Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ މުހިއްމުކަން

އަލާމާތްތައް ނުފެންނަ ބަޔަކު އުޅެދާނެ، ހައްލަކީ އިޖުތިމާއީ ގައިދުރުކުރުން

18 އެޕްރީލު 2020 | ހޮނިހިރު 22:55

ގައިދުރުކަމަކީ ފަރުވާއެއް ނޫން، ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭ

އަމަން ހަލީމް
އަމަން ހަލީމް | 18 އެޕްރީލު 2020 | ހޮނިހިރު 22:55
ތަނެއްގެ ބޭރުގައި ބަޔަކު ކިޔޫ ހަދައިގެން، އިޖުތިމާއީ ގައިދުރުކަން ކުޑަ

ތަނެއްގެ ބޭރުގައި ބަޔަކު ކިޔޫ ހަދައިގެން، އިޖުތިމާއީ ގައިދުރުކަން ކުޑަ

ކޮވިޑް-19 ޖެހުމުން އެއްމެނަށް އެއް ގޮތެއް ނުވެ އެވެ. ބަލި ޖެހޭ ކޮންމެ މީހަކު ވެންޓިލޭޓަރަށް ލާން ނުޖެހެ އެވެ. ކެއްސާ ކިނބިހި ވެސް ނާޅަފާނެ އެވެ. އަދި ނޭވާ ކުރުވެ ހުން ވެސް ނައިދާނެ އެވެ. ބަލާބެލުމަށް އޭނާ އަކީ ބަލި މީހެއްކަން ނޭނގޭ އެތައް ބަޔަކު އުޅެ އެވެ. ނަމަވެސް، މި އެންމެންގެ ފުށުން ވެސް މި ވައިރަސް ފެތުރެ އެވެ. މިއީ މި ވައިރަހުގެ ނުރައްކާ އެންމެ ބޮޑު އެއް ސަބަބެވެ.

މި ވައިރަސް ދުނިޔެ ތެރެއަށް ފެތުރިގެން ދިޔައިރު، އަލާމާތްތައް ނުފެންނަ މީހުންގެ ފުށުން ވައިރަސް ފެތުރިގެން ދިޔަ ކަމަށް ސައިންސްވެރިން މިއަދު އިއްތިފާގުވެ އެވެ. އެއަރޕޯޓުތަކުގައި ތަރމަލް ކެމެރާ ހަރުކޮށް، އަލާމާތްތައް ހުންނަ މީހުން ފުރާނަން ފެށިއިރު، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ އެތައް ބަޔަކު އާބާދީގެ ތެރެއަށް ފުރޭނިގެން އައެވެ. އެ ބަޔަކަށް ނޭނގި، އެވެރިން ދިޔައީ ބަލި ފަތުރަމުންނެވެ.

މިއީ ކިހިނެއްވެގެން ވާކަމެއްތޯ ސައިންސްވެރިންނާއި މި ބަލީގެ ދިރާސާކުރާ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަދި މިހާތަނަށް މިކަމުގެ ސަބަބު ދެނެގަނެވިފައި ނުވާއިރު، ބަލި ޖެހުމުން އެއް ބައެއްގެ ހާލު އެހާ ގޯސްވެ ފުރާނަ އަށް ނުރައްކާ ކުރާއިރު، އަނެއް ބަޔެއްގެ ހަށިގަނޑުން ހިލަމެއް ނުވާ ސަބަބު ދެނެގަންނަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މި ހުރިހާ ކަމަކަށް މި ވަގުތަށް އެންމެ ފަސޭހަ ހައްލަކީ އިޖުތިމާއީ ގައިދުރުކަން ކަމަށް ގިނަ އަދަދެއްގެ ސައިންސްވެރިންނާއި ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. މިއީ ކޮންމެހެން ބަލީގެ ފަރުވާއެއް ނޫނެވެ. ނަމަވެސް ގައިދުރުކުރުމުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު (ޓްރާންސްމިޝަން ރޭޓް) ބޮޑު ތަނުން ދަށްވެ އެވެ. ދިރާސާތަކުން ދައްކާގޮތުން ވައިރަސް އަށް ޕޮޒިޓިވް ކޮންމެ މީހެއްގެ ފުށުން މި ވައިރަސް އިތުރު ފަސް މީހަކަށް ޖެހެ އެވެ.

ކަން މިހެން ހުރިއިރު، ވައިރަސް ފެތުރޭ މިންވަރުގެ ދަށްކޮށް، ގުދު ފަތިކުރަން މި ވަގުތަށް މިއަށް ވުރެ މޮޅު ހައްލެއް ނެތެވެ. މިއީ ދުނިޔޭގެ މިކަމުގައި ކާމިޔާބީ ހޯދަމުން އަންނަ ގައުމުތަކުން ވައިރަސް ކޮންޓްރޯލް ކުރަން ބޭނުންކުރާ އެންމެ ކާމިޔާބު އަދި އެންމެ ނަތީޖާ ރަނގަޅު އުކުޅެވެ.

މިއީ ހަރަދު ކުޑަ، ފަސޭހަ ކަމެކެވެ. އަގު ބޮޑު ވެންޓިލޭޓަރުތަކާއި އައިސީޔޫ އެންދުތަކެއް ބޭނުމެއް ނުވާ ހައްލެކެވެ. ސިއްހީ މަސައްކަތްތެރިންގެ މަސައްކަތް ބުރަ ނުވާނެ، އެ ފަރާތްތައް އިތުރު ނުރައްކަލަކަށް ހުށަނޭޅޭނެ އަމަލެކެވެ. އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރާނެ މެދުވެރިއެކެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، މި ނުރައްކާތެރި ވައިރަހުގެ ތޫފާން ރަނގަޅަށް ވެސް ރާއްޖެއާ ހަމައަށް އައިސްފައިވާ ކަމެވެ. އަދި މި ބައިބޮޑު، ތޮއްޖެހިފައިވާ މާލޭ ގައި އެކަކު އަނެކަކުގެ ފުށުން ވައިރަސް ފެތުރެން ފަށާފައިވާއިރު، އެ ބުނާ އިންޑެކްސް ކޭސް އެއް ފެންނާކަށް ނެތެވެ. ހޯދަން ވެސް އުނދަގޫ ވާނެ އެވެ. މިހާރު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ވައިރަސް އައި ގޮތާ ފެތުރެން ފެށި ވާހަކަ ދެއްކުމުގެ ބަދަލުގައި، މި ވަގުތު ކުރަންވީ ކަމަކީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމެވެ. މިއީ އާބާދީގެ އެންމެންގެ އަތް މަތީގައި އޮތް ކަމެކެވެ. އެއްމެންގެ އެއްބާރުލުމާއެކު ކުރެވިދާނެ ކަމެކެވެ. ތިމާއާ އެހެން މީހުންނާ ހަ ފޫޓުގެ ދުރުމިނެއް ބަހައްޓާށެވެ. މަގު މައްޗަށް ނިކުތަސް މިކަން އަބަދު ވެސް ހަނދާނުގައި ބަހައްޓާށެވެ. އެކަކު އަނެކަކުގެ ދޭތެރޭގައި ބަހައްޓަން ޖެހޭ ދުރުމިނަކީ، އަޅުގަނޑުމެންގެ ސިއްހީ ރައްކާތެރިކަމަށް މި ވަގުތަށް އޮތް އެންމަ ފަސޭހަ ހައްލެވެ.

އިތުރަށް ކިޔާލަން

30 މެއި 2018

ހަހަ ހާ....! ބަޔަކު މޮޔަވާނީ މިހާވަރަށް

30 މެއި 2018
ހަހަ ހާ....! ބަޔަކު މޮޔަވާނީ މިހާވަރަށް
22 މެއި 2018

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

22 މެއި 2018
500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20 މާރިޗު 2018

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
09 ޑިސެމްބަރު 2017

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް
02 ޑިސެމްބަރު 2017

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
21 ޖުލައި 2017

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް