Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣީބަ ބުނުން

މި ރޯދަ މަހަކީ ނެތިމޮށުމާއި ޣީބަ ބުނުމުން ދުރުވާން ލިބޭ ފުރުސަތަކަށް ހަދަމާ

ޣީބަ ބުނުމަކީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކަމެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މާރިޗު 2024 | ހުކުރު 07:28
ޣީބަ ބުނުން

ޣީބަ ބުނުން

ޣީބަ ބުނުމަކީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކަމެކެވެ. މިއީ ބައެއް ފަހަރު ވަރަށް އާދައިގެ ކަމަކަށް އޮންނަނީ ހަދާފައެވެ. ޣީބަބުނުމާއި ނެތިމޮށުމަކީ އެއީ އާދައިގެ ކަމަކަށް ހެދި ނަމަވެސް މިއީ ހަސަދަ އާއި ނަފްރަތު އުފެދުމަށް މަގުފަހިވާ އެންމެ މައިގަނޑު އެއް ސަބަބެވެ. އާއިލާ ކަމުގައި ވިޔަސް، ރަހުމަތްތެރިން ކަމަށް ވިޔަސް އަދި މަސައްކަތު މާހައުލުގައި ކަމަށް ވިޔަސް އެއްވެސް މީހަކު ނެތް ތަނެއްގައި އެ މީހެއްގެ ވާހަކަ ދެއްކުމަކީ އެއީ އެދެވޭ ގޮތެއް ނޫނެވެ. އެނގިގެންނާއި ނޭނގި ނަމަވެސް މި ކުރެވޭ ކަމަކީ ވަރަށް ބޮޑަށް ހަމަނުޖެހުމަށް މަގުފަހިވެ މަސްލަހަތު ގެއްލެން މެދުވެރިވާ ސަބަބެވެ. އެހެންނަމަވެސް މިއީ އެ ސިފައެއްގެ ސަބަބުން ތިމާ އާއި ތިމާ ނޫން އެހެން މީހުންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު އިންތިހާ އަށް ކުރާ ކަމެކެވެ. ދިރިއުޅޭ މާހައުލުގެ ފައްސިކަން ގެއްލި، ނަފްސު ނެގެޓިވް ނުވަތަ ނައްސި ޚިޔާލުތަކަށް ހުށަހެޅުމުގައި ނެތިމޮށުމާއި ޣީބަ ބުނުމުން ލިބޭ ބާރު ބޮޑެވެ. އެހެންކަމުން މިފަދަ ކަންކަމާއި ދުރުވާންޖެހެއެވެ.

ހިތާމަ އަކީ ރޯދަ މަހުވެސް ރޯދަ ވީއްލާ މޭޒާއި، ތަރާވީހަށް ފަހު ބައްދަލުވާ އިރު ވެސް ނެތިމޮށުމުގެ ނުބައި އާދަ އަށަގެންފައިވާ ކަމެވެ. އެހެން މީހުންގެ ވާހަކަ ދެއްކުމާއި އެހެން މީހުން ދަށްކޮށްލުމާއި، އެހެން މީހުންނަށް ކުޑައިމީސްކަން ލިބޭގޮތަށް ވާހަކަ ދެއްކުމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ރޯދަ މަހުވެސް ނުދެކޭ ކަމެވެ. ޣީބަ ބުނެ ހެދުމަކީ އުފަލެއްކަމުގައި ދެކޭ މީހުން މަދެއް ނޫނެވެ. އެކަމުގެ ނުބައިކަން އެނގޭނަމަ އެކަން ނުކުރާނެކަން ޔަޤީނެވެ.

މިފަދަ ނުބައި، ނުރަނގަޅު ސިފަތަކާއި ދުރުވުމަށް ރޯދަ މަހު އައު އަޒުމަކާއި އެކު މަސައްކަތްކުރުން މުހިންމެވެ. އެހެނީ ނެތޮމޮށުމާއި ޣީބަ ބުނުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންކަމެވެ. އަދި މިއީ އެކަމެއްގެ ނުބައިކަމުގެ ވާހަކަ އެންމެ ގިނައިން އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވާދެއްވާ މުޝީރުން ދައްކަވާ އެއް ވާހަކައެވެ. އެހެނީ މުސްލިމުންނަށް އަނިޔާ ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭނެ ކަމެކެވެ. އިސްލާމް ދީން ބާރު އަޅަނީ ޣީބަ ބުނުން ފަދަ ފާފަތަކާ ދުރުހެލިވެ، އެހެން މީހުންގެ އަބުރު ރައްކާތެރި ކުރުމަށެވެ.

މީހުންގެ ހައްގުތަކަށް އަރައިގަތުމާއި، މީހުންގެ އަބުރު ގެއްލޭ ފަދަ ސިއްރުތަކުގެ ވާހަކަ އަމިއްލަ މަޖަލަށްޓަކައި ދެއްކުމަކީ އެއް ގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުކަމެއް ނޫނެވެ.

ން ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަނީ ޣީބަ ބުނުން ޙަރާން ކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައިވަނީ: {يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلا تَجَسَّسُوا وَلا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ} (الحجرات: 12) މާނައީ: “އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަ ކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެ ކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّهއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ.”

ދުލަކީ ﷲތަޢާލާ އިންސާނުންނަށް ދެއްވި އެންމެ އަގުހުރި އެއް ނިޢުމަތެވެ. އެންމެ ވަރުގަދަ ގުނަވަން ވެސް މެއެވެ. ދުލުން ބޭރުވެގެންދާ ކޮންމެ ބަހަކީ ލިޔެ ރައްކާ ކުރެވިގެންވާ އެއްޗެއްކަން ދަތުން މުހިންމެވެ. ދޫ ރައްކާތެރިކުރަން ދަސްކުރުން މުހިންމެވެ. ޚާއްސަކޮށް ރަމަޟާން މަހުގެ މަތިވެރި މައްސަރުގައި ތިމާގެ ކިބައިގައި ހުރި މިފަދަ ނުބައި ސިފަތައް ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުން މުހިންމެވެ. އެއީ ތިމާ އަށް މިދުނިޔެ އާއި އާޚިރަތަށްޓަކައި ބަދަލުކުރެވޭ ބަދަލަކަށް ވާނެކަން ޔަޤީނެވެ.

ރަަމަޟާން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

19 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

01 މާރިޗު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު