Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

މި ސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގެ ފެންވަރު އާސެނަލްގައި އެބަހުރި: ވެންގާ

ވެންގާ ބުނީ އާސެނަލަށް ލީގު ތައްޓަށް ވާދަކޮށް، ލީގު ކާމިޔާބު ނުކުރެވޭނޭ ނުބުނެވޭނެކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2022 | ބުދަ 07:41
އާސެނަލްގެ ކުރީގެ ކޯޗު ވެންގާ

އާސެނަލްގެ ކުރީގެ ކޯޗު ވެންގާ

މި ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގެ ފެންވަރު އާސެނަލްގައި އެބަ ހުރި ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައި ވެންގާ ބުނީ މި ސީޒަންގައި އާސެނަލަށް އެ މީހުންގެ ޓާގެޓަށް ވާސިލްވެވިދާނެ ކަމަށެވެ. އަދި ލީގު ހޯދުމަށް މެންޗެސްޓަރ ސިޓީއަށް ވެސް ވަރުގަދަ ޗެލެންޖެއް ދެވޭނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ވެންގާ ބުނީ އާސެނަލް މިހާރު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށާއި، ޓީމުގައި ދަށް ލެވެލްގެ އެއްވެސް މަގާމެއް އޮތް ތަން އޭނާ އަށް ނުފެންނަ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި އާސެނަލުން ގެނައި ޒުވާން ހުނަރުވެރި، އުންމީދީ ކުޅުންތެރިންނާއެކު އެ ޓީމު އޮތީ ވަރުގަދަކޮށެވެ.

އާސެނަލަށް 22 އަހަރު ވަންދެން އިރުޝާދު ދިން ކޯޗު ބުނީ، މި ސީޒަންގެ ލީގުގައި ޑޮމިނޭޓްކޮށްގެން ކުޅޭ ޓީމެއް އަދި ނެތް ކަމަށާއި، އާސެނަލްގައި އޮތް ފެންވަރަށް ބަލާނަމަ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. މީގެ އިތުރުން ވެންގާ ބުނީ އާސެނަލުން ގަދަ ހަތަރެއްގައި ހިފެހެއްޓޭ ކަމަށާއި، އެހެންކަމުން އެކަން ކާމިޔާބު ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. ވެންގާ ބުނީ އާސެނަލަށް ލީގު ތައްޓަށް ވާދަކޮށް، ލީގު ކާމިޔާބު ނުކުރެވޭނޭ ނުބުނެވޭނެކަމަށެވެ.

އައު ސީޒަނަށް ހޯދި ކުޅުންތެރިންނާއެކު އާސެނަލް އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އާސެނަލް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ހަ މެޗުން ޖުމުލަ 15 ޕޮއިންޓާއެކު އާސެނަލް އޮތީ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް ޗެމްޕިއަން ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ލިބެނީ 14 ޕޮއިންޓެވެ. ސިޓީން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ހަތަރު ވަނަ މަގާމުގައި 13 ޕޮއިންޓާއެކު ބްރައިޓަން އޮތް އިރު، 12 ޕޮއިންޓާއެކު ފަސް ވަނަ މަގާމުގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

ޕްރިމިއަރ ލީގުއާސެން ވެންގާއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު