Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-ޗައިނާ

އިންޑިއާ އާއި ޗައިނާ އެއްބަޔަކު އަނެއްބަޔަކު ދެކެންވާނީ "ބައިވެރިން" ގެ ގޮތުގައި: ޗައިނާގެ ޚާރިޖީ ވަޒީރު

އިންޑިއާ އާއި ޗައިނާ ދެޤައުމުގެ ގުޅުން އާރާސްތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު، އިންޑިއާގެ ބޮޑު ވަޒީރު ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމުގެ އިންތިޒާމު ތައް ދަނީ ހަމަޖައްސަމުން.

ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 12:55
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ (ކ) އޭނާގެ އިންޑިއާގެ ކައުންޓަރޕާޓް އެސް ޖައިޝަންކަރު ހޯމަ ދުވަހު ބައްދަލުކުރެއްވި

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ (ކ) އޭނާގެ އިންޑިއާގެ ކައުންޓަރޕާޓް އެސް ޖައިޝަންކަރު ހޯމަ ދުވަހު ބައްދަލުކުރެއްވި

އިންޑިއާ އާއި ޗައިނާ އެއްބަޔަކު އަނެއްބަޔަކު ދެކެން ވާނީ "ބައިވެރިން" ގެ ގޮތުގައި ކަމަށާއި "އަދާވާތްތެރިން ނުވަތަ ނުރައްކަލެއްގެ ގޮތުގައި ނޫން" ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ދިއްލީ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގަ އެވެ.

މި ދަތުރުފުޅުގައި ޔީ އާއި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރ ބައްދަލުކުރެއްވިއެވެ. މިއީ 2020 ވަނަ އަހަރުން ފެށިގެން ދެ ފަރާތުގެ މެދުގައި ބޭއްވުނު ދެވަނަ ބައްދަލުވުމެވެ. ދެ ގައުމުގެ ގުޅުން އެންމެ ފަހުން ގޯސްވީ ހިމާލަޔާގެ ބޯޑަރު ސަރަަހައްދުގެ ގަލްވާން ވެލީ ގައި ހިނގި ހަމަ ނުޖެހުން ތަކަކާ ގުޅިގެން ނެވެ.

މިހާރު ގުޅުންތައް "އެއްބާރުލުމުގެ މަގަށް އެނބުރި އައިސްފައިވާ" ކަމަށް، އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރެއްވުމުގެ ކުރިން ޔީ ވިދާޅުވި އެވެ.

ޖައިޝަންކަރ ވިދާޅުވީ، އިންޑިއާ އާއި ޗައިނާ "ގުޅުންތަކަށް ދިމާވި ދަތި ދުވަސްވަރަކުން އަރައިގަނެ ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދާ" ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ގިނަ މައުޟޫއު ތަކަކަށް ދެފަރާތުން ވަނީ މަޝްވަރާ ކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިން ފެށިގެން ދެގައުމުގެ މީހުން އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރުމާއި، ކޯރުތަކުގެ މަޢުލޫމާތު ޙިއްޞާކުރުމާ ބެހޭ މައްސަލަަތައް ހިމެނެއެވެ.

ޔީ އަންގާރަ ދުވަހު އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ދޯވަލް އާ ވެސް ބައްދަލު ކުރެއްވިއެވެ. މިއީ ދެ ޤައުމުގެ މެދުގައި އޮތް ބޯޑަރުގެ މައްސަލައިގައި މަޝްވަރާތައް ކުރެއްވުމަށެވެ.

ދޯވަލް އާއެކު ބޭއްވުނު ވަފުދު ފެންވަރުގެ ބައްދަލުވުމުގައި ޔީ ވިދާޅުވީ "މިހާރު ބޯޑަރު ގައި އަމާންކަން ޤާއިމުވެފައިވާކަން އުފަލާ އެކު ފާހަގަ ކުރާ" ކަމަށެވެ. .

"ވޭތުވެދިޔަ ތަނުގައި ދެ ގައުމުގެ ގުޅުން ފަހަތައް ދިޔަ ދިއުމަކީ ފައިދާ ހުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔީގެ ޒިޔާރަތް ބެލެވެނި ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ މި ދެ އަވައްޓެރިން ގެ ގުޅުން ރަނގަޅު ވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އާއި ޗައިނާ އިން ވަނީ މައްސަލަ ޖެހިފައިވާ ހިމާލަޔާގެ ބޯޑަރުގައި ހަމަނުޖެހުން ކުޑަކުރުމަށްޓަކައި ޕެޓްރޯލް ކުރުމުގެ އިންތިޒާމުތަކަކަށް އެއްބަސްވެފައެވެ.

އޭގެ ފަހުން، ދެ ފަރާތުން ވަނީ ގުޅުންތައް އާދައިގެ ހާލަތަށް ގެނައުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ޗައިނާ އިން އިންޑިއާގެ ފަތުރުވެރިންނަށް މި އަހަރު ޓިބެޓް އޮޓޮނޮމަސް ރީޖަންގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމުގެ ހުއްދަ ދިނުމެވެ. އިންޑިއާ އިން ވެސް ވަނީ ޗައިނާގެ ފަތުރުވެރިންނަށް ވިސާ ދޫކުރުން އަލުން ފަށައި، ކަނޑައެޅިފައިވާ މަގުތަކުން ބޯޑަރު ހުރަސްކޮށް ވިޔަފާރި ފެށުމާ ބެހޭ މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވެފައެވެ.

މީގެ އިތުރުން، މި އަހަރު ދެ ޤައުމުގެ މެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފެށޭނެ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެއެވެ.

ޔީ ގެ ބައްދަލުވުންތަކުން މަގުފަހިވާނެ ކަމަށް ބެލެވެނީ މޯދީ 7 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޗައިނާ އަށް ކުރައްވާ ދަތުރަށެވެ. މިއީ މި މަހުގެ ފަހުކޮޅު ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ. އެސްސީއޯ އަކީ ސަރަޙައްދީ ސަލާމަތީ ބްލޮކެކެވެ.

ރިޕޯޓުތަކުގައި ބުނާ ގޮތުގައި މޯދީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ދެމެދު މަޝްވަރާތަކެއްވެސް ބާއްވަފާނެއެވެ. ނަމަވެސް މިކަން އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި ދެ ޤައުމުގެ މެދުގައި ގުޅުން އިޔާދަވަމުން މި އަންނަނީ އިންޑިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ދަށަށް ދަމުންދާ ދަނޑިވަޅެއްގައެވެ.

މި މަހުގެ ކުރީކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާ އިން ރަޝިޔާ ގެ ތެޔޮ އަދި ހަތިޔާރު ގަތުމާ ގުޅިގެން އިންޑިއާގެ އިމްޕޯޓުތަކަށް އިތުރު 25% ގެ އަދަބެއް ކަނޑައަޅުއްވާފައެވެ. މިއާއެކު ޖުމްލަ ޓެރިފް އަރަނީ 50% އަށެވެ. މިއީ އޭޝިއާގެ ގައުމަކުން އެމެރިކާ އިން ނަގާ އެންމެ މަތީ ޓެރިފް އެވެ.

ހޯމަ ދުވަހު، ވައިޓް ހައުސްގެ ވިޔަފާރި އާ ބެހޭ މުޝީރު ޕީޓަރ ނަވާރޯ ދަ ފައިނޭންޝަލް ޓައިމްސްގައި ލިޔުއްވާފައިވާ ލިޔުމެއްގައި އިންޑިއާ އިން "ރަޝިޔާ އަދި ޗައިނާއާ ގާތްވަމުންދާ" ކަމުގެ ތުހުމަތު ކުރައްވާފައިވެއެވެ.

އިންޑިއާ-ޗައިނާވާންގް ޔީއިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރް

ކޮމެންޓް

އިތުރަށް ކިޔާލަން

ގުޅުން ގޯސްވެ، ޖަރުމަނުގެ ފޮރިން މިނިސްޓަރު ވެޑެފުލްގެ ޗައިނާ ދަތުރު ލަސް ކޮށްފި

ގުޅުން ގޯސްވެ، ޖަރުމަނުގެ ފޮރިން މިނިސްޓަރު ވެޑެފުލްގެ ޗައިނާ ދަތުރު ލަސް ކޮށްފި

27 އޮކްޓޯބަރު 2025
ގުޅުން ބަދަހިކުރަން ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް

ގުޅުން ބަދަހިކުރަން ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް

08 މެއި 2024
ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

06 އެޕްރީލު 2024
ކޮންމެ ފަދަ ވާހަކައެއް ދެއްކިއަސް، ޖެހިފައިވާ ލޭގެ ލައްތަކެއް ނުފޮރުވޭނެ: އިންޑިއާ

ކޮންމެ ފަދަ ވާހަކައެއް ދެއްކިއަސް، ޖެހިފައިވާ ލޭގެ ލައްތަކެއް ނުފޮރުވޭނެ: އިންޑިއާ

26 ސެޕްޓެމްބަރު 2022
ނެއިބަރހުޑް ފަސްޓް އަދި ރާއްޖޭގެ އިންޑިއާ ފަސްޓް އުސޫލު ވަނީ ގުޅިލާމެހިފައި: އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް

ނެއިބަރހުޑް ފަސްޓް އަދި ރާއްޖޭގެ އިންޑިއާ ފަސްޓް އުސޫލު ވަނީ ގުޅިލާމެހިފައި: އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް

02 އޯގަސްޓު 2022

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު