Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޗައިނާގެ މޯސްޓް ބިއުޓިފުލް ޓީޗަރު

ޗައިނާގައި ހުރި އެންމެ "ލޯބި" ޓީޗަރަށް ދަރިވަރުން ކިޔަނީ ބައްޕަ، ސަބަބެއް ނެތިއެއްވެސް ނޫން!

ދަރިވަރުންނާ އެހާ ގާތް ގުޅުމެއް ބަދަހި ކުރެވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ، ކޮންމެ ދުވަހަކުވެސް އެ ދަރިވަރުންނާ ބައްދަލުކޮށް، ސްކޫލަށް މަރުޙަބާ ކިއާ ކިއުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 06:02
ގުއާންއަކީ، އޭނާއާ އެކުގައި މަސައްކަތް ކުރާ އެހެން ޓީޗަރުންގެ ތަކުލީފުތަކަށް ތަސައްލީ ހޯދާ ދިނުމުގައިވެސް ނަމޫނާ ބައިވެރިއެއް

ގުއާންއަކީ، އޭނާއާ އެކުގައި މަސައްކަތް ކުރާ އެހެން ޓީޗަރުންގެ ތަކުލީފުތަކަށް ތަސައްލީ ހޯދާ ދިނުމުގައިވެސް ނަމޫނާ ބައިވެރިއެއް

ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގެ އިރުމަތީ ސިޓީއެއް ކަމަށް ގިންގްޑާއޯގެ ކިންޑަގަރޓެންއަށް ކިޔަވާދޭ ގުއާން ޔަންވޭއަކީ މި ހިނގާ 2022 ވަނަ އަހަރު ޗައިނާގައި ހުރި އެންމެ ކާމިޔާބު ޓީޗަރެވެ. ގުއާން ވަނީ ޗައިނާގައި ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ހޮވާ "މޯސްޓް ބިއުޓިފުލް ޓީޗަރ" ލަޤަބުގެ މިއަހަރުގެ ޓައިޓަލް ކަށަވަރު ކޮށްފައެވެ.

2002 ވަނަ އަހަރު ގުއާން ދަސްވެނިވީ އާދައިގެ ސްކޫލަކުންނެވެ. ޕްރައިމަރީ ޓީޗަރެއްގެގޮތުގައި 6 އަހަރު ދުވަހު ޚިދުމަތް ކުރުމަށްފަހު ޖިމިޔާ ސެންޓްރަލް ކިންޑަގަރޓެންއަށް އޭނާ ބަދަލު ކުރިއެވެ. އެއީ ގިންގްޑާއޯ ސަރަހައްދުގައި ހިންގާ އެފަދަ އެންމެ ކުޑަ ސްކޫލެވެ.

ގުއާން އަކީ އެ ސްކޫލާ ގުޅުނު އެފަދަ ފުރަތަމަ ފިރިހެން ޓީޗަރެވެ. ކިންޑަގަރޓެން ނުވަތަ އެލްކޭޖީ-ޔޫކޭޖީ ދަރިވަރުންނަށް ތައުލީމު ދިނުމުގެ މައިދާނުގައި މުޅިންހެންވެސް ފެންނަނީ އަންހެން ޓީޗަރުން ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. އެފަދަ ބޮޑު ޗެލެންޖަކާ ގުއާން ކުރިމަތިލީ ވަރުގަދަ ޢަޒުމަކާވެސް އެކުގައެވެ. ގުއާން ވަނީ އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ރޮނގުން ގިނަ މައުލޫމާތުތަކެއް އެއްކޮށްފައެވެ. އަދި ބަފައެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ތަޖުރިބާތަކުގެ ބޭނުން، ކުލާސް ދަރިވަރުން ގެންގުޅުމުގައިވެސް ގުއާން ހިފައެވެ.

މިއަދު އެ ސްކޫލްގެ ދަރިވަރުން ގުއާންއާ މުޚާޠަބު ކުރަނީ "ޕްރިންސިޕަލް ބައްޕަ"ގެ ނަމުންނެވެ. ގުއާން ބުނި ގޮތުގައި، އޭނާގެ ދަރިވަރުންނާ އެހާ ގާތް ގުޅުމެއް ބަދަހި ކުރެވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސިއްރަކީ، ކޮންމެ ދުވަހަކުވެސް އެ ދަރިވަރުންނާ ބައްދަލުކޮށް، ސްކޫލަށް މަރުޙަބާ ކިއާ ކިއުން ކަމަށެވެ.

ގުއާންއަކީ ތަޢުލީމީ މައިދާނަކީ ރައްކާތެރި އަދި ސަލާމަތްތެރިކަން ކަށަވަރު ކުރެވޭ މާޙައުލަކަށް ހެދުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭ ޓީޗަރެކެވެ. އެކަން ކަށަވަރު ކުރުމަށް އޭނާ ވަނީ ރައްކާތެރި އަދި ސަލާމަތްތެރި ވެއްޓެއްގައި އިލްމު ފޯރުކޮށްދިނުމާ ބެހޭ ތަމްރީނު ސެޝަންތަކުގައި ބައިވެރިވެފައެވެ. އަދި އެ ސެޝަންތަކުން އޭނާއަށް ދަސްވި އެއްޗެއް، އެހެން ޓީޗަރުންނަށް ބުނެދެއެވެ. އޭގެ އިތުރުން، ބިންހެލުންތަކާއި އަލިފާނުގެ ހާދިޘާތަކުގައި ކަން ކުރާނެ ގޮތް ދަސްކޮށްދިނުމަށް، އެކި ކަހަލަ ކުޅިވަރުތައް އިންތިޒާމް ކުރުމުގައި ގުއާންގެ މަސައްކަތަށް ތަޢުރީފު ޙައްޤެވެ.

ސްކޫލްގެ ލޮޖިސްޓިކްސް ކަންކަން ބެލެހެއްޓުމުގެ އެންމެ ކުރީގައިވެސް ހުރީ ގުއާންއެވެ. މަސައްކަތަށް އޮންނަ ހާއްސަ ލޯތްބެއްގެ ސަބަބުން، ގުއާންއަކީ، އޭނާއާ އެކުގައި މަސައްކަތް ކުރާ އެހެން ޓީޗަރުންގެ ތަކުލީފުތަކަށް ތަސައްލީ ހޯދާ ދިނުމުގައިވެސް ނަމޫނާ ބައިވެރިއެކެވެ.

މި ހުރިހާ ޚިދުމަތަކާއެކު ގުއާން މި އަހަރު ކަށަވަރު ކުރި، އަހަރުގެ އެންމެ "ލޯބި" ޓީޗަރުގެ އެވޯޑަކީ، ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ މަރުކަޒީ ކޮމިޓީގެ ޕަބްލިސިޓީ ޑިޕަރޓްމަންޓްއާއި އެ ޤައުމުގެ ތައުލީމާ ބެހޭ ވުޒާރާއިން ދޭ އެވޯޑެކެވެ.

ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްމޯސްޓް ބިއުޓިފުލް ޓީޗަރގުއާން ޔަންވޭ؛ ޗައިނާގެ ޓީޗަރެއް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި

03 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު