Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓު

މައްސަރު ކަންތަކޭ ބުނުމުން އިޖުތިމާއީ ފޭރާން ވީދެންޖެހޭ ސަބަބެއް ނޭނގޭ

21 ސެޕްޓެމްބަރު 2022 | ބުދަ 02:06

މައްސަރު ކަންތަކޭ ބުނުމަކީ އަޚުލާގީ މިންގަނޑު ދަށްވާ ކަމެއް ނޫން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ސެޕްޓެމްބަރު 2022 | ބުދަ 02:06
ހައިޟުގެ ދުވަސްވަރު

ހައިޟުގެ ދުވަސްވަރު

ފިރިހެނުންނާ އަންހެނުންނަކީ ހާސްތަން ތަފާތު ބައެކެވެ. ދެބައިމީހުންނަށް ކުރިމަތިލާންޖެހެނީވެސް ތަފާތު ކަންކަމާއެވެ. ފިރިހެނަކަށް ކުރިމަތިލާންޖެހޭ ކަމަކީ ކިހާ ބޮޑު ކަމެއްކަން އަންހެނަކަށް ނޭނގިދާނެއެވެ. ހަމަ މިފަދައިން އަންހެނަކަށް ކުރިމަތިލާންޖެހޭ ކަންކަމަކީ ކިހާ ވަރެއްގެ ކަމެއްކަން، އެކަންކަން ތަހައްމަލުކުރަން ނުޖެހޭ ފިރިހެނަކަށް ނޭނގިދާނެއެވެ. އަދި އަންހެނަކު ތަހައްމަލުކުރަމުންދަނީ ކިހާ ބޮޑު ކަމެއްކަން ހަމަ އެހެން އަންހެނަކަށް ނޭނގުންވެސް އެކަށީގެންވެއެވެ.

މިވާހަކަ މިގޮތަށް މި ފާހަގަކޮށްލީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި އޮތް ކޮމިޓީއަކަށް އަންހެން ވަޒީރަކު ހާޒިރުވުން ލަސްވެ، ސަބަބެއްގެ ގޮތުގައި މައްސަރު ކަންތައް ލައިގަތީ ކަމަށްބުނުމުން، މިކަމަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވަމުންދާތީއެވެ. ސޯޝަލް މީޑިއާއިން މިއަދު ފެންނަމުންދަނީ ބަލާލަން ފަސޭހަ ޕޯސްޓުތަކެއް ނޫނެވެ.

ހައިޟުގެ ދުވަސްވަރަކީ ހަމަ ކޮންމެ އަންހެނަކުވެސް ހަޔާތުގެ ވަކި ހިސާބަކުން ތަހައްމަލުކުރަންޖެހޭނެ ދުވަސްވަރެކެވެ. މިކަމަށް ދިވެހިން އާންމުކޮށް ކިޔައި އުޅެނީ މައްސަރު ކަންތަކެވެ. އެހެންނަމަވެސް އެ ވަޒީރު އެފަދައިން ވިދާޅުވުމުން އެއް ބަޔަކަށް އެ ބުނުން ވީ އިޖުތިމާއީ މިންގަނޑާއި، އަޚުލާގީ މިންގަނޑުން ބޭރު ބުނުމަކަށެވެ. އަދި އެއީ އިޖުތިމާއީ ފޭރާން ވީދި، މީހުންގެ ތެރޭގައި ދައްކަން ރަނގަޅު ވާހަކައެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ. އަދި އެ ވަޒީރު އެހެން ވިދާޅުވުމުން މަލާމާތް ރައްދުކުރި މީހުންވެސް މަދެއް ނޫނެވެ. މިފަދައިން އަޑުއަހަން ދަތި އެތައް ވާހަކައެއް މިހާރު ދަނީ އިވި، ފެންނަމުންނެވެ.

ހިތާމައަކީ މި ހުރިހާ ކަމެއް މިއަދު ފެންނަމުންދަނީ ހަމައެކަނި ފިރިހެނުންގެ ފަރާތުން ކަމަށް ނުވާތީއެވެ. އަންހެނުންގެ ފަރާތުންވެސް މިފަދަ ދަށުދަރައިގެ އެތައް ކަމެއް ފެންނަމުންދެއެވެ. ހަމަގައިމުވެސް މިއީ ކިހާ ވޭންހުރި ކަމެއްކަން އަންހެނަކަށް ވިއްޔާ އެނގޭނެއެވެ. އެކި މީހުންގެ ގައިގައި އަޅާ ވޭން ތަފާތުވިޔަސް އަންހެނަކަށްވެހުރެ މިކަހަލަ ކަންކަމުގައި އަނެކާއަށް މަލާމަތްކުރުމަކީ ލަދުގަންނަންޖެހޭ ކަމެކެވެ.

މިކަން މަޖާ ކަމަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟ މިކަން އިޖުތިމާއީ މިންގަނޑުން ބޭރު ކަމަކަށް ވާންވީވެސް ކީއްވެގެން ހެއްޔެވެ؟ މިކަހަލަ ވާހަކަތަކީ މީހުންތަކުގެ ތެރޭގައި ދައްކަންވާނެ ވާހަކަތަކެއް ނޫން ކަމުގައި ކުޑައިރުއްސުރެ ވިސްނައިދީފައި އޮތުމުން ވާ ކަމަކަށް ފަހަރުގައި މިކަން ވެދާނެއެވެ. އަދި މިއީ ފަކުރު ވާހަކައެއްކަމަށް ވިސްނިފައި އޮތީ ކަމަށްވެސް ވެދާނެއެވެ.

ރާއްޖޭގެ މުޖުތަމައުގައި މިއީ "ސެންސަރު" ވާހަކަތަކަކަށް ވާތީ، ކޮމިޓީއަށް ހާޒިރުވުން ލަސްވި ސަބަބު ތެދު ތެދަށް ބުނުމަކީ އެ ވަޒީރަށްވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. މިއީ މިއަދު މިކަން އޮންނަންވީ ގޮތް ހެއްޔެވެ؟ އަހަރެން ގަބޫލުކުރާ ގޮތުގައި މި ވިސްނުން ބަދަލުވާން މިހާރު މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. ޅައިރުއްސުރެއް ފެށިގެން މިކަންކަން އަންހެނުންނަށް ކުރިމަތިވާކަން ދަރިންނަށް ވިސްނައިދޭންޖެހެއެވެ. އެއީ އަންހެން އަދި ފިރިހެން ކުއްޖެއް ވިޔަސް މެއެވެ. އެހެންނޫނީ މިއީ ދުވަހަކުވެސް ހައްލެއް އަންނާނެ ކަމެއް ނޫނެވެ.

ހައިޟުގެ ދުވަސްވަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 މާރިޗު 2024

މި ރޯދަ މަހަކީ ނެތިމޮށުމާއި ޣީބަ ބުނުމުން ދުރުވާން ލިބޭ ފުރުސަތަކަށް ހަދަމާ

15 މާރިޗު 2024
މި ރޯދަ މަހަކީ ނެތިމޮށުމާއި ޣީބަ ބުނުމުން ދުރުވާން ލިބޭ ފުރުސަތަކަށް ހަދަމާ
25 ޑިސެމްބަރު 2023

އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުން - ކުރީ ސަރުކާރުން ކުރަން ނިންމައި، އިއުލާންކޮށްފައި އޮތް ކަމެއް

25 ޑިސެމްބަރު 2023
އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުން - ކުރީ ސަރުކާރުން ކުރަން ނިންމައި، އިއުލާންކޮށްފައި އޮތް ކަމެއް
10 ޖުލައި 2023

ގޮންޖެހުންތަކާއެކު ވެސް އެފްޑީއެސް ހިންގުމުގައި 12 އަހަރު، މުޅި އުމުރު އިޖުތިމާއީ މަސައްކަތަށް!

10 ޖުލައި 2023
ގޮންޖެހުންތަކާއެކު ވެސް އެފްޑީއެސް ހިންގުމުގައި 12 އަހަރު، މުޅި އުމުރު އިޖުތިމާއީ މަސައްކަތަށް!
16 ނޮވެމްބަރު 2022

ހަނަފަސްކަމޭ ބުނުމުން ސިފަކުރެވެނީ ހިކިފައި އޮތް ބިމެއްނަމަ، ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު!

16 ނޮވެމްބަރު 2022
ހަނަފަސްކަމޭ ބުނުމުން ސިފަކުރެވެނީ ހިކިފައި އޮތް ބިމެއްނަމަ، ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު!
17 މެއި 2022

ދިވެހިންގެ ރީތި އިޖުތިމާއީ ފޭރާން ވީދުނަނުދޭށެވެ.

17 މެއި 2022
 ދިވެހިންގެ ރީތި އިޖުތިމާއީ ފޭރާން ވީދުނަނުދޭށެވެ.
07 މާރިޗު 2022

އަމިއްލަ އަގު ކަނޑައެޅުން: ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނަމޭ ބުނުމުން އެ ނިމުނީ؟

07 މާރިޗު 2022
އަމިއްލަ އަގު ކަނޑައެޅުން: ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނަމޭ ބުނުމުން އެ ނިމުނީ؟
13 އޯގަސްޓު 2021

ޖިންސީ ގޯނާގެ މައްސަލަތައް: ހައްލުނުވި އިޖުތިމާއީ ބޮޑު މައްސަލައެއް!

13 އޯގަސްޓު 2021
ޖިންސީ ގޯނާގެ  މައްސަލަތައް: ހައްލުނުވި އިޖުތިމާއީ ބޮޑު  މައްސަލައެއް!
18 އެޕްރީލު 2020

އަލާމާތްތައް ނުފެންނަ ބަޔަކު އުޅެދާނެ، ހައްލަކީ އިޖުތިމާއީ ގައިދުރުކުރުން

18 އެޕްރީލު 2020
އަލާމާތްތައް ނުފެންނަ ބަޔަކު އުޅެދާނެ، ހައްލަކީ އިޖުތިމާއީ ގައިދުރުކުރުން
24 ޖެނުއަރީ 2020

ކަންކަން އިސްލާހްކުރެވޭނީ ބޮޑު ހިލަ ބަނދަރުތަކުގެ ބަދަލުގައި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށްވެސް ހަރަދުކޮށްގެން!

24 ޖެނުއަރީ 2020
ކަންކަން އިސްލާހްކުރެވޭނީ ބޮޑު ހިލަ ބަނދަރުތަކުގެ ބަދަލުގައި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށްވެސް ހަރަދުކޮށްގެން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް