Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިއަވަތި ރާއްޖެ ކޮންފަރެންސް

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރުން - ރައީސް

މި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުން ނިންމާ ނިންމުންތަކަށް ރިޢާޔަތްކުރެވި އެކަންކަމަށް އަމަލީ ސިފަ ގެނެވޭނެކަމުގެ ޔަޤީންކަން ދެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 06:23
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ސާހިލް ވާހަކަފުޅު ދައްކަވަނީ

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ސާހިލް ވާހަކަފުޅު ދައްކަވަނީ

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެނެއި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ޚިޔާލު ހޯދައިގެން މުޅި ނިޒާމު ފުރިހަމަ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި، މި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުން ނިންމާ ނިންމުންތަކަށް ރިޢާޔަތްކުރެވި އެކަންކަމަށް އަމަލީ ސިފަ ގެނެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސުން ފެށިގެން މި ކޮންފަރެންސްއާ ހަމައަށް އައިއިރު ލާމަރުކަޒީ ނިޒާމު ހިންގުމުގައި އެކަށީގެންވާ ރަނގަޅު ނަތީޖާތަކަކާއި ކުރިއެރުންތަކެއް ޙާޞިލުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް ކުރަންހުރި ކަންކަމާމެދު މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ އިރު، ރާއްޖޭގެ އިޖުތިމާޢީ އުފާފާގަތި ކަމަށް އެންމެ ބޮޑަށް ހުރަސް އެޅިފައިވާ، އިޖުތިމާޢީ 3 މައްސަލަކަމުގައިވާ ހަރުކަށި ފިކުރާ، ގޭންގު ކުށްތަކާ، މަސްތުވާތަކެތީގެ މައްސަލަތަކާ މެދު ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ 7 ފޮތެއް ނެރެދެއްވާފައެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ.ގަމުގައި ބޭއްވޭއިރު، މިކޮންފަރެންސްގައި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބޭނެއެވެ.

ވިޔަވަތި ރާއްޖެރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުލ. ގަންލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
04 ޑިސެމްބަރު 2025

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު