ބައްދަލުކުރި މެޗުގައި ފަހަތުން އަރާ ލީޑު ނެގި ނަމަވެސް, އިންގްލެންޑަށް މެޗުން މޮޅެއް ނުލިބި ފަރުޖައްސާލަން ޖެހިއްޖެއެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 3-3ން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުގައި ގިނަ ވަގުތު އިދިކޮޅު ޓީމުގެ ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަރުމަނުންނެވެ. އިންގްލެންޑުން މަސައްކަތްކުރީ ކައުންޓަރ އެޓޭކުގައި ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރާށެވެ.

އެގޮތުން ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ސްޓާލިންގއަށް ހުސް ފުރުސަތެއް ލިބުނެވެ. ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ސްޓާލިން ފޮނުވާލި ހަމަލާއަށް ހުރަސްއެޅީ ޖަރުމަނުގެ ކީޕަރު މާކް އެންދްރީ ޓާ ސްޓޭގަންއެވެ. އޭގެ ފަހުން, ހާފް ނިމެނިކޮށް ސްޓާލިންގ ފޮނުވާލި ބޯޅަވެސް ދިފާއުކުރީ ޓާ ސްޓޭގަންއެވެ. ކޯނަރެއްގައި ލިބުނު ފުރުސަތެއްގައި ކެޕްޓަން ހެރީ ކޭން ފޮނުވާލި ބޯޅަ ދިޔައީ ޖަރުމަނު ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް ޖަރުމަނުން ލީޑުނެގީ އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ, ޖަރުމަނުގެ ޖަމާލް މުސިއާލާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ގޯލުގެ ތިރީކަނަށް ބޯޅަ ފޮނުވާލައިގެން ޖަރުމަނަށް ލީޑު ނަގައިދިނީ އިލްކާއި ގުންޑޮގާންއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ޖަރުމަނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. މިއީ ޓީމޯ ވާނާ ދިން ޕާހެއް, އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ހަވާޓްޒް ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އިންގްލެންޑުން ވަނީ 11 މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑަކީ ޖަރުމަނުގެ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ހަމަޖެހިލާފައި ގޯލުގެތެރެއަށް ފޮނުވާލައިގެން ލޫކް ޝޯވ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މޭސަން މައުންޓުއެވެ. މިއީ ބުކާޔޯ ސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މައުންޓް ޖެހި ލަނޑެކެވެ. އިންގްލެންޑުން ލީޑު ނެގީ ޖަރުމަނުގެ ޝްލޮޓާބެކް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭންއެވެ.

އިންގްލެންޑަށް ލީޑު ހިފެހެއްޓުނީ އެންމެ ހަތަރު މިނެޓުއެވެ. ޖަރުމަނުގެ ސާޖް ގިނާބްރީ ފޮނުވާލި ބޯޅަ އިންގްލެންޑުގެ ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހަވާޓްޒް ވަނީ ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން އިންގްލެންޑުގެ ބުކާޔޯ ސަކާއަށް ލަނޑު ޖަހަން މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް ސަކާ ފޮނުވާލި ބޯޅަ ޖަރުމަނުގެ ކީޕަރު ޓާ ސްޓޭގަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ގްރޫޕްގެ ތިންވަނާގައި ޖަރުމަނު އޮތީ ހަތް ޕޮއިންޓު ހޯދައިގެންނެވެ. ތިން ޕޮއިންޓާއެކު އިންގްލެންޑު އޮތީ ތާވަލުގެ ފުލުގައެވެ. އެއްވަނާގައި 11 ޕޮއިންޓާއެކު އިޓަލީ އޮތްއިރު, އިޓަލީއަށްވުރެ އެއް ޕޮއިންޓު މަދުން ލިބުނު ހަންގޭރީ އޮތީ ދެވަނާގައެވެ.

ޔުއެފާ ނޭޝަންސް ލީގުޖަރުމަނުއިންގްލެންޑުގެ ގައުމީ ޓީމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު