Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާއިން ހަނގުރާމައިގެ ޖަރީމާހިންގުން

ރަޝިއާއިން ޔޫކްރެއިންގައި އެތައް ސަތޭކަ ބަޔަކު މަރާލުމަށްފަހު ވަޅުލާފައިވާކަމުގެ ތުހުމަތު

17 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:29

ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތީ މިދިޔަ ފެެބްރުއަރީ މަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:29
ޔުކްރެއިންގައި މީހުން މަރާލުމަށްފަހު ވަޅުލާފައިވާ ސަރަހައްދެއް ފެނުން

ޔުކްރެއިންގައި މީހުން މަރާލުމަށްފަހު ވަޅުލާފައިވާ ސަރަހައްދެއް ފެނުން

ރަޝިއާއިން ޔުކްރެއިންގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ތުހުމަތުކުރައްވައިފިއެވެ.

ޔުކްރެއިނުން ދަނީ މިހާރު އެ ގައުމުގައި ރަޝިއާއިން ހިފާފައިވާ ސަރަހައްދުތައް އަނބުރާ ހިފުމުގެ މަސައްކަތްކުރަމުންނެވެ. ބައެއް ހިސާބުތަކުގައި ވަރަށް އަނިޔާވެރިކޮށް މީހުން މަރާލާފައިވާކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ. މޮސްކޯއިން އެކަން ދޮގުކުރިނަމަވެސް، ހަނގުރާމައިގެ ކުރީކޮޅު ރަޝިއާއިން އެތައް ޖަރީމާއެއް ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އައިއިރު ޚާރްކިވްގެ ބައެއްގައި 450ށްވުރެ ގިނަ މީހުން މަރާލުމަށްފަހު ވަޅުލާފައިވާކަމަށް ރެލެންސްކީ ވިދާޅުވިއެވެ. އެގޮތަށް މީހުން މެރުމަށްފަހު ވަޅުލާފައިވާ އިތުރު ސަރަހައްދުތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެކަމާގުޅޭ އެސެސްމެންޓްތައް ކުރިއަށްދާކަމަށާއި، ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ބައެއް ހެކިވެސް އެބަހުރިކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އެ ގައުމުގެ އިޒްޔަމް ޝަހަރުން ސަތޭކައަށްވުރެ ގިނަ މީހުންގެ މަރުވެފައިވާ ޔޫކްރެއިންގެ އިންވެސްޓިގޭޓަރުންނަށް ހަށިގަނޑު ވަނީ ފެނިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެގޮތަށް ފެނުނު ބައެއް މީހުންގެ އަތް ހުރީ ފަހަތަށް ބަނދެފައެވެ. އޭނާ ވިދާޅުވީ ރަޝިއާއިން އެފަދަ އަމަލުތަކެއް ހިންގާފައިވާކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރުމަކީ އެ ގައުމަށް ވަރަށް މުހިންމުކަމެއްކަމަށެވެ. ޒެެލްންސްކީގެ މި ތުހުމަތުތަކަށް ރަޝިއާއިން އިންކާރުކުރެއެވެ. އަދި އާއްމުންނަށް ހަމަލާދީފައި ނުވާނެކަމަށްވެސް ރަޝިއާއިން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް، މީހުން މެރުމަށްފަހު ވަޅުލާފައިވާ ބޮޑެތި ވަޅުގަނޑުތައް ބައެއް ހިސާބުތަކުގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުންވެސް ފާހަގަވާން އެބަހުއްޓެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތީ މިދިޔަ ފެެބްރުއަރީ މަހު ކަމަށް ވާއިރު، އެ ދެ ގައުމުގެ ހަނގުރާމައިގައި ރަޝިއާއަށް ފުރަތަމަ މާބޮޑު ކުރިއެރުމެއް ނުލިބުނުނަމަވެސް، ފަހުން އިރުމަތީ ޔޫކްރެއިންގެ ބޮޑުބައެއް ރަޝިއާއިން ވަނީ ހިފާފައެވެ. މީގެ އިތުރުން ރަޝިއާއިން ވަނީ ޔޫކްރެއިންގެ ރައްޔިތުންނަށް ރަޝިއާގެ ރައްޔިތުކަން ދޭންފަށާފައެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް