Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދގެ އިސްވެރިންގެ ބައްދަލުވުން

ކޮންމެ ފަދަ ވާހަކައެއް ދެއްކިއަސް، ޖެހިފައިވާ ލޭގެ ލައްތަކެއް ނުފޮރުވޭނެ: އިންޑިއާ

ކޮންމެ ފަދަ މަޤުޞަދެއްގައި ކަމުގައި ވީ ނަމަވެސް، ޓެރަރިޒަމްގެ އެއްވެސް ޢަމަލެއްގެ ދިފާޢުގައި ދައްކާނެ އެއްވެސް ޙުއްޖަތެއް އޮންނާނެ ކަމަކަށް އިންޑިއާއަކުން ނުދެކޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2022 | ހޯމަ 05:51
ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ގިނަ ޤައުމުތަކުން އެއްތަނެއްގައި މަޝްވަރާ ކުރާ އދގެ އާންމު މަޖިލީހުގައި ޖައިޝަންކަރު ވާހަކަ ދައްކަވަނީ

ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ގިނަ ޤައުމުތަކުން އެއްތަނެއްގައި މަޝްވަރާ ކުރާ އދގެ އާންމު މަޖިލީހުގައި ޖައިޝަންކަރު ވާހަކަ ދައްކަވަނީ

ރަޝިއާގެ އަސްކަރިއްޔާއިން މިހާރު ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި އިންޑިއާ އޮތީ "ސުލްޙައިގެ ފަޅީގައި" ކަމަށާއި، އިންޑިއާއިން "ސާބިތުކަމާއެކު ދެމި އޮންނާނީވެސް" ހަމަ އެ ފަޅީގައި ކަމަށް، އދގެ އާންމު މަޖިލީހުގައި އިންޑިއާއިން ބުނެފިއެވެ.

ކަން މިހެން އޮތް އިރު ރަޝިއާއަކީ އިންޑިއާގެ ޒަމާންވީ ވިޔަފާރިއާއި ދިފާއީ ގުޅުންތަކުގެ ބައިވެރިއެއްކަން ފާހަގަ ކުރުން މުހިންމެވެ. ރަޝިއާގެ އަސްކަރިއްޔާއިން ފެބުރުއަރީ މަހު ޔޫކްރައިންގައި ހަނގުރާމަ ފެށިފަހުން، ރަޝިއާ އަތުން އިންޑިއާއިން ތެލާއިން ބޯޓުދެލި ގަންނަ މިންވަރު ވަނީ އިތުރު ކޮށްފައެވެ.

އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ، ސާފު އިބާރާތުން ކުށްވެރިކޮށް، އިންޑިއާއިން އަދި މިހާތަނަށް، ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންއާއެކު ހުސްވި ހަފުތާގައި ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، މިއީ ހަނގުރާމައިގެ ދުވަސްވަރަކަށް ހެދެން ނެތް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އޮތީ މަޝްވަރާތަކަށް ގޮވާލާ ފަޅީގައި ކަމަށާއި، އަދު އޮތް ހާލަތުން މިންޖުވެވެން އޮތް ހަމައެކަނި ގޮތަކީ ޑިޕްލޮމަސީ ކަމަށެވެ.

2 ވަނަ ބޮޑު ހަނގުރާމައަށް ފަހު ރަޝިއާއިން ފުރަތަމަ ފަހަރަށް ހަނގުރާމައިގެ ސަފުތައް ރުކުރުވާލުމުގެ ސީދާ ނަމުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރުމަށް ޕުޓިން ގޮވާލެއްވީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. އަދި ޤައުމުގެ ދިފާޢުގައި ނިއުކްލިއަރ ހަތިޔާރުގެ ބާރުގެ ބޭނުން ކުރައްވާނެ ކަމަށްވެސް ވަނީ އިންޒާރު ދެއްވާފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމުގެ މަޤާމުގައި އޮތް އެމެރިކާއިން ދަނީ، އަސްކަރީ އަދި ދިފާއީ ބާރުވެރިކަމުގެ ދާއިރާއިން ރަޝިއާގެ މައްޗަށް އިންޑިއާއިން ބަރޯސާވާ ބަރޯސާވުން ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ޔޫކްރައިންގައި ހަނގުރާމަ ފެށިފަހުން އެކަނިވެސް، އެމެރިކާގެ އެތައް އޮފިޝަލުންނެއް ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވާ، ރަޝިއާ ސަރުކާރާއި އިންޑިއާގެ ގުޅުންތައް ކުޑަ ކުރުމަށް ބާރު ދިނުމުގެ ގޮތުން، އިންޑިއާއަށް ދިފާއީ އާލާތްތައް ހުށަހަޅުއްވާފައެވެ. އަދި ރަޝިއާ އަތުން ގަންނަ ހަކަތައިގެ މިންވަރު ކުޑަ ކުރުމަށްވެސް އެމެރިކާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ގިނަ ޤައުމުން އެއްތަނެއްގައި މަޝްވަރާ ކުރާ އދގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު އިތުރަށް ވިދާޅުވީ، "ސަރަހައްދީ އިން ހުރަސްކޮށް، އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ޓެރަރިޒަމްގެ އަމަލުތަކުގައި" ކަންކަމުގައި އިންޑިއާއިން ގެންގުޅެނީ "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތު ކަމަށް ވިދާޅުވެފައެވެ. އެއީ އިންޑިއާގެ އަވަށްޓެރި، ނަމަވެސް އިންތިހާ ހަތުރުވެރި ޗައިނާއާއި ޕާކިސްތާނަށް އަމާޒު ކުރެއްވި ބަހުގެ ހަމަލާއެކެވެ. އަދި އދއަށްވެސް ޖައިޝަންކަރު ވަނީ ހަމަލާތަކެއް ދެއްވާފައެވެ.

ކަން މިހެން އޮތް އިރު ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި މޯދީ ވަނީ، ސެޕްޓެމްބަރު 16 ވަނަ ދުވަހު އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި އެކުގައި ފޮޓޯފުޅެއް ނަންގަވާފައެވެ. މިއީ 2020 ވަނަ އަހަރު ޗައިނާއާއި އިންޑިއާގެ ގުޅުންތައް އިންތިހާ ނުރައްކާ ދަރަޖައަކަށް ހޫނުވި ފަހުން 2 ޤައުމުގެ އެންމެ އިސް ލީޑަރުން އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ.

ޔޫންއެން ޖެނެރަލް އެސެމްބްލީއިންޑިއާއިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު