Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ގޭގެ ވެރިފަރާތުގެ ނަމުގައި ސައްޙަ ނޫން އެއްބަސްވުމެއް ހެދި މީހަކަށް ބައިލައްކަ ރުފިޔާއާ ގާތްކުރާ އަދަދެއްގެ ޖޫރިމަނާއެއް

14 ސެޕްޓެމްބަރު 2022 | ބުދަ 09:41

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އަލީ ނަދީމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ސެޕްޓެމްބަރު 2022 | ބުދަ 09:41
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ގޭގެ ވެރިފަރާތުގެ ނަމުގައި ސައްޙަ ނޫން އެއްބަސްވުމެއް ހެދި މީހަކަށް ބައިލައްކަ ރުފިޔާއާ ގާތްކުރާ އަދަދެއްގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުށައަޅާފައިވަނީ އެނގިހުރެ ސައްޙަ ނޫން ލިއުމެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުވާލިބޭ ފަރާތުން ވަނީ ހެންވޭރު ގެއެއްގެ 3 ކޮޓަރީގެ އެޕާޓްމަންޓެއް އޭނާއަށް 12 އަހަރަށް ކުއްޔަށް ދީފައިވާކަން ދެއްކުމުގެ ގޮތުން އެޕާޓްމަންޓުގެ ވެރިފަރާތުގެ ނަމުގައި ސައްޙަނޫން އެއްބަސްވުމެއް އެކުލަވާލާފައެވެ.

Advertisement - newsAdvertisement

އެކަމަށްޓަކައި ދެ ހެކިވެރިއެއްގެ ނަން އެއްބަސްވުމުގައި ހިމަނައި، އެމީހުންގެ ނަމުގައި އޭނާ ވަނީ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް އޭނާ ހާޒިރުވެފައި ނުވާތީ ޝަރީއަތުގެ މަރުޙަލާ ފެށުނުކަން އިއުލާނުކޮށް، އިފްތިތާޙީ ބަޔާން އިއްވުމަށް ދެފަރާތަށް ވަނީ ފުރުސަތު ދީފައެވެ.

މި މައްސަލައިގެ އިފްތިތާޙީީ ބަޔާން އިއްވުމަށް ފުރުސަތު ދިނުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވާން ބޭނުންވާކަން ފާހަގަކޮށްފައެވެ. އެގޮތުން ދައުވާއަށް އިއުތިރާފުވަނީ އެއްވެސް މީހެއްގެ ނުފޫޒެއް އަދި މަޖުބޫރު ކުރުވުމެއް ނެތިކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ ދައުވާއަށް އިއުތިރާފުވެ، ކަން ހިނގާފައިވާ ގޮތް ޝަރީއަތުގައި ކިޔާދީފައިވާނީ އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. ވުމާއެކު، ދައުލަތުން ހުށައަޅާފައިވާ ހެކިން އިތުރަށް ހާޒިރުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުޙަލާގައި އޭނާ އިއުތިރާފުވެފައިވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައެވެ.

އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުގެ ތެރެއިން 6 މަސް ދުވަހުގެ ޖަލު އަދަބު ވަނީ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި 48،108 ރުފިޔާ 13 ސެެޕްޓެމްބަރުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ގާޒީ ވަނީ ޙުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އަލީ ނަދީމެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް