Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާގެ ޑިފެންސް މިނިސްޓަރު ގާނޫނު ހަދާ މަޖިލީހަށް ހާޒިރުކުރުމާމެދު ގޮތެއް ނިންމަނީ

ރަޝިޔާއިން ހިފާފައިވާ ބޮޑު ސަރަހައްދެއް ޔޫކްރެއިންގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގޮސްފައިވާތީ ރަޝިޔާގެ އަސްކަރިއްޔާއަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ސެޕްޓެމްބަރު 2022 | ހުކުރު 03:56
ރަޝިޔާ ޑިފެންސް މިނިސްޓަރު

ރަޝިޔާ ޑިފެންސް މިނިސްޓަރު

ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ސްޓޭޓް ޑުމާއަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޭ ހާޒިރުކޮށް ސުވާލުކުރުމާމެދު ވިސްނަމުންދާކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

އެގައުމުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ސީނިއާ މެމްބަރެއްކަމުގައިވާ ސަރްގޭ މިރޮނޮވް ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރު ހާޒިރުކޮށް ސުވާލުކުރަނީ ސިއްރު ބައްދަލުވުމެއްގައި ކަމަށެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެބްރުއަރީ މަހުން ފެށިގެން ކުރިޔަށްދާއިރު މިހަފުތާތެރޭގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ޔޫކްރެއިންގެ ޚާރްކީވްގައި ރަޝިޔާއިން ހިފާފައިވާ ބޮޑު ސަރަހައްދެއް ޔޫކްރެއިންގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގޮސްފައިވާތީ ރަޝިޔާގެ އަސްކަރިއްޔާއަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިރޮނޮވް އަކީ ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ޑިފެންސް މިނިސްޓަރު ހާޒިރުކުރުމާމެދު ހޯމަ ދުވަހު ގޮތެއް ނިންމަވާނެކަމަށް މިރޮނޮވް ވިދާޅުވިއެވެ.

މިރޮނޮވް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިފެންސް މިނިސްޓަރު ޝޮއިގޭ އާއެކު ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ޕާޓީން ޕްރޮޕޯސްކޮށްފައިވާކަމަށެވެ. އެއީ ޕާޓީ އާއި އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށްކަމަށް މިރޮނޮވް ވިދާޅުވިއެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު