Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރެއިން އެންޑް ސްޕައިން ކޮންފަރެންސް

ޞިއްޙީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ - ނައިބް ރައީސް

21 ސެޕްޓެމްބަރު 2022 | ބުދަ 08:29

މަތީ ތަޢުލީމް ހާޞިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރުވެސް މެޑިސިންގެ ދާއިރާއިން 70 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ސެޕްޓެމްބަރު 2022 | ބުދަ 08:29
ނައިބް ރައީސް ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލް ނަސީމް

ޞިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ، ޤައުމު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށާއި، ޞިއްޙީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރުން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، ޑޮކްޓަރުންނަށް ސްކޮލަޝިޕްތައް ދިނުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް އެހޮސްޕިޓަލުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މަތީ ތަޢުލީމް ހާޞިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރުވެސް މެޑިސިންގެ ދާއިރާއިން 70 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15000 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި ނަރުސްކަން ކިޔަވަމުންދާ 800 ވުރެ ގިނަ ދަރިވަރުން ހިމެނޭކަންވެސް ރައީސުލްްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭޑީކޭ ހޮސްޕިޓަލުން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި އޭޑީކޭ ހޮސްޕިޓަލުން ބައިވެރިވެ، ކުރަމުންދާ މަސައްކަތްތަކަށް އެހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މިކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތާއިއެކު، ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރުމުގައި ހުރި ދަތިތައް ނިމުމަކަށް ގެނެވޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، އައްޑޫ ސިޓީގައި ހުންނަ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވިގެންދާނެ ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުޅަހެޔޮ ސިއްޙަތަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މުޖުމަޢުން އެއްބާރުން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މެދުވެރިވާ ހާދިސާތައް މަދުކުރެވި އާއްމު ސިއްޙަތަށް ހެޔޮބަދަލެއް ގެނައުމަކީ، މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތް ކުރާނަމަ ހާޞިލްކުރަން އުނދަގޫކަމެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް