Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

މިމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 80،000 އާއި ގާތްކޮށްފި

24 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:32

އަހަރުގެ މިހާތަނަށް 1،157،183 ފަތުރުވެރިން ވަނީ އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:32
ފަތުރުވެރިން

ފަތުރުވެރިން

މި ހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 78،548 އަށް އަރައިފިއެވެ.

މިކަން ހާމަ ވެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް"ގެ 33 ވަނަ ބައިގައި އާންމު ކުރި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުންނެވެ.

މި ތަފާސްހިސާބު ތައް ދައްކާގޮތުގައި މި ސެޕްޓެމްބަރު މަހު ހަތްދިހަ އަށްހާސް ފައްސަތޭކަ ސާޅީސް އަށް (78،548) ފަތުރުވެރިން އައިސްފައިވާއިރު މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.6 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ އަށްޑިހަ ހަތަރުހާސް އެއްސަތޭކަ ތިރީސް ތިން (84،133) ފަތުރުވެރިންނެވެ. އަދި މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރުވެސް 2.5 އިންސައްތައިގެ ދަށްވުމެކެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ ހަހާސް ހަސަތޭކަ ފަންސާސް ނުވަ (6،659) ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އެއްމިލިއަން، ސަތޭކަފަންސާސްހަތްހާސް ސަތޭކައަށްޑިހަ ތިނަކަށް (1،157،183) އަރާފައެވެ. މިއީ މިދިޔަ އަހަރާ އަލާ ބަލާއިރު 37.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިސްފައިވަނީ އަށް ލައްކަސާޅީސް ހާސް ނުވަދިހަނުވަ (840،099) ފަތުރުވެރިންނެވެ. އެހެންނަމަވެސް 2019 ވަނަ އަހަރާ އަލާ ބަލާއިރު މިއަހަރު އައިސްފައިވާ ފަތުރުވެރިން 4.7 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި އެއްމިލިއަން ދެލައްކަ ސާދަހާސް ހަތަރުސަތޭކަ ފަސްދޮލަސް ދެ (1،214،462) ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި ހަތަރުހާސް ތިންސަތޭކަ އަށްޑިހަތިން (4،383) ފަތުރުވެރިން ރާއްޖެ އާދެއެވެ. އަދި އެވަރޭޖުކޮށް 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް މިނިސްޓްރީން ބުނެއެވެ.

މިވަގުތު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ޓޮޕް މާކެޓުގެ ގޮތުގައި އޮތީ އިންޑިއާއެވެ. އިންޑިއާއިން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ސަތާރަ (163،717) ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު ރަޝިއާއިން އެއްލައްކަ ތިރީސް ހަތްހާސް ފައްސަތޭކަ އެއް (137،501) ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ. އެގައުމުން އެއްލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަސްދޮޅަސް އަށް (129،568) ފަތުރުވެރިން އައިސްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
25 ފެބުރުއަރީ 2017

އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

25 ފެބުރުއަރީ 2017
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް