Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫމަޑި މައްސަލަ

ނޫމަޑި މައްސަލަ: މުއިއްޒުގެ ފަރާތުން ހުށަހެޅުއްވި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ބަލައެއްނުގަތް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 12:29
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ، ދިފާއުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތެއް ނިންމުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދިފާއުން 4 ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި; ހާދިސާ ހިނގި ތަން ދައުލަތުން ދައުވާގައި ބަޔާންކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ ހިމެނޭއިރު، ދައުލަތުން އެ ނުކުތާއަށް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ރައްދުވެސް ދީފައިވެއެވެ.

ދައުލަތުން ބުނާ ގޮތުގައި މުއިއްޒު ދޮގު ބަޔާން ދެއްވީ ނެދަލެންޑްސްގެ ދި ހޭގްގައި ހުންނަ ޕަރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައެވެ. ގާޒީ ވިދާޅުވީ، މުއިއްޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި އޭނާއާމެދު ބޭއިންސާފުވާފަދަ ހާލަތެއް، އެގޮތުން ބަލާއިރު ނެތްކަމަށެވެ. ވުމާއެކު، މުއިއްޒުގެ އެ ހުށަހެޅުން ޝަރީއަތުން ބަލައިގެންފައެއްނުވެއެވެ.

މުއިއްޒުއާ ދެކޮޅަށް 5 ޝަފަހީ ހެކިން ހުށައަޅާފައިވާއިރު، އޭގެ ތެރެއިން 3 މީހުންގެ ހެކިބަހަކީ ޝަރީއަތަށް ބަލައިނުގަނެވޭ ހެކިތަކެއްކަމަށް ކަނޑައެޅުއްވުމަށްވެސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެ ހެކިންގެ ހެކިބަސް ބަލައިގަންނަން ނުޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ދެއްކިފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ހުށަހަޅާފައިވާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ 2015 ވަނަ އަހަރުގެ ބައްދަލުވުމެއްގެ ޔައުމިއްޔާ، ހެކީގެގޮތުގައި ބަލައިނުގަތުމަށްވެސް މުއިއްޒު ހުށަހަޅުއްވާފައިވެއެވެ. އެއީ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި މުއިއްޒު ބައިވެރިވެވަޑައިގެންފައިވާކަން ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެތްކެކެވެ. އެ ހުށަހެޅުންވެސް ޝަރީއަތަށް ބަލައިގެންފައެއްނުވެއެވެ.

މައިގަނޑުގޮތެއްގައި މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުރިހާ ހުށައެޅުންތަކެއްވެސް ގާޒީ ސޮފްވަތު ހަބީބު ވަނީ ބަލައިނުގެންނެވުމަށް ނިންމަވާފައެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ، ދައުލަތުގެ ޝަފަހީ ހެކިންނަކީ ކޮބައިކަން ބަޔާންކޮށްފައެވެ. އެގޮތުން 5 ޝަފަހީ ހެތްކެއް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އަދި ގިނަ ކިތާބީ ހެކިތަކެއްވެސް ހުށަހަޅާފައިވެއެވެ.

ދިފާއުން ވަނީ، ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ވަގުތު ބޭނުންވާކަން ފާހަގަކޮށްފައެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ކްރިމިނަލް ކޯޓްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު