Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަރީއަތްތައް ހިނގާ ގޮތް

ރިހާކުރު ފުޅިއެއް ވަަގަށް ނެގި މީހާ 6 އަހަރަށް ޖަލަށް، ހަގީގަތަކީ ކޮބާ؟

ޝަރުޢީ ދާއިރާ އަށް އާއްމުންގެ ފާޑުކިޔުން އަދިވެސް ވަރަށް ބޮޑަށް އަމާޒުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2022 | ބުދަ 13:15
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ-

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ-

މި ޒަމާނުގައި ކޮންމެ މީހަކީ ވެސް ވަރަށް ހޭހަން ގައުމުގެ ކަންކަމަށް ލޯހުޅުވިފައިވާ މީހެކެވެ. ޝަރީއަތަކަސް ސިޔާސީ ކަމަކަސް ކޮންމެ ކަމެއްގައި ވެސް އާއްމުންގެ ތެރެއިން ކޮންމެ މީހަކީވެސް ގައުމުގައި އޭރު ހިނގާ ކަމަކަށް ބަސް ބުނާ، ފާޑުކިޔަން ފަރިތަ ބައެކެވެ. ޚާއްސަކޮށް ދިވެހިންނަކީ ޚިޔާލު ފާޅުކުރުމާއި ރައްޓެހި ކަންކަން ހައްލުކުރަން ވާހަކަދައްކާ ބައެކެވެ. އޭގެ އެންމެ ރަނގަޅު މިސާލެއް ފެންނަނީ ކްލަބް ހައުސް ފަދަ އެކި ސޯޝަލް މީޑިއާގައި ހިނގާ ރައްޔިތުންގެ ސައްލާތަކުންނެވެ.

މިހެން ފާޑުކިޔާ، ބަސްބުނެ އުޅޭ މައުޟޫޢުތަކުގެ ތެރޭގައި އެންމެ އާއްމު މައުޟޫއަކަށް ހަމަގައިމުވެސް "އަދުލު އިންސާފު"ގެ ވާހަކަ ހިމެނޭނެއެވެ. ޚާއްސަކޮށް އަދުލު އިންސާފުގެ ނުކިއްސަރުކަމުގެ ވާހަކަދައްކަން އާއްމުކޮށް މިހާރު ދައްކާ މިސާލެއް އޮވެއެވެ. އެއީ ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހަކު 6 އަހަރަށް ޖަލަށްލީ ކަމުގެ ވާހަކައެވެ. މިއީ އެންމެ ގިނައިން ނުސީދާކޮށް ހިނގާ އަދުލު އިންސާފުގެ މިސާލު ޖެހުމަށް، ނޫނީ އަދުލު އިންސާފު ކިރާލުމަށް ދައްކާ އުޅޭ އެއް މިސާލެވެ.

މި ވާހަކަދެއްކުމުގެ ކުރިން މި މިސާލުގެ ފަހަތުގައިވާ ހަގީގަތަށް ވެސް ބަލާލާނަމެވެ. ކަން ހިނގައި ދިޔަ ގޮތަކީ 2016 ވަނަ އަހަރު ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ރިހާކުރު ފުޅި ވަގަށް ނެގި މީހަކު ހަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީއެވެ. އާއްމުން ކެނޑިނޭޅި ކުރާ ސުވާލަކީ ރިހާކުރު ފުޅިއެއް ނެގި މީހާ ޖަލަށް ލެވޭ އިރު ދީނަށް ހަޖޫޖަހާ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީ ކީއްވެތޯ ކުރާ ސުވާލެވެ. އަދި ދީނުގައި ކަނޑައަޅާފައިވާ ހުކުމްތައް ނުކުރަނީ ކީއްވެތޯ ކުރާ ސުވާލެވެ. އޭރުން ފެށިގެން މިހާ ހިސާބަށް އައި އިރު ވެސް "ރިހާކުރު" ފުޅިއެއް ވަގަށް ނެގި މީހާ ޖަލަށް ލާފައި މީހުން މެރުމާއި، ގޭން މާރާމާރީ އާއި ބޮޑެތި ކޮރަޕްޝަނާއި މި ނޫނަސް ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުންގެ ފަސްބައިގައި ނުހިފެނީ ކީއްވެތޯ އެތައް ބަޔަކު ސުވާލު އުފައްދައެވެ. މިއީ އިންސާފުތޯ އެތައް ބަޔަކު ސުވާލު އުފައްދައެވެ. އެއް ބަޔަކު ސިފަކުރާ ގޮތުން މިއީ އަދުލު އިންސާފުގެ ނިޒާމަށް ކުރާ މަލާމާތެކެވެ.

ކޮންމެ އަކަސް މި ސުވާލު އާއްމުންގެ ދޫމަތިން ގޮސް ރައްޔިތުންގެ މަޖިލީހާއި ހަމައަށް ފޯރާ، އެ ސުވާލު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި ވެސް ކުރެވުނެވެ. ޕީޖީގެ ޖަވާބު ނިކަން ކުރުވެފައި ފޮންޏެވެ.

ރިހާކުރު ފުޅި ވަގަށް ނެގި މީހާ ޖަލަށްލީ އެއް ދުވަހު ރިހާކުރު ފުޅިއެއް ވަގަށް ނަގައިގެން ނޫންކަމެވެ. އަދި އެކަހަލަ އެހެން މައްސަލަތަކުގައި ވެސް ކަންހިނގަނީ ހަމަ މި މޭރުމުންނެވެ. ދަންނަވަން މި އުޅޭ ވާހަކަ އަކީ މިފަދަ ކޮންމެ ވާހަކައެއްގެ ފަހަތުގައި ވާ ހަގީގަތް ހޯދާ ބަލާ ބަޔަކަށް، ފެންނާނެ ކިތަންމެ އެހެން މަންޒަރެއް ހުރިކަމުގެ ވާހަކައެވެ. ޕީޖީ ވިދާޅުވާ ގޮތުން އެފަދަ މައްސަލަތަކުގައި ގިނަ ދުވަހަށް ޖަލަށް ލަނީ އެކަންކަން ތަކުރާރުވުމުގެ ސަބަބުންނެވެ.

ތެދެކެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާ ޖަލަށް ލެވެންޏާ ދައުލަތުން ވައްކަން ކުރާ މީހުން އަމުދުން ތިބެންވާނީ ޖަލުގައެވެ. އަދި އަމުދުން ޖިނާއީ ބޮޑެތި ކުށް ކުރާ މީހުން ހިފެހެއްޓުމެއް ނެތި ދޫވެފައި ތިބެގެން ވެސް ނުވާނެއެވެ. އެކަމަކު އަދުލު އިންސާފަކީ ގާނޫނެއްގެ ތަރަހައިގެ ތެރޭގައި ހިނގާ ކަންކަމެވެ. އެއީ ޕީޖީ ނުވަތަ ބަންޑާރަ ނައިބު ނުވަތަ ފަނޑިޔާރުންގެ ހިތަށް އަރާހާ ގޮތަކަށް ހިނގާ ކަމެއް ނޫނެވެ. އަދި އެ ބޭފުޅުން ރުހޭހާ ގޮތަކަށް ވެސް ކުރެވޭ ކަމެއް ނޫނެވެ.

އެހެންވީމަ ރިހާކުރު ފުޅި ވަގަށް ނެގި މީހާއަށް ހުކުމް ކުރެވިފައި ބޮޑެތި ކުށްތައް ކުރި މީހުންނަށް ހުކުން ނުކުރެވުމަކީ ހަމައެކަނި ޕީޖީ އާއި ފަނޑިޔާރުން އަދި އޭޖީއަށް ފާޑުކިޔާފައި ނިންމާލެވެން އޮތް ކަމެއް ނޫނެވެ. އަދި ފުލުހުންނަށް ފާޑުކިޔާފައި ފަރުޖައްސާލެވެން އޮތް ކަމެއް ވެސް ނޫނެވެ. ކަން މިހާރު ހިނގާ ގޮތަށް ބަލާނަމަ، ބޮޑެތި މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައި އޮތް އަދަބު ދިނުން ކަމުގައި ވީނަމަވެސް އެހެން މައްސަލަތައް ހައްލު ކުރުން ކަމުގައި ވީނަމަވެސް ކުށެއްގެ އަދަބު ދެވޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށެވެ. މިއީ ތަކުރާރުކޮށް ކަމާއި ބެހޭ އިދާރާތަކުން ދައްކާ ވާހަކައެވެ. އަދި މިފަދަ ކަންކަމަކީ ފުށްޓަކިއެއް ޖަހާލާހާ ފަސޭހައިން ހައްލުކުރެވޭ ވަރަށް ވުރެ ފަންނީ، ހައްސާސް މަސައްކަތަކަށް ވަނީ ވެފައެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އިސްލާމީ ޝަރީއަތަށް ޤާނޫނުތައް އެއްގޮތްކުރުމެވެ. އަދަބު ނުދެވުމުގެ ވާހަކަ ދެއްކެން އޮތީ އެއަށް ފަހުގައި ނޫންތޯއެވެ؟

ކްރިމިނަލް ކޯޓްހުސައިން ޝަމީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު