Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެޑޯނާ

މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

މިހާތަނަށް އޭނާ ވަނީ 13 އަލްބަމްގެ މަސައްކަތް ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ސެޕްޓެމްބަރު 2017 | ހޯމަ 07:29
މެޑޯނާ

މެޑޯނާ

ލަވަކިޔުންތެރިޔާ މެޑޯނާ އޭނާގެ ދިރިއުޅުން ޕޯޗުގަލްއަށް ބަދަލު ކޮށްފިއެވެ.

މެޑޯނާ ވަނީ އެކަން އިންސްޓަގްރާމް މެދުވެރިކޮށް ޔަގީންކޮށްދީފައެވެ. އޭނާގެ އިންސްޓަގްރާމްގައި ވަނީ ޕޯޗުގަލްގައި އޭނާ ދިރިއުޅެމުންދާ ބަދިގޭގައި ހުރެ ނަގާފައިވާ ފޮޓޯއެއް ލުމަށްފަހު އޭނާއަށް އެ ދިރިއުޅުން ވަރަށް ކަމުދާކަމަށާއި ދިރިއުޅުން ބަދަލު ކޮށްފައިވާ ކަމަށް ބުނެފައެވެ.

ޕޯޗުގަލްއަކީ ވަރަށް ކަމުދާ ގައުމެއް ކަމަށާއި އޭނާގެ އާ އަލްބަމުގެ މަސައްކަތް ފަށާނެކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ދިރިއުޅުމުގެ އާ ބާބެއް ފެށިއްޖެ ކަމަށް މެޑޯނާ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަންގައި ބުނެފައިވެއެވެ.

އުމުރުން 59 އަހަރުގެ މެޑޯނާ ދަނީ ތަފާތު އެކި ގޮތް ގޮތުން އިންސާނިއްޔަތަށްޓަކައި އެހީތެރިކަން މިހާރުވެސް ފޯރު ކޮށްދެމުންނެވެ. އެގޮތުން އޭނާ މިހާރު ވެސް ދަނީ ހަ ކުޑަކުދިން "އެޑޮޕްޓް" ކޮށްގެން ގެންގުޅެމުންނެވެ. އޭނާވަނީ ކުރިން އެކްޓަރެއް ކަމަށްވާ ޝޯން ޕެން އާއި ފަހުން ޑައިރެކްޓަރު ގައި ރިޗީއާ ކައިވެނި ކޮށްފައެވެ. މިހާތަނަށް އޭނާ ވަނީ 13 އަލްބަމްގެ މަސައްކަތް ކޮށްފައެވެ. އޭނާގެ ކެރިއަރ ފަށާފައިވަނީ 1979 ވަނަ އަހަރުގައެވެ.

އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ލައިކް އަ ވާޖިން"، ޕާޕާ ޑޯންޓް ޕްރީޗް"، "ލައިކް އަ ޕްރެޔާ" އަދި "ފްރޯޒެން" ހިމެނެއެވެ.

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2020

ރާޖްކުމާރް ރާއޯއާ ޖާންވީގެ ފިލްމުގެ ނަން ތިން ވަނަ ފަހަރަށް ބަދަލުކޮށްފި

05 ޖެނުއަރީ 2020
ރާޖްކުމާރް ރާއޯއާ ޖާންވީގެ ފިލްމުގެ ނަން ތިން ވަނަ ފަހަރަށް ބަދަލުކޮށްފި
03 މެއި 2019

ކައިވެންޏަށް ފަހު ސޯފީގެ ނަން ބަދަލުކޮށްފި

03 މެއި 2019
ކައިވެންޏަށް ފަހު ސޯފީގެ ނަން ބަދަލުކޮށްފި
19 ސެޕްޓެމްބަރު 2018

ސަލްމާން ގެ ފިލްމް ލަވް ރާތުރީގެ ނަން ލަވް ޔާތުރީ އަށް ބަދަލުކޮށްފި

19 ސެޕްޓެމްބަރު 2018
ސަލްމާން ގެ ފިލްމް ލަވް ރާތުރީގެ ނަން ލަވް ޔާތުރީ އަށް ބަދަލުކޮށްފި
12 ޖުލައި 2018

ފަންނޭ ޚާން ގެ ލަވަ، މުހައްބަތުގައި އައިޝްވަރިޔާ އަކީ އިންޑިއާގެ މެޑޯނާ

12 ޖުލައި 2018
ފަންނޭ ޚާން ގެ ލަވަ، މުހައްބަތުގައި އައިޝްވަރިޔާ އަކީ އިންޑިއާގެ މެޑޯނާ
14 އެޕްރީލު 2018

ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

14 އެޕްރީލު 2018
ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ
11 ޖެނުއަރީ 2018

ފިލްމުގެ ނަން ޕަދްމަވަތު އަށް ރަސްމީކޮށް ނަން ބަދަލުކޮށްފި

11 ޖެނުއަރީ 2018
ފިލްމުގެ ނަން ޕަދްމަވަތު އަށް ރަސްމީކޮށް ނަން ބަދަލުކޮށްފި
20 ސެޕްޓެމްބަރު 2017

އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ

20 ސެޕްޓެމްބަރު 2017
އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ
11 ޖުލައި 2017

ލަވަ ކިޔުންތެރިޔާ މެޑޯނާ މަލާވީގައި ކްލިނިކެއް ހުޅުވައިފި

11 ޖުލައި 2017
ލަވަ ކިޔުންތެރިޔާ މެޑޯނާ މަލާވީގައި ކްލިނިކެއް ހުޅުވައިފި
20 މެއި 2017

ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

20 މެއި 2017
ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ
08 އެޕްރީލު 2017

ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

08 އެޕްރީލު 2017
ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު