Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް

އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުން - ކުރީ ސަރުކާރުން ކުރަން ނިންމައި، އިއުލާންކޮށްފައި އޮތް ކަމެއް

ކުރީގެ ވެރިކަމުގައި ނިންމާފައިވާ އިޖުތިމާއީ މަރުކަޒުތަކުގައި އިސްރަށްވެހިންނަށް ޚާއްސަ އިންތިޒާމުތައް ހަމަޖައްސާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2023 | ހޯމަ 17:46
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު، އިސްރަށްވެއްސަކާއެކު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު، އިސްރަށްވެއްސަކާއެކު

އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމްކުރުމަކީ ކުރީ ސަރުކާރުން ނިންމާފައި އޮތް ނިންމުމެކެވެ.

އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ނިންމާފައިވާކަމަށް މި ސަރުކާރުން އިއުލާންކޮށްފައި ވަނީ ހޯމަ ދުވަހުއެވެ. ސަރުކާރުން ބުނީ، ކުރީގެ ކީރިތި ގުރުއާނާބެހޭ މަރުކަޒު، އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒަކަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމްކުރާނެކަން ވަނީ ފާހަގަކޮށްފައެވެ. މިކަަން ސަރުކާރުން އިއުލާންކޮށްފައިވަނީ އަލަށް އިއުލާންކުރި ކަމެއްގެ ގޮތުގައެވެ. ސަބަބަކީ ކުރިން އެކަން ކޮށްފައިވާކަމަށް ސަރުކާރުން އެއްވެސް ވަރަކަށް ބުނެފައިނުވުމެވެ.

އެހެންނަމަވެސް، 16 ފެބުރުވަރީ 2023ގައި، އޭރުގެ ސަރުކާރުން ވަނީ އިސް ރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރާނެކަމަށް އިއުލާންކޮށްފައެވެ. އިސް ރަށްވެހިން އެއްތަނަކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި އުޅެވޭ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އިސް ރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދެއްވުމަށް ގަސްދުކުރައްވާކަމުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގައެވެ. މިއީ 16 ފެބުރުވަރީ 2023ގައި އިއުލާންކޮށްފައިވާ ކަމަކަށް ވުމާއެކު، އެއީ ރިޔާސީ އިންތިޚާބާ ދިމާކޮށް ވީ ވައުދެއްނޫނެވެ. އެއަށްވުރެ ބޮޑަށް އެއީ ސަރުކާރުގައި ހުންނަވައިގެން، އޭރުގެ ރައީސްގެ އިސްނެންގެވުމާއެކު ނިންމަވާފައިވާ ކަމެކެވެ.

އިސް ރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވައި ކުރީގެ ރައީސް ސާލިހު ވިދާޅުވީ، މާލޭގައި ގާއިމުކުރާ އެފަދަ މަރުކަޒު ގާއިމުކުރައްވާނީ ނާދީ ހުރި ބިމުގައިކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާވެސް ހިންގި އިމާރާތެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭގައި އެމަރުކަޒު ގާއިމުކުރެއްވުމަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެފަދަ މަރުކަޒުތައް ހުޅުއްވަން ގަސްދުކުރައްވާކަމުގައެވެ.

އެނގިފައިވާ ގޮތުން މި ދިޔަ ސަރުކާރު ނިމުނުއިރު، އިޖްތިމާއީ މަރުކަޒަކަށް ނާދީ ހެދުމުގެ މަސައްކަތް އޮތީ އެކަމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. އެގޮތުން، ނުނިމި އޮތީ ޓައިލްސް ޖެހުން އެކަނި ކަމަށާއި، އެ މަސައްކަތް ނުނިމި އޮތީ އެ ތަނުގައި ޖަހާ ޓައިލްސް ގެނައުން ލަސްވުމުން ކަމަށް އެނގިފައިވެއެވެ. އަދި އެހެން ހުރިހާ މަސައްކަތެއް ވަނީ އެއްކޮށް ނިންމާފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން، މަރުކަޒުތަކެއް ގާއިމުކުރުމުގެ މަގުސަދުތަކަށް އަލިއަޅުވާލައްވަމުން ސާލިހު ވިދާޅުވީ، މީގެ ތެރެއިން އެއް މަގުސަދަކީ އިސް ރަށްވެހިންނަށް ދޭންޖެހޭ ހައްގު ގަދަރާއި އިހުތިރާމު ހޯދައިދިނުމަށް މަގުފަހިކުރުމާއި، އެކަންކަމަށް ބާރުއެޅުން ކަމަށެވެ. މީގެ އިތުރުން އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކޮށްދިނުމާއި އަދި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުންވެސް މި މަރުކަޒުތައް ގާއިމުކުރުމުގެ މަގުސަދުތަކުގެ ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަރުކަޒުތަކުގައި އިސްރަށްވެހިންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިކަން މިގޮތަށް އޮތްއިރު، މި ސަރުކާރުން އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރަން ނިންމީ، މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިންކަން ފާހަގަކޮށް، ދައްކާފައިވާ ސަބަބުތަކަކީވެސް އޭރު ރައީސް ސާލިހު ފާހަގަކުރެއްވި ސަބަބުތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ މިހާރު އިސްރަށްވެހިން ކަމަށާއި، ދައުލަތަށާއި ގައުމަށް ގިނަ ދުވަހު ޚިދުމަތްތަކެއް ކުރައްވާފައި ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން ގިނަކަމަށެވެ. އަދި އެބޭފުޅުންގެ ނަފްސާނީ ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ހޯދައިދިނުމަކީ މިސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއާއެކު ބަދަލުވީ، މާލޭގައި އިސްރަށްވެހިންނަށް އިޖުތިމާއީ މަރުކަޒު ގާއިމްކޮށްދޭތަނެވެ. ސިޔާސަތާއި ސަބަބުތަކާއި މަގުސަދަށްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އެހެންކަމުން ސަރުކާރުން ހާމަކުރި މި ސިޔާސަތަކީ ކުރީ ސަރުކާރުން ނިންމާފައިވާ ކަމެކެވެ. އަދި އެކަން ތަންފީޒުކުރާނެ ގޮތުގެ ބައެއް ތަފްސީލުތައްވެސް ހާމަކުރައްވާފައި ވާކަމެކެވެ. އަދި ރަށްރަށުގައި އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރަމުން އައިއިރު، 2023 ވަނަ އަހަރު ނިންމާފައިވާ އިޖުތިމާއީ މަރުކަޒުތަކުގައި އިސްރަށްވެހިންނަށް ޚާއްސަ އިންތިޒާމްތައް ހަމަޖައްސައިދީފައިވެއެވެ.

އިސްރަށްވެހިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު، އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒަކަށް ބަދަލުކުރަނީ

ކުރީގެ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު، އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒަކަށް ބަދަލުކުރަނީ

25 ޑިސެމްބަރު 2023
ހަ އަހަރުގެ ހާފިޒެއްގެ ޚާއްސަ މެސެޖް

ހަ އަހަރުގެ ހާފިޒެއްގެ ޚާއްސަ މެސެޖް

16 ޖުލައި 2021
7 ފޫޓުގެ މިޔަރެއްގެ ޝިކާރައަށްވީ ދޮށީގައި ކުއްލިއަކަށް ކަންނެއްޔެއް ގަތުމުން، ކޯސްޓްގާރޑަށް ޚާއްސަ ޝުކުރެއް

7 ފޫޓުގެ މިޔަރެއްގެ ޝިކާރައަށްވީ ދޮށީގައި ކުއްލިއަކަށް ކަންނެއްޔެއް ގަތުމުން، ކޯސްޓްގާރޑަށް ޚާއްސަ ޝުކުރެއް

24 ޑިސެމްބަރު 2020
ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ޚާއްސަ ޕްލޭން، އެކަށައެޅިފައި!

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ޚާއްސަ ޕްލޭން، އެކަށައެޅިފައި!

10 ނޮވެމްބަރު 2020
ސިޔާސީ މަޤާމުތަކަށް ޚާއްސަކޮށް 400 ށް ވުރެ ގިނަ ފްލެޓް!

ސިޔާސީ މަޤާމުތަކަށް ޚާއްސަކޮށް 400 ށް ވުރެ ގިނަ ފްލެޓް!

24 އޯގަސްޓު 2020

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު