Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް

ރާއްޖޭގެ އިގުތިސާދު ކުރިއަރައި، މުދާ އެތެރެކުރަމުންދިޔަ މިންވަރާ ގާތަށްވެސް ވިޔަފާރި ބަނދަރު ތަރައްގީވެފައެއް ނެތް: ރައީސް

ބަނދަރު ތަރައްގީވެފައި ނެތީ، ދުރު ރާސްތާގެ ޕްލޭނެއް ނެތި އެވަގުތު ދިމާވާ ކަމެއް ހައްލުކުރަން އުޅުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 17:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރާއްޖޭގެ އިގުތިސާދު ކުރިއަރައި، މުދާ އެތެރެކުރަމުންދިޔަ މިންވަރާ ގާތަށްވެސް ވިޔަފާރި ބަނދަރު ތަރައްގީވެފައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރުގެ ތާރީޚަށް ބަލާއިރުވެސް، ފާހަގަކުރަމުންދާ 36 ވަނަ އަހަރަކީ ހަގު އުމުރެއްކަމަށެވެ.

ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރު ތަރައްގީވެފައި ނެތީ، ދުރު ރާސްތާގެ ޕްލޭނެއް ނެތި، އެވަގުތު ދިމާވާ ކަމެއް ހައްލުކުރަން އުޅުމުން ކަމަށާއި، ވިޔަފާރި ބަނދަރު ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. އަދި އެތަނުގައި ޖާގައިގެ ދަތިކަން މިހާރުވެސް ބޮޑުކަމަށާއި، އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ވިޔަފާރި ބަނދަރަށް ބޭރުން ގެންނަ މުދާ ވިޔަފާރިތަކަށް ފޯރުމަށް ހޭދަވާ ވަގުތު އިތުރުވުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކަށީގެންވާ ގޮތަކަށް ޚިދުމަތް ދިނުމަށް ބަނދަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުނު ކަމަށާއި އެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގެ ވިޔާފަރި ބަނދުރަތަކަކީ ގައުމުގެ އިގުތިސާދީ ހުރިހާ ހަރަކާތްތަކުގައި މައިބަދަ ކަމަށާއި، އެއް ގައުމު އަނެއް ގައުމާ ގުޅުވައިދޭ މައި ފާލަމަކީވެސް ބަނދަރުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުއްޓާއި އައްޑޫގެ ބަނދަރު ނިމުމުން އިމްޕޯޓް އެކްސްޕޯޓްގެ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައި ދަތިކަން ހައްލުކުރެވޭނީ އެހެން ތަނަކަށް ބަނދަރު ބަދަލުކޮށްގެންކަމަށެވެ. އެގޮތުން މާލެއިން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން ހަރަކާތްތައް ހަލުއިވެ، ޚިދުމަތްތައް އަވަސްވެގެންދާނެކަމަށެވެ.

މި ބަދަލުތައް ގެނައުމުން އިތުރު ފައިދާތައް ވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތޮއްޖެހިފައިވާ މާލެސިޓީގައި ހިންގާ ސިނާއީ ހަރަކާތްތައް މަދުވާނެ ކަމަށާއި، މިފަދަ ބޭނުންތަކަށް ބޭނުންކުރާ ބިންތައް ރައްޔިތުންގެ އެހެން ބޭނުންތަކަށް ހުސްވެގެންދާނެ ކަމަށެވެ.

އެވޭލާ ޒާމާނުގައި ބަނދަރުތަކުގެ ދައުރު މިހާރަށްވުރެވެސް މާ ފުޅާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޒަމާނުގައި ބަނދަރުތަކުގެ ދައުރާއި ޒިންމާ ތަފާތުކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު