Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު ހިޔާނަތް

އާރަށު ހިޔާނަތް: އީވައިސީ ޔައުމިއްޔާއާ ގުޅޭގޮތުން ސައީދު ހެކިބަސް ދެއްވައިފި

ސޮއި ނުކުރާނަމަ އެ ޔައުމިއްޔާއެއް ސައްޙަ ނުވާނެކަމަށް ސައީދު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 05:44
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ ރައީސް ޔާމީނުގެ ކެބިނެޓުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދެވެ.

ސައީދު ވިދާޅުވީ، 2013ން 2018ށް އޭނާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) ގައިވެސް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެ ކައުންސިލުގައި އޭނާގެ އިތުރުން، ފިޝަރީޒް މިނިސްޓަރާއި، ޓޫރިޒަމް، ޔޫތު އަދި ފިނޭންސް މިނިސްޓަރ ހިމެނޭ ކަމަށާއި، އެ ކައުންސިލުގެ ޗެއަރ އަކީ ރައީސް ނުވަތަ ރައީސް ކަނޑައަޅުއްވާ ފަރާތެއްކަމަށް ސައީދު ވިދާޅުވިއެވެ.

އީވައިސީއަށް ވުޒާރާތަކުން ކަންކަން ހުށައަޅަން ވަކި ފޯމެޓެއް ހިމެނޭ ކަމަށާއި، އެކަންކަމާއި ގުޅޭ ވަކި އިންތަކެއް ހުންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ކައުންސިލުން ނިންމާ ނިންމުމެއް ޔައުމިއްޔާއެއްގެ ގޮތުގައި ތައްޔާރުކޮށް، ކައުންސިލުގައި ބައިވެރިވި ވަޒީރުން ސޮއިކުރާ، ރައީސުލްޖުމްހޫރިއްޔާ އެ އެންޑޯސް ކުރައްވާ ހިސާބުން އެ ނިންމުމަކަށް ތަންފީޒީ ބާރު ލިބިދޭ ކަމަށާއި، ކައުންސިލުގެ ނިންމުން ރައީސަށް ގެންދަވާނީ އީވައިސީގެ ސެކެޓްރިއޭޓުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އީވައިސީން ނިންމުމެއް ނިންމިކަމުގައިވީނަމަވެސް، ރައީސް އެ ނިންމެވުމެއް އެންޑޯސް ނުކުރައްވާހާ ހިނދަކު އެއީ ބާރެއްނެތް ނިންމުމެއް ކަމަށެވެ. އެކަމާ ގުޅޭ ޔައުމިއްޔާއެއް ސައްޙަވުމުގައިވެސް ވަކި ޝަރުތުތަކެއް ހުންނަންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.

ވ އާރަށް ޓޫރިޒަމްގެ ބޭނުމަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާ އީވައިސީގައި ކުރިއަށްދިޔަތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ، ސީދާ ވަކި ކަމެއް މިވަގުތު ހަނދާނުގައި ނެތް ކަމަށެވެ. އާންމު އުސޫލެއްގެ ގޮތުން އީވައިސީއަށް ހުށައެޅޭނީ އިޤްތިސާދާއި، މާލިއްޔަތާއި، ޒުވާނުންނާ ގުޅޭ ބޮޑެތި މައްސަލަތައްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ފަޅު ރަށްރަށް ބަދަލު ކުރުމަކީ އާންމު އުސޫލުން ހުށައެޅޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.

ވަޒީރުން ބައިވެރިވާ ކައުންސިލު ބައްދަލުވުމެއްގައި، އެ ވަޒީރުން ސޮއި ނުކުރާ ޔައުމިއްޔާއެއް އޮވެގެެން ނުވާނެ ކަމަށާއި، ސޮއި ނުކުރާނަމަ އެ ޔައުމިއްޔާއެއް ސައްޙަ ނުވާނެކަމަށް ސައީދު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ އީވައިސީގެ ބައްދަލުވުމެއްގެ ޔައުމިއްޔާއެއްކަމަށް ބުނާ ޔައުމިއްޔާއެއް ހެއްކެއްގެ ގޮތުގައި ހުށައަޅާފައެވެ. އެ ޔައުމިއްޔާއަށް ބެއްލެވުމަށްފަހު ސައީދު ވިދާޅުވީ، އެއީ ސައްޙަ ޔައުމިއްޔާއެއް ނޫން ކަމަށެވެ. ސަބަބަކީ އޭގައި ބައިވެރިވި ވަޒީރުންގެ ސޮއި ނެތުމުން ކަމަށެވެ.

އީވައިސީއަށް ވުޒާރާތަކުން ހުށައަޅާ ކަންކަމާއި ގުޅިގެން އީވައިސީން ނިންމާ ނިންމުންތައް ވުޒާރާއަށް ފޮނުވާއިރު ޔައުމިއްޔާ އެޓޭޗް ކުރޭތޯ ނޫންތޯ ދައުލަތުން ކުރި ސުވާލަށް ސައީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް

30 އެޕްރީލު 2017
ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް
25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު