Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޯޗެލާ މިއުޒިކް ފެސްޓިވަލް

ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް

ފެސްޓިވަލް އޮންނާނީ އޭޕްރިލް މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 2 މާރިޗު 2017 | ބުރާސްފަތި 11:19
ބިޔޯންސޭ އާއި ލޭޑީ ގާގާ "ޓެލިފޯން" ލަވައިގެ މިއުޒިކް ވީޑިއޯގެ ތެރެއިން

ބިޔޯންސޭ އާއި ލޭޑީ ގާގާ "ޓެލިފޯން" ލަވައިގެ މިއުޒިކް ވީޑިއޯގެ ތެރެއިން

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ބަލިވެ އިނުމު ސަބަބުން މަޝްހޫރު މިއުޒިކް ފެސްޓިވަލް "ކޯޗެލާ"ގައި އޭނާގެ ބަދަލުގައި ޕަރފޯމް ކުރާނީ ޕޮޕް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ކަމަށް އިއުލާންކޮށްފިއެވެ.

ކެލިފޯނިއާގެ އިންޑިއޯ ސިޓީގައި ގައި އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޯޗެލާގައި ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ޕަރޕޯމް ކުރާނެކަން އެ ފެސްޓިވަލުން އިއުލާންކޮށްފައިވަނީ ބުދަ ދުވަހުއެވެ.

ބިޔޯންސޭ ޕަރފޯމް ކުރަން ހަމަޖެހިފައިވަނީ ފެސްޓިވަލްގެ ދެވަނަ ރެއެވެ.

ޑޮކްޓަރުގެ ލަފަޔާއެކު މި އަހަރުގެ ކޯޗެލާގެ ހުށަހެޅުން ކެންސަލް ކުރަން ޖެހިފައިވާކަން ބިޔޯންސޭ އިއުލާންކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އަދި މި ހަބަރާއެކު ބްލެކް މާކެޓްގައި ކޯޗެލާ ޓިކެޓް ތަކުގެ އަގު ދަށްވެގެން ދިޔައެވެ.

ދެ ހަފްތާ ބަންދު ތެރޭ، ކޮންމެ ހަފުތާ ބަންދެއްގައި ތިން ދުވަހަށް ކުރިއަށް ގެންދާ ކޯޗެލާ މިއުޒިކް ފެސްޓިވަލް އޮންނާނީ އޭޕްރިލަ މަހުގެ 14-16 އަދި 21- 23 އަށެވެ.

މި އަހަރުގެ ފެސްޓިވަލްގައި ގާގާގެ އިތުރުން، ރޭޑިއޯހެޑް އާއި ކެންޑްރިކް ލަމަރ ފަދަ ތަރިން ފެނިގެންދާނެއެވެ.

ލޭޑީ ގާގާއަށް މި ފުރުސަތު ލިބިފައިވާއިރު، 11.7 މިލިއަން މީހުން ބެލި، ސުޕަރ ބޯލް ހާފް-ޝޯވ ގައި އޭނާ ޕަރފޯމް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ.

ފެސްޓިވަލް އިންތިޒާމް ކުރާ ފަރާތްތަކުންވަނީ ބިޔޯންސޭގެ ބަދަލުގައި ޕަރފޯމް ކުރުމަށް ރިހާނާ، ޗާންސް ދަ ރެޕަރ، ޑާފްޓް ޕަންކް އަދި ބިޔޯންސޭގެ ފިރިމީހާ ޖޭ-ޒީއާއި މަޝްވަރާކޮށްފައި ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

މި އަހަރުގެ ފެސްޓިވަލުގައި ޕާރފޯމް ނުކުރެވުނު ކަމުގައި ވީ ނަމަވެސް އަންނަ އަހަރުގެ ފެސްޓިވަލްގައި ބިޔޯންސޭ ފެނިގެންދާނެކަމަށް ކޯޗެލާއިން ބުނެފައިވެއެވެ.

އުމުރުން 35 އަހަރުގެ ބިޔޯންސޭ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންކަން އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އޭގެފަހުން އޭނާ ވަނީ ގްރެމީ އެވޯޑްސް ޝޯވ ގައި ވަރުގަދަ ހުށަހެޅުމެއް ދައްކާލާފައެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟

22 ނޮވެމްބަރު 2017
ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟
04 އޮކްޓޯބަރު 2017

ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

04 އޮކްޓޯބަރު 2017
ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ
03 އޮކްޓޯބަރު 2017

ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

03 އޮކްޓޯބަރު 2017
ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި
23 ސެޕްޓެމްބަރު 2017

ކައިލީ ޖެނަރ ބަލިވެއިނނީތަ؟

23 ސެޕްޓެމްބަރު 2017
ކައިލީ ޖެނަރ ބަލިވެއިނނީތަ؟
16 ޖުލައި 2017

ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި

16 ޖުލައި 2017
ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި
09 ޖޫން 2017

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

09 ޖޫން 2017
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި
12 މާރިޗު 2017

ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

12 މާރިޗު 2017
ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު