Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުދުހޭ ސައިކަލު

އުދުހޭ ސައިކަލު: "ހީވީ ސްޓަރ ވޯޒް ގެ ދުނިޔެ ޙަޤީޤަތަކަށް ވީ ހެން"

އުދުހިލުމުގެ ފުރަތަމަ ތަޖުރިބާ ލިބުނު މީހުންގެ ތެރޭގައި ޑެޓްރޮއިޓް އޮޓޯ ޝޯގެ ކޯ-ޗެއަރ ތެޑް ޒޮޓް ހިމެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2022 | ހުކުރު 11:32
އުދުހޭ ސައިކަލު

އުދުހޭ ސައިކަލު

ދުނިޔޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އުފެއްދި "އުދުހޭ ސައިކަލު"، އެމެރިކާގެ ޑެޓްރޮއިޓް އޮޓޯ ޝޯގައި ދައްކާލާ، އެތައް ބަޔަކު އާޝޯޚް ކުރުވައިފިއެވެ.

ޖަޕާނުގެ ޒުވާން ކުންފުންޏެއް ކަމަށް ވާ އެއަރވިންސް ޓެކްނޮލޮޖީޒްއިން އުފެއްދި 'އެކްސްޓުރިސްމޯ' ހޯވަރބައިކްއަކީ، 40 މިނެޓް ވަންދެން އުދުހުމުގެ ޤާބިލުކަން ލިބިފައިވާ ސައިކަލެކެވެ. 'އެކްސްޓުރިސްމޯ' އަކީ، ގަޑިއަކު 62 މޭލު ބާރު މިނުގައި ދުއްވާލެވޭ ސައިކަލެއްވެސްމެއެވެ.

'އެކްސްޓުރިސްމޯ' ގައި އުދުހިލުމުގެ ފުރަތަމަ ތަޖުރިބާ ލިބުނު މީހުންގެ ތެރޭގައި ޑެޓްރޮއިޓް އޮޓޯ ޝޯގެ ކޯ-ޗެއަރ ތެޑް ޒޮޓް ހިމެނެއެވެ.

ތަޖުރިބާ ހިއްސާ ކުރަމުން ޒޮޓް ބުނީ، ހީވީ ޅަ އުމުރުގެ ދުވަސްތަކަށް އެނބުރި ދެވުނު ހެން ކަމަށާ، ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށެވެ.

އެއަރވިންސް ޓެކްނޮލޮޖީޒްގެ ބާނީ އަދި ސީއީއޯ، ޝޫހެއި ކޮމަޓްސޫ ބުނި ގޮތުގައި އެއަރވިންސް ޓެކްނޮލޮޖީޒްގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވީ ޑްރޯންއާއި އިންސާނަކާ ނުލާ އުދުހުމުގެ ޤާބިލުކަން ލިބިފައިވާ އުދުހޭ އުޅަނދުފަހަރު އުފެއްދުން ކަމަށެވެ.

އުދުހޭ ސައިކަލަކީ މިހާރުވެސް ޖަޕާނުން ގަންނަން ލިބެން ހުރި ސައިކަލެކެވެ. ކޮމަޓްސޫ ބުނީ، އޭނާގެ އަމާޒު މިހާރު ހުރީ، 'އެކްސްޓުރިސްމޯ'ގެ ކުޑަ، އުދުހޭ ސައިކަލެއް، 2023 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި ވިއްކަން ފެށުމަށެވެ.

'އެކްސްޓުރިސްމޯ'ގެ އެމެރިކާ މޮޑެލްގެ އަގަކީ 777000 ޑޮލަރު ކަމަށް އަންދާޒާ ކުރެވެއެވެ. 2025 ވަނަ އަހަރު އަންނައިރު، 'އެކްސްޓުރިސްމޯ'ގެ ކުޑަ، އިލެކްޓްރިކް މޮޑެލްއެއް އުފައްދާ، އެ ސައިކަލުގެ އަގު، 50000 ޑޮލަރަށް ތިރި ކުރުމަށް އޭނާގެ ކުންފުނިން އުއްމީދު ކުރާ ކަމަށްވެސް ކޮމަޓްސޫ ވަނީ ބުނެފައެވެ.

އެއަރވިންސް ޓެކްނޮލޮޖީޒްއިން މިހާރު އަމާޒު ހިފާފައި ވަނީ، ނޮވެމްބަރު މަހުގެ ތެރޭގައި، ހިއްސާގެ ބާޒާރުގައި މުއާމަލާތްތައް ފެށުމަށެވެ.

އުދުހޭ ސައިކަލުރޮއިޓަރސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

13 ސެޕްޓެމްބަރު 2023
ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

01 ޖުލައި 2023
ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

01 ޖުލައި 2023

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު