Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒްގެ ޝަރީއަތް

ރިޔާޒަށް ދެވަނަ ފުރުސަތު ނުދޭން ޕީޖީ އޮފީހުން ނިންމައިފި

ރިޔާޒް އަށް ދެ ވަނަ ފުރުސަތު ނުދޭން ނިންމި ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 19 ޖޫން 2017 | ހޯމަ 15:35
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ކޯޓަށް ވަޑައިގަންނަވަނީ

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ކޯޓަށް ވަޑައިގަންނަވަނީ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަނބުރާ ނުގެންދަން ނިންމާ ރިޔާޒަށް ދެވަނަ ފުރުސަތު ނުދޭން ޕްރޮސިކިޔުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ނުގެންދިއުމަށާއި އަދި ޕީޖީ އޮފީހުން ދޭ ދެވަނަ ފުރުސަތު ރިޔާޒަށް ނުދޭން ނިންމާފައިވާކަން ރިޔާޒަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒަށް ދެވަނަ ފުރުސަތު ނުދޭން ޕީޖީ އޮފީހުން ނިންމި ވަކި ތާރީހެއް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީން ރިޔާޒަށް ގުޅުމުން އޭނާ ވިދާޅުވީ ދެވަނަ ފުރުސަތު ނުދޭން ޕީޖީ ނިންމާފައިވާކަން މީގެ ހަފްތާއެއް ކުރިން އޭނާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ދެވަނަ ފުރުސަތު ނުދޭން ނިންމި ވަކި ސަބަބެއް ޕީޖީ އޮފީހުން އަންގާފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒަށް ދެވަނަ ފުރުސަތުދީ މައްސަލަ އަނބުރާ ގެންދިއުމާ ބެހޭ ގޮތުން މީގެކުރިން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޔާޒަށް ދެވަނަ ފުރުސަތު ދިނުމާމެދު ގޮތެއް ނުނިމި ވަނީ ފުލުހުންގެ ފަރާތުން ލިބެންޖެހޭ މައުލޫމާތުތަކެއް ނުލިބިގެން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ ޚުލާސާ ބަޔާން އިއްވައި އެ މައްސަލައިގައި ބޭއްވި އެންމެ ފަހު އަޑުއެހުމެވެ. ދެން އޮންނަނީ މައްސަލައިގެ ޙުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

ޚުލާސާ ބަޔާން އިއްވުމަށް ފަހު ރިޔާޒްގެ ވަކީލް އަލީ ޒާހިރު ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުގައި އެދިފައި ވާނެ ކަމަށާއި އަދި އެ ފުރުސަތަށް އެދުނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް ރިޔާޒް އެދިފައިވާ ކަމުގެ ފޯމް ރިޔާޒްގެ ފަރާތުން ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ.

އެހެން ކަމުން ޕީޖީ އޮފީހުން ރިޔާޒަށް އިތުރު ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމަންދެން ޙުކުމް ކުރުން މަޑުޖައްސާލަން ރިޔާޒްގެ ވަކީލުން އެދިވަޑައިގަތެވެ.

ރިޔާޒް ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް އެދިފައި ވާތީ އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޙުކުމާ ހިސާބުގައި އޮންނަ މައްސަލަތަކުގައި އިތުރު ފުރުސަތަށް އެދިއްޖެ ނަމަ އިތުރު ފުރުސަތު ދިނުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިމެންދެން ޙުކުމް ކުރުން މަޑުޖައްސާލަން ދައުލަތުން ކޯޓުގައި އެދޭނެ ކަމަށާއި ނަމަވެސް ޙުކުމް ކުރުން މަޑުޖައްސާލަން ކޯޓުން ދެކޮޅު ހަދައިފި ނަމަ އެ މައްސަލައެއް ވަގުތީ ގޮތުން އަނބުރާ ގެންދާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ އިތުރު ފުރުސަތު ދޭނީ ވަކި ޝަރުތުތަކެއް ހަމަވާނަމަ ކަމަށާއި އަދި ޝަރުތު ހަމަވިޔަސް އެ ފުރުސަތު ދޭނީ ތުޙުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލާގައި ޚުލާސާ ބަޔާން އިއްވަމުން ރިޔާޒްގެ ޤާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ޖެހުމަށް ޝަރީއަތަށް ފޯނު ގެނެސް ފުރަތަމަ ރިޔާޒަށް ޕިން ކޯޑް ޖެހުނީ ނުބައިކޮށް ކަމަށެވެ. ނުބައި ޕިން ކޯޑެއް ޖެހުމުން ފޯނު 10 މިނެޓަށް ޑިސްއޭބަލްވިކަމަށް ވަކީލް ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވެފައި ވަނީ އައިފޯނެއް ޑިސްއޭބަލް ވާނީ ނުބައި ޕިން ކޯޑް ފަސް ފަހަރަށް ޖެހުމުންކަން އެނގޭ ކަމަށާއި އަދި ފަސް ފަހަރަށް ނުބައި ޕިން ކޯޑް ޖެހުމުން ފޯނު ޑިސްއޭބަލް ވާނީ އެއް މިނަޓަށް ކަމަށެވެ. އެހެންކަމުން ރިޔާޒުގެ ފޯނު ހުޅުވަން ވަރަށް ގިނަ ޕިން ކޯޑްތަކެއް ޖަހައިގެން، އެ ފޯނު ހުޅުވަން ފުލުހުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތް މެދުވެރިކޮށް ފުލުހުންނަށް ރިޔާޒް އޭނާގެ ފޯނުގެ ޕިން ކޯޑް ދީފައިވާ ކަމަށާއި އެހެންކަމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަންޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ރިޔާޒުގެ ފޯނު ބޭނުންކޮށްގެން ފުލުހުން ހިންގަން ބޭނުންވި ތަހުގީގު ވެސް މިހާރު ނިމިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޕިން ކޯޑް ނުދިނުމުގައި ރިޔާޒުގެ އެއްވެސް ގޯސް ނިޔަތެއް ނެތް ކަމަށެވެ. އެ ޕިން ކޯޑް ފުލުހުންނަށް ރިޔާޒު ނުދިނީ، ކޯޓު އަމުރުގައި އެކަމަށް ބުނެފައިނުވާތީ ކަމަށެވެ. އަދި އެކަމަށް ވަކި ކޯޓު އަމުރެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ބުނުމުން ކަމަށެވެ. ކޯޓު އަމުރު ތަންފީޒުކުރުމުގައި ހަނު ނުހުރެވޭނެ ކަމަށް ބުނުމުން ރިޔާޒުގެ ހަނދާނުގައި ހުރި ތިން ޕިން ކޯޑެއް އޭނާ ފުލުހުންނަށް ދީފައިވާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓު އަމުރުގައި ސީދާކޮށް ބުނެފައިވާ ކަމެއް ނޭނގޭ ކަމަށް ބުނެ އެކަމަށް ދެކޮޅު ހެދުމަކީ ވާޖިބަށް ހުރަސް އެޅުން ކަމަށެވެ. އަދި އެއްވެސް މަރުހަލާއެއްގައި ރިޔާޒު ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިނުވާ ކަމަށާއި އެހެންކަމުން ޕިން ކޯޑް ދިނުމަކީ ހަނު ހުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދިފާއުގައި ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ރިޔާޒުގެ ފޯނުގައި ޕިން ކޯޑް ނުޖެހީ އެ ނިޔަތް އޮވެގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެއީ، އެ އަމުރުގައި ޕިން ކޯޑް ދިނުމަށް ޖަހާފައި ނެތް ކަމާއި އެހެން އޮތް ނަމަވެސް ޕިން ކޯޑް ދޭންޖެހޭ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ދިފާއުގައި ބުނެފައިވާތީ ކަމަށެވެ.

ފޮރެންސިކް ރިޕޯޓްގައި ފޯނުގެ މޮޑެލް ނުބައިކޮށް ޖެހިފައިވާ މައްސަލާގައި ދައުލަތުގެ ވަކީލް ވިދާޅުވީ، އެއީ މުޅި ރިޕޯޓަށް އަސަރުކުރާނެ ކަމެއް ކަމުގައި ދައުލަތުން ނުދެކޭ ކަމަށެވެ. އެއީ އެ ފޯނުގެ މުއާމަލާތްތަކެއް ޝަރީއަތުގެ މަޖިލީހުގައި ވެސް ކުރެވިފައިވާ ކަމަށާއި އަދި ފޯނުގެ އައިއެމްއީއައި ނަންބަރު ފޮރެންސިކް ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީގައި އޮތީ އެއްގޮތަށް ކަމަށްވާތީ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއުގައި ހުށަހެޅި ފުލުހެއް ހެކި ބަސް ނުދިނުމަށް ނިންމުމުން އޭނާއަށް ހެކި ބަސް ދިނުން ލާޒިމްކޮށްގެން ހެކި ބަސް ނުނެގޭނެ ކަމަށް ދައުލަތުން ޤަބޫލު ކުރާ ކަމަށެވެ. އަދި ހެކި ބަސް ލާޒިމުކޮށްގެން ނެގުމަށް ޤާނޫނީ އަދި ޝަރުއީ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު