Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރާނީއަށް އެންމެފަހުގެ އިޙުތިރާމު އަދާކުރުން

ރާނީއަށް އެންމެ ފަހުގެ އިޙުތިރާމު އަދާކުރުމަށް އެތައް ލައްކަ ބަޔަކު ސަފުތަކުގައި ދިގު އިންތިޒާރެއްގައި

ލަފާކުރެވޭ ގޮތުގައި 750،000 މީހުން ރާނީއަށް އެންމެ ފަހުގެ އިޙުތިރާމު އަދާކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 03:31
ިއިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅު ވެސްޓްމިންސްޓަރ އަށް ގެންދަނީ

ިއިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅު ވެސްޓްމިންސްޓަރ އަށް ގެންދަނީ

އަވަހާރަވެފައިވާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައަށް އެންމެފަހުގެ އިޙުތިރާމު އަދާކުރުމަށް އެތައް ލައްކަ ބަޔަކު ލަންޑަންގެ މަގުތައް މަތީގައި ކިޔުތައް ދަމާލައިފިއެވެ.

އެއްވެސް ޝަކުވާއެއްނެތި އެމީހުން ކިޔުތަކުގައި މަޑުކޮށްގެންތިބީ ރާނީއަށް އެންމެފަހުގެ އިޙުތިރާމު އަދާކުރުމުގެ ގޮތުންނެވެ. ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް މީހުން ކިޔުގައި އެމީހުން ތިބި ހިސާބު ގެއްލިދާނެތީ ނިދީވެސް ޕޭމަންޓް މަތީގައެވެ. ރާނީގެ ހަށިކޮޅު ބާއްވާފައިވާ ވެސްޓްމިންސްޓަރ އަށް ވަނުމަށްޓަކައި 10 މޭލަށް ކިޔުތަށް ދަމާލާފައިވެއެވެ. ރާނީގެ ޖަނާޒާގެ ކަންކަން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަންދެން ހަށިކޮޅު އޮންނާނީ ވެސްޓްމިންސްޓަރގައެވެ.

ގިނަ ބަޔަކު ރާނީގެ ސަންދޯއް ކައިރިއަށް ދިޔުމަށްފަހު ކުޑަވަގުތު ކޮޅަކު އެތަނުގައި މަޑުކުރުމަށްފަހު އިޙުތިރާމު އަދާކުރުމުގެ ގޮތުން ބޯތިރިކޮށްލައެވެ. ބައެއް މީހުން އެއަށްފަހު ލޮލުން ކަރުނަ ފޮހެލައެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ރާނީއަށް އިޙުތިރާމު އަދާކުރުމަށް ބޭނުންވަނީ ކިހާ އަދަދެއްގެ ބަޔެއްކަމެއް ނޭންގެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި 750،000 މީހުން ރާނީއަށް އެންމެ ފަހުގެ އިޙުތިރާމު އަދާކުރާނެއެވެ.

ރާނީއަށް އިޙުތިރާމު އަދާކުރުމަށް ކިޔުތަކުގައި ތިބި ބައެއް މީހުންނަކީ އެމީހުންގެ މުސްކުޅި މައިންބަފައިންގެ ފަރާތުން އެތަަނަށް ގޮސްފައިވާ މީހުންނެވެ. އަނެއްބަޔަކީ ތާރީޚީ އެ ވަގުތު ލޮލުން ދެކި ތަޖުރިބާކޮށްލުމަށް ތިބި މީހުންނެވެ. އަދި އަނެއްބަޔަކީ 1952 ވަނަ އަހަރުން ފެށިގެން އިނގިރޭސި ތަހުތުގައި އަވަހާރަވުމުގެ ދެ ދުވަސް ކުރިޔާ ހަމައަށްވެސް ރަސްމީ ބައްދަލުވުންތައް ބޭއްވެވި ރާނީ އެލިޒަބަތަށް ޝުކުރުވެރިވުމަށް ތިބި މީހުންނެވެ.

ކިޔުތައް ބެލެހެއްޓެމުގެ ކަންކަމުގައި 1000 ށް ވުރެ ގިނަ މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިނގިރޭސިވިލާތްރާނީ އެލިޒަބަތު 2

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
28 ޑިސެމްބަރު 2023

6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!

28 ޑިސެމްބަރު 2023
6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!
11 އޮކްޓޯބަރު 2023

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

11 އޮކްޓޯބަރު 2023
އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް
11 އޮކްޓޯބަރު 2023

އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި

11 އޮކްޓޯބަރު 2023
 އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު