Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިން ފޯމު

ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:03

މިއީ މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، މާލޭގެ ރައްޔިތުންނާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށް ދޫކުރާ ފްލެޓްތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:03
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމު

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމު

ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެކަމާގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފައިވަނީ އޮކްޓޯބަރ މަހުގެ 15ވާ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12 ޖެހުމާހަމައަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. މާލޭ ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމަށް ޕޯޓަލްމެދުވެރިކޮށް ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ޕޯޓަލް މެދުވެރިކޮށް ގޯއްޗައި ފްލެޓަށް އެދުމުގެ ފުރުސަތު ކުރިން ހުޅުވާލީ ސެޕްޓެމްބަރ 26 ގެ ނިޔަލަށެވެ.

Advertisement - newsAdvertisement

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިހާތަނަށް 20،100 މީހުން މިސްކީމްތަކަށް އެދި ހުށަހަޅާފައިވާކަމަށް ރާއްޖެޓީވީގެ "ފަލަސުރުޚީ" ގައި ވާހަަދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވަނީ ވިދާޅުވެފައެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، މާލޭގެ ރައްޔިތުންނާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށް ދޫކުރާ ފްލެޓްތަކެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިންނާއި ގުޅީފަޅުން 3000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެ ގޯތިތައް ދޫކުރާއިރު ބަލާ ޝަރުތަކަށް ދާދިފަހުން ވަނި ބަދަލު ގެނެސްފައެވެ. އެގޮތުން، ކުރިން މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަށްވެހިވެފައިވާ މީހަކަށްވެފައި ނުވުމުގެ ޝަރުތު ބަދަލުކޮށް މިހާރު ވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރެޖިސްޓްރީވެފައި އޮތްނަމަވެސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމުގައި ވާނަމަ، އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭގައި ރަޖިސްޓްރީވެފައިވާ މީހެއްކަމުގައި ވާނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށް ނިންމައިފައެވެ.

ގެދޮރުވެރި ސްކީމުގެ ދަށުން ގޯތި ދިނުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް ނިމި އާންމުކުރެވޭނީ އަންނަ އަހަރުގެ މެއި މަހުގެ ހިސާބުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމް އިއުލާން ކުރި އިރުވެސް ބިން ދޫކުރާނެ ސަރަހައްދުތަކާއި ފްލެޓުތައް އަޅާނެ ސަރަހައްދުތައް ނިންމާފައިވާކަން ފާހަގަކުރައްވައި އާރިފް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރުވެސް ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ފްލެޓުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން، އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 36 ޓަވަރުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަންކަން އޭނާ ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން އިމާރާތް ކުރަމުންދަނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ތިން ކޮޓަރީގެ ފްލެޓެއްގައި 930 އަކަފޫޓު ހުންނައިރު ދެ ކޮޓަރީގެ ފްލެޓުގައި 600 އަކަފޫޓު ހުންނާނެ ކަމަށް އާރިފު ވިދާޅުވިއެވެ. މިއީ 4000 ފްލެޓެވެ.

މީގެ އިތުރުން މި ފްލެޓުތައް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލު ކުރާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ކަމަށް ވެސް އާރިފު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2018

ސިވިލް ސާވަންޓުންނަށް ދޫކުރާ 1،000 ފުލެޓަށް ފޯމް ހުށައެޅުން މިއަދު ހަމަވަނީ

14 ޖެނުއަރީ 2018
ސިވިލް ސާވަންޓުންނަށް ދޫކުރާ 1،000 ފުލެޓަށް ފޯމް ހުށައެޅުން މިއަދު ހަމަވަނީ
07 ޑިސެމްބަރު 2017

ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ޑޮލަރު ގަތް މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

07 ޑިސެމްބަރު 2017
ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ޑޮލަރު ގަތް މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
06 ނޮވެމްބަރު 2017

ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް އަޅާނެ ބިން ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ އައު އުސޫލެއް ކަނޑައަޅައިފި

06 ނޮވެމްބަރު 2017
ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް އަޅާނެ ބިން ކައުންސިލް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ އައު އުސޫލެއް ކަނޑައަޅައިފި
05 ނޮވެމްބަރު 2017

ފާރިސް ރިސްވަތު ދިނީ ޝާފިއު މެދުވެރިކޮށް، އެކަމަކު ޝާފިއުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް: ދައުލަތް

05 ނޮވެމްބަރު 2017
ފާރިސް ރިސްވަތު ދިނީ ޝާފިއު މެދުވެރިކޮށް، އެކަމަކު ޝާފިއުގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތް: ދައުލަތް
25 އޮކްޓޯބަރު 2017

ވެމްކޯގެ އިން އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވުމަށް ނިންމައިފި

25 އޮކްޓޯބަރު 2017
ވެމްކޯގެ އިން އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވުމަށް ނިންމައިފި
24 އޯގަސްޓު 2017

ޕީޕީއެމް މެމްބަރުންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކޮށްދިނުމަށް ވާނީ ހުށަހަޅާފަ: ނިހާން

24 އޯގަސްޓު 2017
ޕީޕީއެމް މެމްބަރުންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކޮށްދިނުމަށް ވާނީ ހުށަހަޅާފަ: ނިހާން
08 ޖުލައި 2017

ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހު އިތުބާރުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް:އަމީން

08 ޖުލައި 2017
ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހު އިތުބާރުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް:އަމީން
01 ޖުލައި 2017

އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި

01 ޖުލައި 2017
އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި
24 ޖޫން 2017

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި
15 ޖޫން 2017

ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި

15 ޖޫން 2017
ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް