Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ކައްޓޮޅި: ފުވައްމުލަކު ރައްޔިތުންނަށް މިވަރެއް ނެތް، މަހެއްގެ އަގު 500 ރުފިޔާއިން މަތީގައި

ކައްޓޮޅިއަކީ ބަރަކޫޑާގޮތަށް ހުންނަ ފަރުމަހެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 10:08
މީހަކު ކައްޓޮޅިއެއް ކަނޑަނީ

މީހަކު ކައްޓޮޅިއެއް ކަނޑަނީ

ކޮންމެ ރެއަކު 7:30ން ފެށިގެން ފުވައްމުލައް ސިޓީގެ ރައްޔިތުން ތެރެއިން ގިނަ ބަޔަކު އެ ރަށުގެ ބަނދަރަށް އެއްވެއެވެ. އެ ދުވަހު މަހަށް ފުރި މީހުންގެ އިންތިޒާރުގައެވެ. މި ރައްޔިތުން އިންތިޒާރުކުރަނީ އެންމެ ބާވަތެއްގެ މަހަކަށެވެ. އެއީ "ކައްޓޮޅި"އެވެ. ބަރަކޫޑާއެއްހެން ހުންނަ މި މަހަކީ ފުވައްމުލަކުގެ ރައްޔިތުން ބުނާގޮތުގައި އެފަދަ ދެވަނައެއް ނެތް މީރު މަހެކެވެ.

ކައްޓޮޅިއަކީ ހަމައެކަނި ފުވައްމުލަކު މީހުން ބާނައިއުޅޭ މަހެއްނޫނެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް މި މަސް ބޭނޭނެއެވެ. އެހެން ރަށްރަށުން ކައްޓޮޅި ބާނަނީ މަސްވެރިކަމުގައި ގޮސް އުޅޭއިރު ނަމަވެސް، ފުވައްމުލަކުގައި ކައްޓޮޅިއަށް ޚާއްސަ މަސްވެރިކަމެއް ކުރެއެވެ. އެކަމަށް ޚާއްސަ ކުދި ދޯނިތައް ބަނދެފައިވާއިރު، ކޮންމެ ދުވަހަކު ހަވީރު، މަސްވެރިން މި މަސް ބޭނުމަށް އެ ރަށު ފަޅުތެރެއަށް ނުކުމެއެވެ. ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީ ކައިރިންވެސް ފުވައްމުލަކުގެ މަސްވެރިން މި މަސް ބާނައިއުޅެއެވެ.

ރަށް ކައިރިން ކައްޓޮޅި ބޭނުނުނަމަވެސް އެއީ ވަރަށް އަޑީގައި އުޅޭ މަހަކަށްވުމުން، ކަންވާރުގެ 4-5 ބޮޅު ބޭނުންވާކަމަށް، "ރާއްޖެ އެމްވީ"އާ ވާހަކަދެއްވި ބައެއް މަސްވެރިން ބުންޏެވެ. މި މަސް ބޭނުމަށް އެން ބޭނުންކުރާއިރު، މަސް ބާނަން ވަރަށް ބޮޑަށް ކެތްތެރިވާންޖެހޭ ކަމަށް މަސްވެރިން ބުނެއެވެ. އެއީ ނަނު އެއްލައިގެން އެތައް އިރެއް ވަންދެން ތިބެންޖެހޭތީއެވެ.

ފުވައްމުލަކުގެ މަސްވެރިޔަކު ބުނިގޮތުގައި ކައްޓޮޅި ގިނައިން ބޭނޭ ދުވަސްވަރެއްވެސް އާދެއެވެ. އެއީ މީލާދީގޮތުން ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ފަހުން ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކުގައި ކައްޓޮޅިއަށް އޮންނަ ޑިމާންޑު އިތުރުވެ، އެ ރަށުގައި މި ދުވަސްވަރު އެންމެ ކައްޓޮޅިއެއް 500 ރުފިޔާއަށްވުރެ ބޮޑުކޮށް ވިއްކާލެވެއެވެ. މި ދުވަސްވަރު ކައްޓޮޅި އެހާ އަގުބޮޑުކޮށް ވިއްކާލެވެނީ މަދުން ބާނާތީއެވެ. ނަމަވެސް އެންމެ ތިޔާގިއިރުވެސް އޭގެ މަހެއްގެ އަގު 100 ރުފިޔާއަށްވުރެ ކުޑަނުވާކަމަށް ފުވައްމުލަކުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

މި ދުވަސްވަރު ކައްޓޮޅި ބޭނުން މަދުވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި މިޔަރުތަކުގެ ސަބަބުން ކަމަށް މަސްވެރިން ބުނެއެވެ. އެގޮތުން، ކުރީގައި ރެޔަކު 30-50އެއްހާ ކައްޓޮޅި ބޭނޭއިރު، މި ދުވަސްވަރު ބޭނެނީ ރެއަކު ދެތިން ކައްޓޮޅި ކަމަށްވެސް މަސްވެރިން ބުނެއެވެ.

ކައްޓޮޅި ބާނާވަރު މަދުވުމުގެ ސަބަބުން އެ ބޭނުމާއެކު އޮންނަނީ ވިކިފައެވެ. އެގޮތުން، ކައްޓޮޅި ބާނަން ދާ މަސްވެރިން ކައްޓޮޅިއެއް ބޭނިއްޖެނަމަ އެ ގަންނާނެހެން ހީވާ މީހަކަށް ގުޅައި، ބޭނިއްޖެކަމަށް ބުނެއެވެ. އެހާހިސާބުން އެ ކައްޓޮޅި ވިކުނީއެވެ. އެ ބުނާ އަގެއްގައި ކޮންމެ ރެއަކު ކައްޓޮޅި ގަންނަ މީހުންވެސް ފުވައްމުލައް ސިޓީގައި މަދެއްނޫނެވެ.

އެ ރަށުގެ ބައެއް ރައްޔިތުން ސިފަކުރާގޮތުގައި ކައްޓޮޅީގައި ލަނީ ހުތްފޮނި ރަހައެކެވެ. އަދި އެ ރަށް ކައިރިން ބާނާ ކައްޓޮޅިއާއި އައްޑޫ ކައިރިން ބާނާ ކައްޓޮޅީގެ ތަފާތު ހުންނަކަމަށްވެސް ފާހަގަކުރެއެވެ. އެގޮތުން، އެ ރަށް ކައިރިން ބާނާ ކައްޓޮޅީގައި ކަޅުކުލަ ގަދަކަމަށާއި އައްޑޫ ކައިރިން ބާނާ ކައްޓޮޅީގައި ފެހި ކުލައެއް ހުންނަކަން ފާހަގަކުރެވޭ ކަމަށް، "ރާއްޖެ އެމްވީ"އާ ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

ފުވައްމުލަކުގެ ރައްޔިތުން ކައްޓޮޅި ކަނީ ވަރަށް ތާޒާ ކަންމަތީގައެވެ. އެއީ މި މަހަކީ އައިސްއަލަމާރިއަށް ލައިފިނަމަ ރަހައަށް ބަދަލު އަންނަ އެއްޗަކަށްވާތީއެވެ.

އެ ރަށުގައި މި މަސް އާއްމުކޮށް ކައިއުޅެނީ ދެ ގޮތަކަށެވެ. އެއީ ގަރުދިޔަ ކައްކައިގެންނާއި ރިހަ ކައްކައިގެންނެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކަށް ކަމުދަނީ ގަރުދިޔަ ކައްކައިގެންނެވެ. ކައްޓޮޅި މަހާއެކު އޮޅުއަލައަކީ ހުންނަން "މަޖުބޫރު" ކެއުމެކެވެ.

ފުވައްމުލަކުގެ ރައްޔިތުން މެހެމާންދާރީ އަދާކުރުމަށްވެސް ކައްޓޮޅި ބޭނުން ކުރެއެވެ. އެގޮތުން، ގެއަށް ރަހުމަތްތެރިއަކު ކާން އަންނަނަމަ ނުވަތަ ރަށުން ބޭރުން ޚާއްސަ މީހަކު ކެއުމަށް އަންނަނަމަ އެ ރެއަކު އެގޭގެ ސުފުރާމަތިން ކައްޓޮޅި ފެނުމަކީ އެކަށީގެންވާކަމެކެވެ. އެހެންވެ، ތަފާތު ކެމްޕޭން ދުވަސްތަކުގައި ކައްޓޮޅިއަށް އޮންނަ ޑިމާންޑު މިހާރަށްވުރެވެސް ބޮޑުވެގެންދެއެވެ.

ކައްޓޮޅި މަސްވެރިކަމަކީ ފުވައްމުލަކުގައި ޒަމާނުއްސުރެ ކުރަމުން އައި މަސްވެރިކަމެކެވެ. މި މަހަށް އޮންނަ ޑިމާންޑު ކުރިއަށް އޮތްތަނުގައިވެސް އެ ރަށުގައި ކުޑަނުވާނެ ކަމަށް އެ ރަށުގެ ރައްޔިތުން ލަފާކުރެއެވެ.

ފުވައްމުލައް ސިޓީފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު