Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާޒިމްގެ ސިޔާސީ ހަޔާތް

ސިޔާސީ މީހަކަށް ބަދަލުވީ ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން އިސްތިއުފާ ދޭންޖެހުނު ހިސާބުން – ނާޒިމް

ސިފައިންގޭގައި ހުރެ ސިފައިންގެ ވާޖިބު އަދާކުރަން ޖެހޭ ދުވަހެއްގައި އެކަން ކުރަންޖެހޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ސެޕްޓެމްބަރު 2022 | ހުކުރު 03:49
ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް (ވ) ފަށާއިރު ޕްރޮގްރާމުގައި

ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް (ވ) ފަށާއިރު ޕްރޮގްރާމުގައި

ސިޔާސީ މީހަކަށް ބަދަލުވާންޖެހުނީ، ސިފައިންގޭގައި އުޅުއްވަނިކޮށް ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި ވަޒީފާ ގެއްލިގެން ދިއުމުގެ ސަބަބުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ނާޒިމް ވިދާޅުވި އޭނާ އަކީ އަދިވެސް ސިފައިންގެ މީހެއް ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. މުޅި ހަޔާތް ވޭތުކުރީ ސިފައިންގެ ގޭގައި ކަމަށާއި، އެހެންނަމަވެސް 2008 ގައި ސަރުކާރު ބަދަލުވެ ސިފައިންގެ ވަޒީފާއިން އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށެވެ. އަދި އެހިސާބުން އައި ކަންތައްތަކެއްގެ ތެރެއިން ސިޔާސީ މީހަކަށް ބަދަލުވެގެންދިޔަ ކަމަށާއި، އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިފައިންގޭގައި ހުރެ ސިފައިންގެ ވާޖިބު އަދާކުރަން ޖެހޭ ދުވަހެއްގައި އެކަން ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ސިފައިންގެ ހަޔާތް އެކީގައި ގެއްލިގެން ދިއުން ކަމަށެވެ. އެހެންނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅުއްވުމުން ވަޒީފާ އަނބުރާ ލިބިވަޑައިގެންނެވި ކަމަށާއި، އެއަށްފަހު ރިޓަޔަރކޮށް، ކާނަލް ރިޓަޔަރއަކަށް ބަދަލުވެވަޑައިގެންނެވި ކަމަށެވެ.

ނާޒިމް ވިދާޅުވީ އަދިވެސް މުޅިން ސިޔާސީ ނުވެވޭ ކަމަށާއި، ގައިގައި ސިޔާސީ ކަންތައް ހަރުލާގޮތެއް ނުވާ ކަމަށެވެ. އަދި ސިޔާސީ މީހުން ކުރާ ކަންތައްތައް ކުރަން އުނދަގޫ ކަމަށާއި، އަދިވެސް އަސްކަރީ މީހެއްގެ ގޮތުގައި ސިކުނޑި ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ހަށިގަނޑު މުޅިން ސިޔާސީ ކަމަށާއި، ދެކަމެއްގައި އުޅެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާރު ހުންނެވީ ސިޔާސީ ޕާޓީ އުފައްދަވައިގެން ސިޔާސި މަސައްކަތުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު