Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ޙަމަލާ

މެއި 6 ޙަމަލާއާ ގުޅިގެން ހައްޔަރުކުރި ޔާސީނަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައިފި

ދިފާއުން 4 ހުށަހެޅުމެއް ހުށަހަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 07:52
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މެއި 6 ޙަމަލާއާ ގުޅިގެން ހައްޔަރުކުރި ޙަސަން ޔާސީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ޙަސަން ޔާސީންގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާ ކުރަނީ އޭނާގެ ފޯނުން ފެނިފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ބައެވެ. އެގޮތުން ދިފާއުން 4 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ދައުލަތުން ވަނީ އެ ހުށަހެޅުންތަކަށް ރައްދު ދީފައެވެ.

ދިފާއުގެ ފުރަތަމަ ހުށަހެޅުމަކީ މި މައްސަލައިގައި ކޮށްފައިވާ ދައުވާއާއި ގުޅިގެން ތަހުގީގުގައި ސުވާލު ކޮށްފައިނުވާ ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ 6 މެއި 2021 ގައި ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެންކަމަށްވާއިރު، އޭނާ ބަންދުކޮށްފައިވަނީ ވެސް، އަދި ތަހުގީގުގައި ބަޔާން ނެގިފައިވަނީ ވެސް އެ ތުހުމަތާއި ގުޅިގެންކަމަށް ދިފާއުން ބުނެއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާ ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ބަލާއިރު، ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރު ފެތުރުމާއި، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ އިތުރުން، ޖިހާދަށް މީހުން ފޮނުވުމަށް މަސައްކަތް ކުރުމާއި، ޓެރަރިޒަމްގެ ޙަމަލާތައް ރޭވުމުގެ ތުހުމަތުތައް ހިމެނޭ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުޅާވެގެން ދިޔަވަރަކަށް ހެކި ހޯދުމަށްފަހު އެކަންކަމާއި ގުޅިގެން ސުވާލު ކޮށްފައިވާކަން ދައުލަތުން ހުށަހެޅި ލިޔެކިއުންތަކުން އެނގޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުން ދިފާއުން ހުށަހެޅީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ވަކި ހެކިތަކެއް ޝަރީއަތަށް ބަލައިނުގަތުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ. ދިފާއުން ބުނާ ގޮތުގައި އެތަކެއްޗަކީ އޭނާގެ ފޯނުން ޑިލިޓް ކޮށްފައިހުރި ތަކެއްޗެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެނާގެ ސެމްސަންގ ފޯނު ތަހުލީލުކޮށް ތަހުގީގީ އިދާރާއިން ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު، ދައުލަތުގެ ދައުވާއާ ގުޅޭ ކަންކަން ސާބިތުކޮށްދެވޭނެއެވެ. އެގޮތުން އޭނާގެ ފޯނުގައި ހަރުކަށި ފިކުރާއި ގުޅޭ ފޮޓޯއާއި ވީޑިއޯ ހުރިކަން ދައުލަތުން ފާހަގަ ކުރެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އޭނާގެ މައްޗަށް މި ދައުވާކޮށްފައިވަނީ އޭނާގެ ފޯނުން ފެނުނު ލިއުންތަކެއްގެ ސަބަބުން ނޫން ކަމަށާއި، މި ދައުވާކޮށްފައިވަނީ އޭނާގެ ފޯނުން ފެނުނު ހަރުކަށި ފިކުރާއި ގުޅޭ ފޮޓޯއާއި ވީޑިއޯގެ ސަބަބުން ކަމަށެވެ.

ތިންވަނަ ހުށަހެޅުމެއްގެ ގޮތުގައި ދިފާއުން ހުށަހެޅީ މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކާއި ދައުވާއާ ގުޅޭގޮތް ސާފުނުވާތީ، ދިފާއުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނުކަން ބަޔާންކޮށް ހުށަހެޅި ހުށައެޅުމެކެވެ. ހަތަރުވަނަ ހުށަހެޅުމަކީ މި މައްސަލައިގައި ދައުލަތުން ކިތާބީ ހެކި ހާމަކޮށްފައިވާ ގޮތުން، މި މައްސަލައިގެ ދައުވާއިން ދިފާއުވުމުގެ ފުރުސަތު ގެއްލޭގޮތަށް މަގުފަހިވެގެން ގޮސްފައިވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާލިބޭ ފަރާތަށް މި މައްސަލައިގެ ދިފާއީ ހެކި ހުށައަޅަން 8 މަސް ދުވަހުގެ ފުރުސަތެއް ލިބިގެން ގޮސްފައިވާ ކަމަށާއި، އެހެން ނަމަވެސް ދިފާއުން މަސައްކަތް ކޮށްފައިވަނީ މި މައްސަލައިގެ ދައުވާއާ ނުގުޅޭ ވާހަކަތަކެއް ދެއްކުމަށް ކަމަށެވެ. ލިއެކިއުންތައް ދިރާސާކޮށް، ދިފާއީ ހެކި ހުށަހަޅަން އެކަށީގެންވާ ފުރުސަތު ދެވުނުކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދެން ކުރިއަށް ދިޔައީ ދައުލަތުގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ މި މައްސަލައިގެ ހެކި ރައްކާތެރި ކުރުމާއި ގުޅޭ ހުށަހެޅުމެކެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމުމެވެ. އެ އަޑުއެހުން އޮންނާނީ 13 އޮކްޓޯބަރު 2022 ގައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު