Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީ ދިނުން

މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ

މިއީ ޔޫ.އެސް.އޭ.އައި.ޑީގެ ފަރާތުން މިއަހަރު ސޮއިކުރި 4 ވަނަ ހިލޭއެހީގެ އެއްބަސްވުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2022 | ހުކުރު 02:04
ޔޫ.އެސް.އޭ.އައި.ޑީ އިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހިލޭ އެހީ ދިނުމުގައި އެއްބަސްވުމުގައި ސޮއިކުރަނީ

ޔޫ.އެސް.އޭ.އައި.ޑީ އިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހިލޭ އެހީ ދިނުމުގައި އެއްބަސްވުމުގައި ސޮއިކުރަނީ

މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) އިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީއާއިއެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ ޔޫ.އެސް.އޭ.އައި.ޑީގެ ފަރާތުން މިއަހަރު ސޮއިކުރި 4 ވަނަ ހިލޭ އެހީގެ އެއްބަސްވުމެވެ. އަދި މިފަދަ މަސައްކަތްތައްކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ. މި ހިލޭ އެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ ފެހެންދޫ ހިމެނޭގޮތަށް ގޮއިދު އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެހީވެދޭނެއެވެ.

Advertisement - newsAdvertisement

ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިގުތިސާދީ ގިނަގުނަ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް ކުރިއަރުވައި، ބ.ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ގޮއިދު އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރާނެއެވެ.

ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކޮށްދޭކަމެކެވެ. އަދި މިގުދުރަތީ ވެށިން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާވުމަށް ފުރުސަތު ލިބޭނޭކަމެކެވެ. ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގޮއިދޫ ކުޅިއާއި، ޗަސްބިމުގައާއި މުޅި އަތޮޅުގައި ގާއިމުކުރުމަކީ އެ ސަރަހައްދުތަކުގެ އިގުތިސާދީ އަދި ގުދުރަތީ މާހައުލުގެ އަގު މަތިކޮށް، އިކޯ-ޓުއަރިޒަމް މަންޒިލެއްގެ ގޮތުގައި ގޮއިދޫ އަތޮޅު އިސްތިހާރުކުރުމަށް ލިބޭނެ ފުރުސަތެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މިއީ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވަށާއި ގޮއިދު އަށާއި އަތޮޅަށް ވަރަށް ފާހަގަކޮށްލެވޭ ދުވަހެއްކަމަށެވެ. ޔޫ.އެސް.އޭ.އައި.ޑީއާއިއެކު އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދެފަރާތުގެ އެއްބާރުލުމާއި ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރަމަކީ ލިބިވަޑައިގަންނަވާ ފަހުރެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫ.އެސް.އޭ.އައި.ޑީގެ ފަރާތުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަން ޑައިރެކްޓަރު ގެބްރިއެލް ގްރައު ވިދާޅުވީ މި ހިލޭ އެހީގެ އެއްބަސްވުމަކީ ޔޫއެސްއޭއައިޑީން ރާއްޖެއާއި ދިވެހިންނާއެކު ސާބިތުވެތިބޭކަމުގެ ރަމްޒެއްކަމަށެވެ.

މިގްރާންޓަކީ ޔޫ.އެސް.އޭ.އައި.ޑީގެ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކޮށްފައިވާ ހަތަރުވަނަ ހިލޭ އެހީއެވެ. މިއެކްޓިވިޓީއަކީ 5 އަހަރުގެ މުއްދަތަށް ހިންގާ، 10.5 މިލިއަން ޑޮލަރުގެ އެކްޓިވިޓީއެކެވެ. އަދި މިއެކްޓިވިޓީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކުގެ ހިރާސްތަކަށް ވިލުންވެރިކަން އިތުރުކުރުމަށް އެހީތެރިވާނެއެވެ. މި އެކްޓިވިޓީއަކީ ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ވިލުންވެރި މުޖުތަމައެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މަސައްކަތެކެވެ.

އެމެރިކާޔޫއެސްއެއިޑް މޯލްޑިވްސްއެންވަޔަރަމެންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު