Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓު

12 އަހަރު ކުރީގެ މަައްސަލައެއްގައި ޖަލު ޙުކުމުގެ ބަދަލުގައި ޖޫރިމަނާއެއް ދައްކަން ޙުކުމްކޮށްފި

މިއީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިނގި ޙާދިސާއަކާއި ގުޅޭ މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 08:31
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މީގެ 12 އަހަރު ކުރީގެ މަައްސަލައެއްގައި ޖަލު ޙުކުމުގެ ބަދަލުގައި ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މިއީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިނގި ޙާދިސާއަކާއި ގުޅޭ މައްސަލައެކެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ދައުވާލިބޭ 2 މީހުންނާއި އިތުރު ބަޔަކުވެގެން ހދ. މަކުނުދޫއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ ލޯންޗުގެ ކެޕްޓަންއާއި ފަޅުވެރިންނަށް ބިރު ދައްކައިގެން އެ ލޯންޗު ހދ. ވައިކަރަމުރައިދުއަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭރު މި ދައުވާ ކޮށްފައިވަނީ އޭރު އަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެމީހުންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ.

އެ ޤާނޫނު އުވި 2015 ވަނަ އަހަރު ތަސްދީޤުކޮށް އަމަލުކުރަން ފަށާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގައި މި ދައުވާގައި ހިމެނޭ ކުށް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 140 ވަނަ މާއްދާގައި އެ ކުށް ބަޔާންކޮށްފައިވާކަން ދައުލަތުން ފާހަގަ ކުރެއެވެ. އެއީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ. ވުމާއެކު، މި މައްސަލައިގައި އަދަބު ކަނޑައެޅޭނީވެސް އެ މާއްދާގެ ދަށުންކަން ދައުލަތުން ފާހަގަ ކުރެއެވެ.

މި މައްސަލައިގެ ދައުވާއަށް އެމީހުން ވަނީ އިއުތިރާފުވެފައެވެ. އެގޮތުން ދައުވާ ސާފުވެފައިވާ ކަމަށާއި، އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޙްތިޔާރުގައި ދައުވާއަށް އިއުތިރާފުވާކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ވުމާއެކު، މި މައްސަލައިގައި ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

އަވަސްނިޔާގެ އަޑުއެހުމުގައިވެސް ދައުވާލިބޭ ފަރާތްތަކުން ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. ވުމާއެކު، މައްސަލަ ބެއްލެވި ގާޒީ ވަނީ އެއީ ސައްޙަ އިއުތިރާފެއްކަމަށް ނިންމަވާފައެވެ.

އެމީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޝަރީއަތުން ފާހަގަކުރާ ގޮތުގައި ކުށުގެ ރެކޯޑަށް ބަލާއިރު އެމީހުންގެ މައްޗަށް އަދަބު ބޮޑުވާނެ ޙާލަތެއް ނެތެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަދަބު ބޮޑުވާ ޙާލަތްތަކާއި، އަދަބު ދަށްވާ ޙާލަތްތަކަށް ރިއާޔަތްކުރާއިރު، ދައުވާލިބޭ އެކެއްގެ މައްޗަށް އަންނަނީ 2 މަހާއި 3 ދުވަހުގެ ޖަލު ޙުކުމެކެވެ. ދެވަނަ މީހާއަށް އަންނަނީ 1 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.

އެދެމީހުންގެ ފަރާތުން ވަނީ އަދަބު ވީހާވެސް ލުއިކޮށްދިނުމަށް އެދިފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވާ ގޮތުގައި އެފަދަ ކުށްތަކުގައި ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަށާއި، ދައުވާލިބޭ ފަރާތްތައް ކުށުގެ ވެށިން ދުރުވުމަށް ބާރުއެޅޭ މިންވަރަށް ބަލާއިރު ޖަލު އަދަބު ކަނޑައެޅުމަށްވުރެ އެ ނޫން އަދަބެއް ކަނޑައެޅުމުގެ މަސްލަޙަތު ބޮޑެވެ.

އަދަބު ކަނޑައަޅާއިރު ކުށްވެރިޔާ ޖަލަށް ލުމުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައެޅުމުގެ އިޙްތިޔާރު ޤާނޫނުލްއުޤޫބާތުގެ 1004 ވަނަ މާއްދާއާއި، 1002 ވަނަ މާއްދާއިން ފަނޑިޔާރަށް ލިއްބައިދީފައިވެއެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ އިޙްތިޔާރުގެ ބޭނުން ހިއްޕަވައި، އެ މީހުންގެ ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލުކޮށްދެއްވާފައެވެ. އެގޮތުގެ މަތިން ޖޫރިމަނާގެ ގޮތުގައި އެކަކު ދައްކަން ޖެހުނީ 12،600ރ. އެވެ. ދެވަނަ މީހާއަށް ޖެހުނީ 9،600ރ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ޓެރަރިޒަމްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު