Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންޒެމާއަށް އަނިޔާވުން

މަޔޯކާއާ ދެކޮޅަށް ކެޕްޓަން ބެންޒެމާއަށް ނުކުޅެވޭނެ

11 ސެޕްޓެމްބަރު 2022 | އާދީއްތަ 04:45

އަންޗެލޮޓީ ބުނީ ބެންޒެމާގެ ބަދަލު ކުޅުންތެރިޔަކު ނެތް ކަމަށާއި، އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 04:45
އަންޗެލޮޓީ އަދި ބެންޒެމާ

އަންޗެލޮޓީ އަދި ބެންޒެމާ

ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑުން މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ކަރީމް ބެންޒެމާއަށް ނުކުޅެވޭނެ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އާދިއްތަ ދުވަހު ރެއާލުން އަމިއްލަ ދަނޑުގައި މަޔޯކާއާ ދެކޮޅަށް ކުޅޭ ފުޓުބޯޅަ މެޗުގެ ކުރިން އޮތް ޕްރެސްގައި އަންޗެލޮޓީ ވަނީ އެކަން ޔަގީންކޮށްދީފައެވެ. އެ ޕްރެސްގައި އަންޗެލޮޓީ ބުނީ އަނިޔާގެ ސަބަބުން މި މެޗުގައި ބެންޒެމާ އަށް ނުކުޅެވޭ ކަމަށެވެ. އަދި އަންޗެލޮޓީ ބުނީ އެ މެޗުގެ ފުރަތަމަ 11 އިން ހަޒާޑް ފެންނާނެ ކަމަށެވެ. ނަމަވެސް އެއީ ބެންޒެމާގެ ބަދަލުގައި ކަމެއް އޭނާ ނުބުނެއެވެ.

އަންޗެލޮޓީ ބުނީ ބެންޒެމާގެ ބަދަލު ކުޅުންތެރިޔަކު ނެތް ކަމަށާއި، އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑް ކަމަށެވެ. ބެންޒެމާއާ އެއްވަރުގެ ބަދަލު ކުޅުންތެރިޔަކު ނެތް ކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ތަފާތު ކެރެކްޓަރުގެ އެހެން ކުޅުންތެރިން ތިބި ކަމަށެވެ.

ބެންޒެމާ އަށް އަނިޔާވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރެއާލުން ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ބެންޒެމާއަށް އަނިޔާވުމުން އޭނާގެ ބަދަލު އަންޗެލޮޓީ ފުރުސަތު ދިނީ ހަޒާޑްއަށެވެ.

އަންޗެލޮޓީ ބުނީ މަޔޯކާއާ ދެކޮޅަށް ބެންޒެމާ އަށް ނުކުޅެވުނު ނަމަވެސް، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މީގެ އިތުރުން އަންޗެލޮޓީ ބުނީ އެތުލްޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށްވާއިރަށް ބެންޒެމާ ފިޓު ނުވެއްޖެނަމަ، އިންޓަރނޭޝަނަލް ބްރޭކްގައި ބެންޒެމާ ފްރާންސްގެ ޤައުމީ ޓީމާ ނުގުޅޭނެ ކަމަށެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްކަރިމް ބެންޒެމާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް