Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެއް ލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ އޭޑީކޭ އަށް ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ޙުކުމްކޮށްފި

ފައިސާ ދެއްކުމަށް ޙުކުމް ކުރީ ހަތް މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދު ނޫން އަދަދަކަށް ދައްކާ ޚަލާސްކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:08
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ)

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ)

އޭޑީކޭ ޓްރޭޑް އެންޑް ސިޕިންގ ޕްރައިވެޓް ލިމިޓެޑް އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

އޭޑީކޭގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެފްއޭއެމުން އެ ފައިސާ ދައްކާފައި ނުވާތީއެވެ. މި މައްސަލައިގެ އިބްތިދާއީ އަޑު އެހުމުގައި އެފްއޭއެމުން ވަނީ ދައުވާއަށް އިއުތިރާފްވެފައެވެ. އެފްއޭއެމުން ދައުވާ އަށް އިއުރިރާފްވެފައިވާތީ، އޭޑިކޭ އިން ހުށަހެޅި ހެކިތައް ޝަރީއަތުން ވަޒަންކޮށްފައެއް ނުވެއެވެ.

ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ޙުކުމް ކުރީ އޭޑީކޭ އަށް ދައްކަން ޖެހޭ އެއް ލައްކަ ފަންސާސް ދެ ހާސް ދެ ރުފިޔާ ނުވަދިހަ ތިން ލާރި (152،082/93) ހަތް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. ފައިސާ ދެއްކުމަށް ޙުކުމް ކުރީ ހަތް މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދު ނޫން އަދަދަކަށް ދައްކާ ޚަލާސްކުރުމަށެވެ. މިއީ އެފްއޭއެމުން އެދުނު މުއްދަތެކެވެ. އޭޑީކޭ އިން ވަނީ އެ މުއްދަތަށް އެއްބަސްވެފައެވެ.

ސިވިލް ކޯޓުގެ ޙުކުމެއް އެފްއޭއެމްގެ މައްޗަށް އައިއިރު، ދާދި ފަހުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ އެފްއޭއެމް އަށް އެންގުންތަކެއް އަންގާފައެވެ. އެއީ ޤައުމީ ޓީމުގެ ކޯޗަކަށް ކުރިން ހުރި މާޓިން ކޫޕްމަނާއި، އެސިސްޓެންޓް ކޯޗަކަށް ހުރި ރެނޭ ހިޑިންކުގެ އިތުރުން ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ހުރި ޑޭވޯ ބާބާ އަށް ދޭން ޖެހޭ ފައިސާތަކެއް ދިނުމަށެވެ. މުސާރަ ނުދެވި ގިނަ ދުވަސްތަކެއް ވުމުން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުން ސިމާއޯ ކޮސްޓާ ވެސް ވަނީ ދާދި ފަހުން އިސްތިއުފާ ދީފައެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2017

އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ

04 ޖޫން 2017
އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު