Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު ހިޔާނާތުގެ މައްސަލަ

ޑޮލަރު ހޯދަން ޔާމީނު މުޙައްމަދު އިސްމާއިލްއަށް ގުޅުއްވިއިރު، އޭނާ ގާތުގައި ހުރިން: ކުރީގެ މެމްބަރު ޝާޑު

އޭނާ ވިދާޅުވީ، 2007ން ފެށިގެންވެސް ރައީސް ޔާމީނަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 08:42
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަށް ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، 2007ން ފެށިގެންވެސް ރައީސް ޔާމީނަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށެވެ. ޔޫސުފް ނައީމަކީވެސް އޭނާ ދަންނަ ރައްޓެއްސެއް ކަމަށް ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ، ރައީސް ޔާމީނު ފައިސާއާ ގުޅުންހުރި ކަންކަމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްއަށް ގުޅުއްވާ ކަމަށެވެ. އެގޮތުން ބޭންކް ރޭޓުން 1 މިލިއަން ޑޮލަރު ހޯދުމަށް އެދި ރައީސް ޔާމީނު މެމްބަރު މުޙައްމަދު އިސްމާއިލްއަށް ގުޅުއްވިއިރު، ޝާޑުވެސް މުޙައްމަދު އިސްމާއިލް ހުރި ތަނުގައި ހާޒިރުވެ އިންކަމަށް އޭނާ ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ، މުޙައްމަދު އިސްމާއިލް ޔޫސުފް ނައީމަށްވެސް ގުޅުއްވި ކަމަށެވެ. އަދި އެ މުއާމަލާތް ހިންގައި ނިމި، ޔޫސުފް ނައީމަށް ލިބެންޖެހޭ ފައިސާވެސް ލިބިފައިވާކަން ފަހުން މުޙައްމަދު އިސްމާއިލްއާ ދިމާވެގެން ދެކެވުނު ވާހަކައިން އެނގުނުކަމަށްވެސް ޝާޑު ވިދާޅުވިއެވެ.

ދެން ކުރިއަށްދިޔައީ ދައުލަތުން ސުވާލު ކުރުމެވެ.

ހޮނިހިރު ދުވަހު މުޙައްމަދު އިސްމާއިލްގެ ހެކިބަސްވެސް ނަގާފައިވާއިރު، ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ، އެއް ދުވަހު ރައީސް ޔާމީނު ގުޅުއްވައި ބޭންކް ރޭޓުން 1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ކަމަށާއި، އެގޮތަށް ރައީސް ޔާމީނު އެދިވަޑައިގަތުމުން ގުޅި މީހުންގެ ތެރޭގައި ޔޫސުފް ނައީމް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޯލުތައް ކުރެއްވިއިރު އެތަނުގައި މެމްބަރު ޝާޑުވެސް ހުންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްޔާމީންއެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު