Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކައުންސިލްތަކާއެކު ރައީސް އިށީންނެވުން: ކައުންސިލްތަކަށް ލިބުނު އިތުރު ބާރެއް

12 ސެޕްޓެމްބަރު 2022 | ހޯމަ 10:40

އިށީންނެވީ ކެބިނެޓް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާވެސްއެކު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ސެޕްޓެމްބަރު 2022 | ހޯމަ 10:40
"ވިއަވަތި ރާއްޖެ” ކޮންފަރެންސް ގެ ތެރެއިން

"ވިއަވަތި ރާއްޖެ” ކޮންފަރެންސް ގެ ތެރެއިން

ކުރިން ތިބެނީ އަތޮޅުވެރީންނެވެ. 70 ގެ އަހަރު ތަކުގައި އެއަތޮޅަކުން އިންތިޚާބު ކުރާ ބަޔަކު ތިބިނަމަވެސް އޭގެ ފަހުން ތިއްބެވީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބައެކެވެ. އެންމެ ފަހުން ބޭއްވި އަތޮޅުވެރިންގެ ބައްދަލުވުމެއް ބޭއްވީ މުހައްމަދު ވަހީދުއްދީންގެ އެޓޮލްސް މިނިސްޓަރ ކަމުގައެވެ.  އޭރުވެސް ތިއްބެވީ އައްޔަން ކުރައްވާ އަތޮޅުވެރިން ކަމުން އެވެރިންގެ މައްޗަށް ސަރުކާރުގެ ނުފޫޒާއި ބާރު ފޯރުވެން އޮވެއެވެ.

ލާމަރުކަޒީ ނިޒާމަށް ބަދަލުވެ މިއަދާހަމައަށް އައިއިރު ރަށް ހިންގާނެ ވެރިންނާއި އަތޮޅު ހިންގާނެ ވެރިން އެތަނެއްގެ މީހުންގެ ބާރުގައި ނެގޭގޮތްވިއެވެ. ރަށާއި އަތޮޅު ހިންގުމުގައި ރަށުގެ ރައްޔިތުންގެބަސް ވިކޭނެ މަގެއް ފެނުނެވެ. ނަމަވެސް އެހަޤީގީ ބާރުވެރިކަން މީގެކުރިން އޮތީ ނަމެއްގައެވެ. ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުގައިވަނީ ކައުންސިލްތަކަށް ލިބިދީފައިވާ ގިނަ ބާރުތައް އަތުލާފައެވެ. އޭރު ބޮޑަށް އަޑުއިވެނީ ސަސްޕެންޑް ކުރުމާއި ފިޔަވަޅު އެޅުމުގެ ވާހަކަތަކެވެ. އޭރު ބާރު ދީފައި އޮތީ ނަމެއްގައެވެ. ހަޤީޤީ ބާރުތައް އޮތީސަރުކާރުގެ މުށުތެރެއަށް ނަގާފައެވެ. ސަރުކާރާ އިދިކީލި އެއްވެސް ކަމެއް ކުރިއަސް އަދި އެފަދަޚިޔާލެއް ފާޅުކުރިއަސް އޭރު އޮންނަނީ ކައުންސިލްތައް ގޭގައި ތިބެން ޖެހިފައެވެ. މިއީކީ ތޯތޯ ވާހަކައެއް ނޫނެވެ. އިއްޔެ މެންދުރުހެން ފެންނަންހުރި ހަޤީގަތެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ މިސަރުކާރުން އަނެއްކާވެސް އެވަނީ ތައްމިނަށް އެބާރުތައް ކައުންސިލްތަކަށް ދޫކޮށްލާފައެވެ. އަންހެންނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިނާޔަތެއް ދީ އެމީހުންނަށްވެސް ބާރުތަކެއް މަތިކޮށްދީފައެވެ. އިޤްތިސާދީގޮތުން ރަށާއި އަތޮޅަށް ފުދުންތެރިކަން ހޯދޭނެ މަގު ޤާނޫނަކުން ތަނަވަސްކޮށްދީ އެބާރުވެސް ކައުންސިލްތަކަށް ދޫކޮށްލައްވާފައެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަކީ ޕާޓީތަކުން އިންތިޚާބުވި ބައެކެވެ. ޕާޓީތަކުގެ ނަމުގައި އެޕާޓީތަކުގެ ވިސްނުމާއި ސިޔާސަތުތައް ވިއްކައިގެން އިންތިޚާބުވިބައެކެވެ. އެހެންކަމުން ކައުންސިލަރުންނަކީ ނުހަނު ސިޔާސީވެސް ބައެއް މެއެވެ. އެމީހުންގެ ސިޔާސީ ކުރިމަގަށް ވިސްނަވާ އަދި ސިޔާސީ ބާރުވެރިކަމުގައި ދެމިތިބެވޭނޭ ބީދައިން މަސައްކަތްވެސް ކުރެވޭނެ އަދި މަސައްކަތްކުރާ ބައެކެވެ.

ކަން މިހެން އޮތްއިރު އެކައުންސިލަރުންނާއެކު އެއްމޭޒެއްގެ ދޮށުގައި  ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިށީނދެވަޑައިގެންނެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ނުހަނު ބޮޑު ބާރަކާއި މިނިވަންކަމެއް ލިބިދިންކަމެކެވެ. ފާއިތުވި ދެދުވަހު ކުރިއަށްދިޔަ "ވިއަވަތި" ބައްދަލުވުމުގައި ބައިވެރިވި 270 އެއްހާ ކައުންސިލަރުންނާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެވަނީ ވަރަށް ކެރިވަޑައިގެން އިށީންނަވާފައެވެ. މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކު މީގެ ކުރިން ކުރައްވާފައިވާ ކަމެއް ނޫނެވެ. އެމަނިކުފާނު އެކައުންސިލަރުންނާއެކު އިށީންނެވީ އެމަނިކުފާނުގެ ކެބިނެޓް ވަޒީރުންނާވެސް އެކުގައެވެ. ސަރުކާރުގެ ކުންފުނިތަކުގެ އެންމެ އިސްބޭފުޅުންނާވެސް އެކުގައެވެ. ނަތީޖާއަކީ ކޮބައިތޯއެވެ. ކައުންސިލަރުންގެ ޝަކުވާތައް ހިފެހެއްޓުމެއްނެތި ސީދާ ރައީސަށް ދެންނެވޭނޭ މަގު ފަހިވުމެވެ. ނުކުރެވި ހުރި ކަންކަމާއި ކަންބޮޑުވުންތަކުގެ ވާހަކަތައް ރައީސަށް އޮއްސަވާލެއްވުމެވެ. ކުންފުނިތަކުގެ މަސައްކަތްތަކުގެ ކަންކަމާއި ސްޕީޑްގެ ވާހަކަ ރަނގަޅަށް ބުނެދެވުމެވެ. މިއީ އާދައިގެ ކުޑަ ފުރުސަތެއް ނޫނެވެ. އަމުދުން އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ގޮތުގައިވެސް ތިއްބެވި ކައުންސިލަރުންނަށްވެސް ހިތުހުރި ވާހަކައެއް ބުނެލެވޭނޭ ގޮތެއްވީއެވެ. އެވާހަކަތަކަށް ބާރުދޭން އެފަދަ އަނެއް ކައުންސިލަރުގެ އެހީތެރިކަމާވެސް އެކުގައެވެ. ބައިވެރިވާން ބޭނުން ނޫން ކައުންސިލަރަކު ބައިވެރިނުވުމުގެ އިޚްތިޔާރާވެސް އޮތީ ލިބިދީފައެވެ. އެމީހުންގެ ސިޔާސީ ވިސްނުން ކުރިއަށް ނެރެގެންނެވެ. މިސާލަކަށް ބައެއް ކައުންސިލަރުން އެބައްދަލުވުން ކުރިއަށްދިޔައިރު އުޅުއްވީ ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ މުއިއްޒުއާއެކު ކުޅިވަރު މުބާރާތެއްގެ ކަންތައްތަކެއްގެ ތެރޭގައެވެ. ދަންނަވަން މިއުޅެނީ ކައުންސިލަރުންނަށް އެހާވެސް ބާރާއި އިޚްތިޔާރު އެބައޮތްކަމެވެ. މިނިވަންކަން އެބައޮތްކަމެވެ.

ކޮންމެއަކަސް ކެރިވަޑައިގެން ރައީސް އިށީދެވަޑައިގެންނެވި އިށީދެވަޑައިގަތުމަކީ  ކައުންސިލަރުންނަށް ލިބުނު ބޮޑު އަނެއް ބާރެވެ. އެކައުންސިލަރެއްގެ ދާއިރާގެ ކުރިއެރުމަށާއި އެކުރިއެރުން ގެނެސްދީގެން ސިޔާސީ ބާރުވެރިކަން ހޯދުމަށް އެވެރިންނަށް ލިބުނު އިތުރު ބާރެކެވެ. ފަހިވި މަގެކެވެ. ރައީސްގެ އިސްނެންގެވުމުގެ ނަތީޖާ ހަމަ ރަނގަޅެވެ. ހާމަވެގެން ދިޔައީ ބާރުތައް ދޫކޮށްލައްވާނެކަމަށް ވިދާޅުވި ވިދާޅުވުމުގެ ތެދުކަމާއި މިނިވަން ބައެއްގެ ގޮތުގައި ކައުންސިލަރުންނަށް ތިއްބެވޭނެ މަގު ފަހިކޮށްދެއްވާނޭކަމަށް ރައީސް ވިދާޅުވިވިދާޅުވުމަކީ ހަޤީގަތެއްކަމެވެ. ރަނުން ރަނަށް އެވައުދު ފުއްދަވައިފިކަމެވެ.  

ރައީސް ސާލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
11 ސެޕްޓެމްބަރު 2023

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!
11 ސެޕްޓެމްބަރު 2023

އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު
11 ސެޕްޓެމްބަރު 2023

ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު
01 ސެޕްޓެމްބަރު 2023

އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ

01 ސެޕްޓެމްބަރު 2023
އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ
01 ސެޕްޓެމްބަރު 2023

ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް

01 ސެޕްޓެމްބަރު 2023
ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް
28 އޯގަސްޓު 2023

އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް

28 އޯގަސްޓު 2023
އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް