Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ.އާރަށުގެ ޚިޔާނާތުގެ މައްސަލަ

އާރަށުގެ ޚިޔާނާތް - ރައީސް ޔާމީނަށް ކުރާ ތުހުމަތުތަކުގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު

އާދީއްތަ ދުވަހު ވެސް އޮންނާނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2022 | ހުކުރު 13:41
ވ އާރަށު ހިޔާނާތުގެ މައްސަލަ

ވ އާރަށު ހިޔާނާތުގެ މައްސަލަ

ވ.އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގ ގެ ދައުވާގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.

މި މައްސަލަ އަކީ މިއީ ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅުންހުރި މައްސަލައެކެވެ. އާދީއްތަ ދުވަހު ވެސް އޮންނާނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. މީގެ ކުރިން މި މައްސަލައިގައި ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު މިމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި 13 ހެއްކެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި ރައީސް ޔާމިންގެ ވެރިކަމުގައި ނާއިބްރައިސްގެ މަގާމާއި ޓޫރިޒަމް މިނިސްޓަރކަން ކުރައްވާފައިވާ އަހުމަދު އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސްދެއްވާފައެވެ.  

Advertisement - newsAdvertisement

މީގެ އިތުރުން މްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ވ.އާރަށުގެ އެއްބަސްވުމުގައި ސޮއިކުރުމުން ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް ބުނެފައިވާކަމަށް ހެކިބަސްދެއްވާފައެވެ. އަދި ވ.އާރަށުގެ އެގްރިމެންޓް ކަންތައް ނިމުމުން ރައީސް ޔާމީން ހިތްހަމަޖެހިވަޑައިގަންނަވާނެ ކަމަށް ޔޫސުފް ނައީމް ބުނިކަމަށާއި އެއީ އެ މުޢާމަލާތާ ގުޅިގެން 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފައިވާނެތީކަމަށް ޔޫސުފް ނައީމް ބުނެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ގޮތުގައި މިހާތަނަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ޔާމީންގެ ޑްރައިވަރު އަބްދުﷲ ރަޝީދުގެ ހެކިބަސް ވަނީ ނަގާފައެވެ.

ނަރީޝް ވަނީ ރައިސް ޔާމީން ވިދާޅުވެގެން ޔޫސުފް ނަޢީމަށް އެއްމިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ހަވާލުކުރުމަށް އޭނާ ދިޔަކަމަށާއި އެ ފައިސާ ހުރީ ކަޅު 2 ދަބަހެއްގައި ކަމަށް ހެކިބަސްދީފައެވެ. އަދި ނަރީޝް އެގެޔަށް ދިޔައިރު އެގޭގައި ޔާމީންގެ ކުރީގެ ޑްރައިވަރު އަބްދުﷲ ކިޔާ މީހަކުވެސް އިންކަމަށާއި އެފައިސާ ޔޫސުފް ނައީމްއާ ހަވާލުކުރުމަށް ގެންދިއުމުގެ ކުރިން ރައީސް ޔާމިން ދިރިއުޅުއްވި ގެ ދޫވެހީގައި ޔާމީންގެ ހާޒިރުގައި އެފައިސާ ގުނިކަމަށް ވެސް އޭނާ ވަނީ ބުނެފައެެ. މީގެ އިތުރުން އެފައިސާ ހުރީ 500 ރުފިޔާގެ ނޫޓްތައް ހިމެނޭ ބޮނޑިތަކެއްގައި ކަމަށާއި ނަމަވެސް އެތަނުގައި ހުރީ ކިތައް ބޮނޑިކަމެއް ހަދާނެއް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހެކިބަސްދެމުން އަބްދުﷲ ރަޝީދު ބުނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދުވަހެއްގައި ރައީސް ޔާމީނާ ބައްދަލުކުރަން ޔާމީން އެދިވަޑައިގެން އެގެއަށް ދިއަކަމަށާއި އެގެއަށް ދިޔައީ މާލޭ ސިޓީ ކައުންސިލްގެ މިހާރު ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ އެކު ކަމަށެވެ. ގ.ދޫވެހިގޭގައި ތިބެގެން އެ ފައިސާ އެ މީހުން ގުނިއިރު އޭގައި 15 މިލިއަން ރުފިޔާ ހުރި ކަމަށް ފުރަތަމަ އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އޭނާ ފަހުން ބުނެފައިވަނީ ފައިސާ ގުނީ ފައިސާގެ ބޮނޑިތަކުން ކަމަށާއި އެކަމަކު އޮތީ ފައިސާގެ ކިތައް ބޮނޑިކަން ހަނދާން ނެތް ކަމަށެވެ. އެހެންކަމުން މި ދެ ފަރާތުގެ ހެކިބަހުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު