Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕްލާސްޓިކްގެ ބާވަތްތައް މަދުކުރުން

ޕްލާސްޓިކާ ދުރަށް، ނަމަވެސް ވެވެނީ ގާތް

މި ގާނޫނަށް ގިނަ ފަރާތްތަކުން އަމަލެއްނުކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 11:02
ޕްލާސްޓިކާނުލައި ރާއްޖެ

ޕްލާސްޓިކާނުލައި ރާއްޖެ

ޕްލާސްޓިކުގެ މައްސަލައަކީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ މައްސަލައެކެވެ. މިއަދު މުޅި ދުނިޔެ މިވަނީ ޕްލާސްޓިކުން ތަޣައްޔަރުވެފައެވެ. ދުނިޔޭގެ އެކި ގައުމުތަކުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖެއިންވެސް ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމާޒު ހިފާފައެވެ. މިގޮތުން އެކި މަރުހަލާތަކަށް ބަހާލައިގެން، މި މަސައްކަތް ފަށާފައިވާއިރު، މިގޮތަށް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަމުންގޮސް 2030ގެ ނިޔަލަށް މި މަސައްކަތް ނިންމާލުމަށް އަމާޒުހިފައި، އެ އަމާޒަށް ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އަންގާފައިވާ ގޮތަ،ށް 8 ބާވަތެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ. މިއީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާޒާތުގެ ޕްލާސްޓިކް އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަނާ ކުރައްވާފައިވާ ޕްލާސްޓިކްގެ ބާވަތްތަކެވެ. އެމަނިކުފާނު އަންނަނީ މި އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު އެކި މަރުހަލާތަކަށް ބައްސަވާލައްވައިގެން، ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި މަނާކުރައްވަމުންނެވެ.

ބާވަތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކުރެވިގެންދާއިރު، ފުރަތަމަ މަރުހަލާގައި މަނާކޮށްފައިވާ ބާވަތްތަކަކީ; ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅިއާއި، ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، ކާބޯތަކެތި ބަންދުކުރާ ފުޅިމަދު ފޮއްޓެވެ. އަދި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީއެވެ. 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތައްޓާއި ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރުވެސް ހިމެނެއެވެ. އަދި 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަންވެސް މީގައި ހިމެނެއެވެ.

8 ބާވަތެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައިވާތާ ތިން މަސް ވެފައިވާއިރު، ސަރުކާރުން ބޭނުންވާ އަމާޒަށް ވާސިލްވުމަށް އަދި އެތަކެއް ދުވަސް ނަގާނެއެވެ. ސަބަބަކީ އަދިވެސް މިފަދަ ބާވަތްތައް މަނާކުރިޔަސް ބާޒާރުގައި އަދި އެކި ކެފޭ، ހޮޓާ ރެސްޓޯރެންޓުތަކުގައި މިފަދަ ތަކެތި ވިއްކަމުންދާކަމެވެ. 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ ވިއްކުން މަނާކުރިނަމަވެސް އަދިވެސް ބާޒާރުގައި ވިއްކަން ހުރެއެވެ. އަދި ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރުވެސް ބައެއް ފިހާރަތަކުގައި ވިއްކަންހުރެއެވެ. ބައެއް ފިހާރަތަކުގައި ވިއްކަން ހުންނަ ކަފަބުރުގެ ދަނޑިކޮޅު ލަކުޑިން ހުރިނަމަވެސް އޭގެ ޕެކިންގް ހުންނަނީ ޕްލާސްޓިކުންނެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ހަގީގީ މަގުސަދު ހާސިލެއްނުވެއެވެ. މީގެއިތުރުން، ބައެއް ތަންތަނުން ވިއްކާ ބުއިންތަކުގައި ކަރުދާހުން ހޮޅި ހުރިނަމަވެސް ޕެކިންގ ހުންނަނީ ޕްލާސްޓިކުންނެވެ.

ޕްލާސްޓިކާ ދުރަށް ދާން މަސައްކަތްކުރިނަމަވެސް ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން އަދިވެސް އަހަރެމެންނަށް މި ވެވެނީ ޕްލާސްޓިކާ ގާތެވެ. ސަރުކާރުން އަދި ގާނޫނެއް ހަދައި ކަންތައްތަކެއް މަނާކުރިޔަސް، މިފަދަ ގާނޫނުތަކަށް އަމަލުކުރޭތޯ ބަލާނެ ބެލެނިވެރި ފަރާތެއްވެސް އެބަ ހުންނަން ޖެހެއެވެ. އެހެންނޫން މިފަދަ ގާނޫނަކުން ކުރާނެ ވަކި ފައިދާއެއް ނޯންނާނެވެ. ކަން މިހެން އޮތްނަމަވެސް އަދިވެސް، ޕްލާސްޓިކް އެއްކޮށް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ވަރަށް ގިނަ ދުވަސް ނަގާނެއެވެ

ޕްލާސްޓިކް

އިތުރަށް ކިޔާލަން

20 މާރިޗު 2024

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!
01 ޖެނުއަރީ 2024

މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

01 ޖެނުއަރީ 2024
މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ
23 އޮކްޓޯބަރު 2023

ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

23 އޮކްޓޯބަރު 2023
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ
27 މާރިޗު 2023

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

27 މާރިޗު 2023
އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް
25 ފެބުރުއަރީ 2023

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

25 ފެބުރުއަރީ 2023
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި
05 ފެބުރުއަރީ 2023

ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!

05 ފެބުރުއަރީ 2023
ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!
22 ޑިސެމްބަރު 2022

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނީ އެޕްރީލް މަހުން ފެށިގެން

22 ޑިސެމްބަރު 2022
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނީ އެޕްރީލް މަހުން ފެށިގެން
21 ޑިސެމްބަރު 2022

ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟

21 ޑިސެމްބަރު 2022
ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟
20 ޑިސެމްބަރު 2022

ރާއްޖެއަށް އެތެރެނުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސް އަލުން ކަނޑައަޅުއްވައިފި

20 ޑިސެމްބަރު 2022
ރާއްޖެއަށް އެތެރެނުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސް އަލުން ކަނޑައަޅުއްވައިފި
09 ޖޫން 2022

އެންޓާޓިކާގެ ސްނޯއިން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ

09 ޖޫން 2022
އެންޓާޓިކާގެ ސްނޯއިން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު