Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

މީ ސަމާސާއެއް ނޫން، ގައުމުގެ ދިފާއުގައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރާނަން: ޕުޓިން

21 ސެޕްޓެމްބަރު 2022 | ބުދަ 17:26

ރަޝިއާގެ ނިއުކްލިއަރ ހަތިޔާރު އެމެރިކާއަށްވުރެ ވެސް ގިނަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 ސެޕްޓެމްބަރު 2022 | ބުދަ 17:26
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

މިއީ ސަމާސާ ވާހަކަތަކެއް ނޫން ކަމަށާއި ގައުމުގެ ދިފާއުގައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސް ވަނީ ހުޅަނގުން އެގައުމަށް 'ނިއުކްލިއަރ ބްލެކްމެއިލް' ކުރަމުންދާނަމަ ދިފާއުގައި އެގައުމުގެ އަސްކަރީ ހުރިހާ ބާރެއް ބޭނުންކުރަން ރަޝިއާއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވެ ހުޅަނގަށް އިންޒާރުދެއްވާފައެވެ.

ޕުޓިންގެ މިވާހަކަފުޅާއެކު ރަޝިއާ އާއި ހުޅަނގުގެ މަސްރަހު މިވަނީ އިތުރަށް ހޫނުވެގެން ގޮސްފައެވެ. ރަޝިއާގެ ނިއުކްލިއަރ ހަތިޔާރު އެމެރިކާއަށްވުރެ ވެސް ގިނައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު އަސްކަރީ އޮޕަރޭޝަނެއްްގެ ނަމުގައި ޕުޓިންގެ އަމުރަށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރައި ދޭންފެށި ހަމަލާތަކާއެކު ފެށުނު ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާ އޮތް ގުޅުން ވަނީ ހީނަރުވާން ފަށާފައެވެ. މިހަނގުރާމަ ހުއްޓުމަކަށް ނައިސް ދިގުދެމިގެން ގޮސްފައިވާއިރު، ޕުޓިންގެ އެންމެ ފަހުގެ މި އިންޒާރާއެކު މަސްރަހު މިވަނީ އިތުރަށް ގޯސްވެފައެވެ.

އެގޮތުން ރަޝިއާގެ މީޑިއާތައް މެދުވެރިކޮށް ދެއްކެވި ވާހަކުފުޅެއްގައި ޕުޓިން ވަނީ ގައުމަށް ނުރައްކާވާނަމަ، ގައުމާ ރައްޔިތުންގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރްއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް އޮތް ކަމަށް ބުނާ ބުނުމަކީ ސަމާސާއަކަށް ބުނާ ބުނުމެއް ނޫންކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ ހުޅަނގުން ގުޅިގެން ރަޝިއާ ނައްތާލަން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިހާރު ޔޫކްރެއިންގައި ރަޝިއާއިން ކޮންޓްރޯލްކުރަމުންދާ ސަރަހައްދުތައް ރަޝިއާ އާ ގުޅެން ބޭނުންވޭތޯ ކަށަވަރުކުރުމަށް އެސަރަހައްދުތަކުގައި ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށް ތާއިދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއީ ހުޅަގުންވެސް އަދި އެހެންގައުމު ތަކުންވެސް ގަބޫލު ކުރާނެ ކަމެއް ނޫނެވެ.

ޕުޓިން ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް ރަޝިއާއިން ހަނގުރާމައަށް އެގައުމުގެ އާންމުން އަސްކަރިއްޔާއަށް ގުޅުމަށް ގޮވާލައްވާފައެވެ. މިއާއެކު ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު ވަނީ ރައީސްގެ މިނިންމެވުމާއެކު 300،000އެއްހާ މީހުންނަށް ރަޝިއާ އަސްކަރިއްޔާއާއި ގުޅުމަށް އެންގޭނެ ކަމަށް ވިދާޅުވެފައެވެ.

ބައެއް ރިޕޯޓްއް ބުނާ ގޮތުން ރަޝިޔާ ސަރުކާރުން، ފައިސާގެ ބަދަލުތައް ދީގެން ޖަލު ތަކުންވެސް މީހުން ގެންދަނީ ރެކްރޫޓް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

26 ޖޫން 2017

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

26 ޖޫން 2017
ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ
23 ޖޫން 2017

ގަތަރަށް ވަގުރަދަ 13 ޝަރުތެއް، އަލްޖަޒީރާ ބަންދުކުރަންޖެހޭ!

23 ޖޫން 2017
ގަތަރަށް ވަގުރަދަ 13 ޝަރުތެއް، އަލްޖަޒީރާ ބަންދުކުރަންޖެހޭ!
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
07 ޖޫން 2017

ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ

07 ޖޫން 2017
ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް