Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލައް ސިޓީ ފެނަށް ޖެހުން

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

އަންގާރަ ދުވަހުގެރޭ 9 ޖަހާއިރު ފެން ލިބޭނެ ކަމަށް ހީނާ ލަފާކުރި ނަމަވެސް އަދިވެސް ފެން ނުލިބޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2025 | ބުދަ 10:33
ފެނަކައިން ފުވައްމުލަކުގައި ދެމުން އަންނަ ފެން ކަނޑާލަންޖެހި މުޅި ރަށް ފެނަށް ޖެހުމުން ބޯފެން ގަންނަން މީހުން ފިހާރައެއްގައި ކިއު ހަދާފައި

ފެނަކައިން ފުވައްމުލަކުގައި ދެމުން އަންނަ ފެން ކަނޑާލަންޖެހި މުޅި ރަށް ފެނަށް ޖެހުމުން ބޯފެން ގަންނަން މީހުން ފިހާރައެއްގައި ކިއު ހަދާފައި

ފުވައްމުލައް ސިޓީ ފެނަށް ޖެހި ފެނުގެ މައްސަލަ ހައްލު ނުވާތީ ފެން ޕްލާންޓް ހުންނަ ސަރަހައްދަށް ރައްޔިތުން އެއްވާން ނިންމައިފި އެވެ.

ފުވައްމުލައް ފެނަށް ޖެހި ރައްޔިތުން އެތައް ތަކުލީފެއް އުފުލަމުން އަންނަ އިރު ރައްޔިތުންގެ އެދުމަކީ އަސާސީ ހިދުމަތްތައް ރަނގަޅަށް ލިބިގެން ދިއުން ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

އަދި ފެނަކައިގައި ހުރި މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެތައް ފަހަރެއްގެ މަތިން ދަންނަވަމުން ދިޔަ ކަމަށާއި، ފުވައްމުލަކުގެ ފެނުގެ މައްސަލައަކީ ކުއްލިއަކަށް ދިމާވި ކަމެއް ނޫން ކަމަށް ރައްޔިތުން ބުނެ އެވެ.

އެހެންކަމުން ކަންކަން ރަނގަޅު ކުރުމަށް ގޮވާލާ އިހުތިޖާޖު ކުރުމުގެ ގޮތުން ބުދަ ދުވަހުގެ ހަވީރު 4 ޖަހާއިރު ފެންޕްލާންޓް ކުރިމައްޗަށް ރައްޔިތުން އެއްވުމަށް ވަނީ ނިންމާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފެނުގެ މައްސަލަ ޖެހުނީ މި ފަހުންނެވެ. އަދި ފެން ކަނޑާލަން އެޗްޕީއޭ އިން އެންގީ ފެނުގައި ބެކްޓީރިއާ ހުރެގެންނެވެ. ނަމަވެސް މިހާތަނަށް އައި އިރު ފެނަކައިން މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ފެނަކައިން އެންމެފަހުން ބުނީ ފެނުގެ ނެޓްވޯކް ސާފު ކުރުމަށްޓަކައި ހައި ޑޯޒެއްގެ ކުލޮރިން ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިވަގުތު ފެން ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ފެން ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ނިމުމުން އެކަން އިއުލާނު ކުރެވޭނެ ކަމަށެވެ.

މިިކަމާއި ގުޅިގެން ފުވައްމުލަކުގެ ރައްޔިތުންގެ ކަންބޮވުން އިންތިހާ ދަރަޖައަށް ގޮސްފައިވާއިރު، އެރަށު ފިހާރަތަކުން މީހަކަށް ދެނީ 5 ކޭސް ފެނެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ، ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިމައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ވަނީ ފަށާފައެވެ. މިހާތަނަށް 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންދެވިފައިވާ ކަމަށާއި މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައިވެ އެވެ.

ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ލަފާ ކުރެވޭ ގޮތުގައި، އަންގާރަ ދުވަހުގޭ 9 ޖަހާއިރު ފެން ލިބޭނެ ކަމަށް ހީނާ ވަނީ ލަފާކޮށްފައިވީ ނަމަވެސް އަދިވެސް ފެނުގެ މައްސަލަ ހައްލެއް ނުވެ އެވެ.

ފުވައްމުލައް ސިޓީފުވައްމުލައް ސިޓީ ފެނަށް ޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު